އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 27/02/2020

ކޮރޯނާވައިރަހާއި ގުޅިގެން އެހެން ގައުމުތަކުން އަމަލުކޮށްފައިވާ ގޮތުގެ ތަޖުރިބާ - ޑރ. ނިޔާފްގެ އިރުޝާދު

ކޮރޯނާވައިރަސް މިހާތަނަށް ފެނިފައިވާ އެހެން ޤައުމުތަކުގެ ތަޖުރިބާ ލިޔެ ޑރ. އަބްދުﷲ ނިޔާފް ވަނީ ޓްވީޓެއް ކުރައްވާފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 27/02/2020

Coronavirus Dr Abdulla Niyaf Covid-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަހަށް މިހާރު ދުނިޔެ ދަނީ ތައްޔާރުވަމުންނެވެ. އޭޝިޔާއިން އުފެދުނު މި ބޮޑު ރާޅުގެ އަސަރު މިހާރު މިވަނީ ދުނިޔޭގެ އެހެން ހިސާބުތަކަށް ވެސް ކޮށްފައެވެ. އެހެންކަމަށްވާނަމަ ރާއްޖެއިންވެސް މިވައިރަސް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ރާއްޖެއިން ކޮރޯނާވައިރަސް ފެނިއްޖެނަމަ އަމަލުކުރާނޭ ގޮތްތައް ދެނެގަނެ ދުރާލާ ތައްޔާރުވެތިބެން ޖެހެއެވެ. އެހެނީ ކޮރޯނާވައިރަހަށް ހާއްސަ ވެކްސިނެއް އަދި ހޯދިފައި ނުވުމުން ދެން އޮތްގޮތަކީ ދުނިޔޭގެ އެހެން ޤައުމުތަކުން އަމަލުކުރަމުންދާ ގޮތްގޮތުން މިސާލުނެގުމެވެ. 

ކޮރޯނާވައިރަސް މިހާތަނަށް ފެނިފައިވާ އެހެން ޤައުމުތަކުގެ ތަޖުރިބާ ލިޔެ ޑރ. އަބްދުﷲ ނިޔާފް ކުރައްވާފައިވާ ޓްވީޓްގައިވާގޮތުން އެންމެ މީހެއްގެ ގައިން ކޮރޯނާވައިރަސް ފެނުނުކަމުގައި ވިނަމަވެސް އެމީހަކާއި އެންމެ ފަހުން ބައްދަލުވި މީހުން ދެނެގަނެ އެސެސް ކުރެވި، އެކަހެރި ކުރެވޭނެ އެވެ.

އަދި އޭގެތެރޭގައި އަމިއްލަ ގޭގައި އެކަހެރި ކުރެވޭ މީހުންނާއި، އެކަމަށް ހާއްސަ މަރުކަޒުގައި އެކަހެރި ކުރެވޭ މީހުން ތިބޭނެ އެވެ. 

ޑރ. ނިޔާފްގެ ޓްވީޓްގައި ވާގޮތުން ގިނަމީހުން ދިރިއުޅޭ އިމާރާތަކުން ކޮވިޑް -19 ފެނިއްޖެނަމަ އެ އިމާރާތެއް ނުވަތަ އެ ފްލޯއެއް ވަގުތީގޮތުން ބަންދުކުރެވޭނެ އެވެ. އެ އިމާރާތަކަށް މީހުން ވަދެ އުޅުން ކޮންޓްރޯލްކުރާނީ އެބަޔަކު އަމިއްލައަށް ނުވަތަ އެކަމާއި ގުޅުންހުރި އިދާރާއަކުންނެވެ.

އަދި އެއް ސަރަހައްދަކުން އެއް އިމަރާތަށްވުރެ ގިނަ އިމާރާތްތަކުން ކޮވިޑް-19އަށް މީހުން ޕޮޒިޓިވް ވެއްޖެނަމަ އެ ސަރަހައްދު އެއްކޮށް ބަންދުކުރެވޭނެ އެވެ. އެއަށްފަހު ބަންދުކުރެވޭ ސަރަހައްދުގެ ހާލަތަށް ބަލައި ބަންދުކޮށްފައިވާ ސަރަހައްދު ބޮޑު ނޫނީ ކުޑަ ކުރެވޭނެ އެވެ.

މިފަދަ ސަރަހައްދެއް ބަންދުކުރަންޖެހިއްޖެ ނަމަ އެ ސަރަހައްދެއްގައި ދިރިއުޅޭ މީހުންގެ ކެއުން ބުއިމާއި ޒަރޫރީ ބޭނުންތައް ފުއްދުމުގެ އިންތިޒާމް އެކަމާއި ގުޅުންހުރި އިދާރާއަކުން ހަމަޖައްސާ އުސޫލުތައް ކަނޑައަޅަ އެވެ. އޭގެތެރޭގައި ރައްކާތެރިގޮތެއްގައި ކުނި ބޭރުކުރުމުގެ އިންތިޒާމްތައްވެސް ހިމެނެ އެވެ.

އަދި ބަންދުކުރެވިފައިވާ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބަލިވެއްޖެނަމަ ގުޅޭނެގޮތަކާއި އެސެސް ކުރެވޭނެ ގޮތެއްގެ އިތުރުން ފަރުވާ ދެވޭނެގޮތެއް ހަމަޖައްސަ އެވެ. 

މީގެ އިތުރިން ކޮވިޑް-19 ފެތުރޭ ޤައުމުތަކުގެ އެ ވައިރަހަށް ހާއްސަކޮށް ފަރުވާ ދޭ ސެންޓަރުތަކެއް ކަނޑައެޅޭނެ އެވެ. އަދި މީގެއޮތުރުންވެސް އެތައްގިނަ އުސޫލުތަކަކަށް ބަދަލުގެނެވޭނެކަމަށް ޑރ. ނިޔާފް ވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ