އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 31/01/2021

ވެކްސިން ޖަހަން ތައްޔާރުތަ؟

ކުޑަކުޑަ ދިވެހިރާއްޖެއަށް ދުނިޔޭގެ މުއްސަނދި އަދި ބާރުގަދަ ޤައުމުތަކުން އުފެއްދި ވެކްސިނެއް ފުރަތަމަ ތިން މަސް ތެރޭގައި ލިބުމަކީ ވަރަށް ބޮޑު ނަސީބެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 31/01/2021

Vaccine Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19ގެ ބިރުވެރިކަން ހިތުން ކުޑަނަމަވެސް ލުއިކޮށްދިން އެއް ހަބަރަކީ ކޮވިޑް-19އަށް ވެކްސިނެއް ތައްޔާރުވި ހަބަރެވެ. މިއީ އަހަރު ދުވަހު މާޔޫސްކަން މަތީ ތިބި އެތައް ބަޔަކަށް އުފާވެރިކަން ގެނުވި ހަބަރެކެވެ. ހާއްސަކޮށް ދިވެހި ރާއްޖެއަށެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި ދުނިޔޭގެ ޗާޓުންވެސް ފެންނަން ނެތް ކުޑަކުޑަ ދިވެހިރާއްޖެއަށް ދުނިޔޭގެ މުއްސަނދި އަދި ބާރުގަދަ ޤައުމުތަކުން އުފެއްދި ވެކްސިނެއް ފުރަތަމަ ތިން މަސް ތެރޭގައި ލިބުމަކީ ވަރަށް ބޮޑު ނަސީބެކެވެ. އަދި މިއީ ދިވެހިން އެކަމަކަށްޓަކައި ޝުކުރުވެރިވާންޖެހޭނެ ކަންކަމެވެ.

އެހެންނަމަވެސް، އަލަށް ވެކްސިނެއް އުފައްދާއިރު، ވެކްސިންގެ ޔަގީންކަމާއި މެދު ސުވާލު އުފެދުމަކީ އަބަދުވެސް ކަން ހިނގަމުން އައިސްފައިވާ ގޮތެވެ. މިއީ ރާއްޖެއަށް އާ މަންޒަރަކަށް ވި ނަމަވެސް، ދުނިޔެއަށް މިއީ ކުރިން ފެނި ބާވެފައި ހުރި މަންޒަރުތަކެކެވެ.

ރާއްޖޭގައި މާދަމާ ވެކްސިން ކޭމްޕް ފެށުމަށް ނިންމާފައިވާއިރު، ދޭނެ ވެކްސިން ވެސް މިހާރުވަނީ ރާއްޖެ ގެނެސް ގުދަންކުރެވިފަ އެވެ. ރާއްޖެގައި ދޭން ނިންމާފައިވަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް (އެސްއައިއައި) ގައި ހަދާ "ކޮވިޝީލްޑް" އެވެ. އިންޑިޔާގެ ނަން އައުމުން މިއީ އާދައިގެ ވެކްސިނެއް ކަމަށް ހީވިނަމަވެސް، އެއީ އަދި ކުށްހީ އެކެވެ.

"ކޮވިޝީލްޑް" އާއި އޮކްސްފޯޑް-އަސްޓްރާޒެނެކާ އިން އިނގިރޭސި ވިލާތުގައި އުފެއްދި ވެކްސިނަކީ ހަމަ އެކައްޗެކެވެ. ތަފާތަކީ ދީފައިވާ ނަމެވެ. އަދި ހަގީގަތަކީ މި ވެކްސިނަކީ މިހާތަނަށް ދުނިޔޭގައި އެންމެ ބޮޑު ޔަގީންކަމެއް ލިބިފައިވާ ވެކްސިނަށް ވުމެވެ. އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް (އެސްއައިއައި) އަކީ މުޅި ދުނިޔޭގައި ވެސް ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ. އެ ކުންފުނިން އަހަރަކު 1.5 ބިލިއަން ޑޯޒް ވެކްސިން އުފައްދަ އެވެ. އޭގެ ތެރެއިން ބޮޑު ބައެއް ދަނީ ތަރައްގީވަމުން އަންނަ ގައުމުތަކަށާއި ފަގީރު ގައުމުތަކަށެވެ. 

"ނެއިބަރހޫޑް ފަސްޓް" ޕޮލިސީގެ ދަށުން އަވަށްޓެރި ސްރީލަންކާއަށްވެސް އިންޑިޔާއިން ހަދިޔާކޮށްފައިވަނީ ކޮވިޑްޝީލްޑް ވެކްސިނެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު އެޤައުމުގައި ވަނީ ވެކްސިން ދޭން ފަށާފައެވެ. 

ސިއްހީ މާހިރުން ބުނާގޮތުގައި "ކޮވިޑްޝީލްޑް" ވެކްސިން ޖެހުމަށް ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. ސަބަބަކީ މި ވެކްސިންގެ ފޯމިއުލާއަކީ އިންޑިޔާ ދޫކޮށް ދިވެހިންގެ މެދުގައި މަޝްހޫރު އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީގެ ސައިންސްވެރިން ތައްޔާރުކޮށްފައިވާ ފޯމިއުލާއަކަށް ވާތީއެވެ. 

އޮކްސްފޯޑް-އަސްޓްރާޒެނެކާ ވެކްސިން އެކި ގައުމުތަކުގައި ދެމުން އަންނަ އިރު، މިހާތަނަށް އެނގިފައިވާ ގޮތުގައި، މި ވެކްސިންގެ ބައި ޑޯޒް އެންމެ ފުރަތަމަ ދިނުމަށް ފަހު، މުއްދަތު ހަމަކޮށްފައި ދެ ވަނަ ޑޯޒް ދިނުމުން ބަލިން ރައްކާތެރިކޮށްދިނުމުގެ ގާބިލްކަން 90 ޕަސެންޓަށް ހުރެ އެވެ. އެކަމަކު މިގޮތަށް ވެކްސިން ދިނުމުން ލިބޭ ރައްކާތެރިކަމާ ބެހޭ ގޮތުން ވަކި ގޮތަކަށް ކަނޑައަޅަން ބޭނުންވާ ވަރަށް އަދި މައުލޫމާތެއް ނެތެވެ.

ރަސްމީކޮށް އާންމުނުކޮށްފައި ހުރި މައުލޫމާތުން ދައްކަނީ ވެކްސިންގެ ދެ ޑޯޒްގެ ދެމެދުގައި މުއްދަތު ދިގުކުރުމުން ވެކްސިނުން ރައްކާތެރިކަން އިތުރުކޮށްދޭ ކަމަށެވެ. މިގޮތަށް ވެކްސިން ދިން މީހުންގެ ތެރެއިން އެންމެ ޑޯޒަކުން ވެސް، ބަލިން ރައްކާތެރިކޮށްދިނުމުގެ ގާބިލްކަން 70 ޕަސެންޓަށް ހުރެ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ