އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 26/02/2020

ކޮރޯނާވައިރަސް: އިޓަލީ އިން ޔޫރަޕަށް ވައިރަސް ފެތުރެނީ

ޗައިނާގެ އިތުރުން 30 އަށްވުރެ ގިނަ ޤައުމަކުން ވަނީ ކޮރޯނާވައިރަސް ފެނިފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 26/02/2020

Coronavirus Covid-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާއިން އުފެދިގެން އުޅޭ ނުރައްކާތެރި ކޮރޯނާވައިރަސް ފެންނަމުންދާ ޤައުމުތައް ދުވަހެއް ދުވަހަކަށް އިތުރުވާން ފަށައިފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީއިންނެވެ. އަދި އެއަށްފަހު މި ވައިރަސްވަނީ ޗައިނާ އެއްކޮށް ހިޞާރުކޮށްފަ އެވެ. ޗައިނާގެ އިތުރުން 30 އަށްވުރެ ގިނަ ޤައުމަކުން ވަނީ ކޮރޯނާވައިރަސް ފެނިފައެވެ.

ކޮރޯނާވައިރަސް އެންމެފަހުން ފެނިފައިވަނީ އޮސްޓްރިއާ، ކްރޮއޭޝިއާ އަދިސްވިޒަލޭންޑުންނެވެ. އަދި ރިޕޯޓުތަކުން ބުނާގޮތުގައި މި ޤައުމުތަކުން ކޮރޮނާވައިރަހަށް ޕޮޒިޓިވް ވި މީހުންނަކީ ދާދިފަހުން އިޓަލީ އަދި އެފްރިކާގެ އަލްޖީރިޔާއަށް ދަތުރުކޮށްފައިވާ މީހުންނެވެ.

އިޓަލީ ފާހަގަކުރެވިފައިވަނީ ޔޫރަޕްގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ އެއް ޤައުމުގެ ގޮތުގައެވެ. އެގޮތުން ޔޫރަޕް ބައްރުގައި އޮންނަ އިޓަލީއިން އެކަނިވެސް 300 މީހުންވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި 11 މީހުންވަނީ މަރުވެފަ އެވެ.

މިހާތަނަށް ޔޫރަޕްގެ 11 ގައުމަކުން 434 ކޭސް ރިޕޯޓުކުރެވިފައިވޭ

އިޓަލީގައި ފެތުރޭ ކޮރޯނާވައިރަހާއި ގުޅިގެން އަވަށްޓެރި ފްރާންސް އާއި ޖަރުމަނުންވަނީ އެ ޤައުމުތަކުގެ ބޯޑަރު ބަންދުކުރުމާއި ގުޅޭގޮތުން އިޓަލީ އާއިއެކު އެއް މޭޒެއްގައި މަޝްވަރާކޮށްފައެވެ. އަދި މަޝްވަރާތަކަށްފަހު ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހައިކޮމިޝަނުންވަނީ އިޓަލީ އާއި ގުޅުވައިދޭ އަވަށްޓެރި އެއްވެސް ބޯޑަރެއް ބަންދުނުކުރުމަށް ނިންމާފަ އެވެ.

އީޔޫގެ މި ނިންމުމާއި ގުޅިގެން ޖަރުމަންވިލާތުންވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެހެންނަމަވެސް އިޓަލީގެ ހެލްތް ސެކްރެޓަރީ މެޓް ހަންކޮކް ވަނީ އިޓަލީއިން އެހެން ޤައުމުތަކަށް ދަތުރުކުރާ ފްލައިޓްތައް ހުއްޓުވުމުގެ ވިސްނުމެއް ނެތްކަމަށް ވިދާޅުވެފަ އެވެ.

އިޓަލީއިން ފްލައިޓްތައް ނުހުއްޓުވައިފިނަމަ، ވައިރަހުގެ އަސަރު އެންމެބޮޑަށް ކުރާނެކަމަށް ބެލެވެނީ އެ ޤައުމަށް ކޮންމެ އަހަރަކު ދަތުރުކުރާ ތިން މިލިޔަން އިނގިރޭސިވިލާތުގެ ފަތުރުވެރިންނަށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ