އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 27/01/2021

ރާއްޖޭގައި ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ އަދަދު ހާހުން މަތީގައި

މީގެތެރެއިން 93 މީހުންނަށް މިހާރުވެސް ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށް ފަރުވާދެމުން އަންނަކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 27/01/2021

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި މިވަގުތު ކޮވިޑް-19 ޖެހިފައި ތިބި މީހުން (އެކްޓިވް ކޭސް)ތަކުގެ އަދަދު ހުރީ ހާހުން މަތީގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭގެ) ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭއިން ރޭ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 145 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މި އަދަދާއެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 1،273އަށް އަރާފަ އެވެ. 

މީގެތެރެއިން 93 މީހުންނަށް މިހާރުވެސް ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށް ފަރުވާދެމުން އަންނަކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ކޮވިޑްގެ ކޭސްތައް އާދަޔާ ހިލާފަށް ގިނަވަމުންދާތީވެ، އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ދަންވަރު 12:00 އިން ފަތިހު 4:00އަށް ކާފިއު އިއުލާންކޮށް، ހަފްލާތަކާއި ޖަލްސާތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ.

ހަމައެހެންމެ، ރާއްޖެއިން ބޭރުން އަންނަ ދިވެހިން 10 ދުވަހަށް ކަރަންޓީނު ފުރިހަމަ ކުރަންޖެހޭގޮތަށް އެޗްޕީއޭގެ އުސޫލުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.

ރާއްޖެއިން މިހާތަނަށް ވަނީ މި ވައިރަހަށް 15،247 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެތެރެއިން 13،916 މީހުން ބަލިން ރަނގަޅުވެފައިވާއިރު، 51 މީހަކުވަނީ މި ބަލީގައި މިހާތަނަށް މަރުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ