އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 23/02/2020

ކޮރޯނާވައިރަސް އާއި ގުޅިގެން މިދުވަސްވަރު ގިނަމީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުބޭއްވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް ވަނީ 2،457 މީހުން މަރުވެފަ އެވެ. އަދި ޖުމްލަ 78،655 މީހުންވަނީ މި ނުރައްކާތެރި ވައިރަހަށް ޕޮޒިޓިވް ވެފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 23/02/2020

HPA Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން މިދުވަސްވަރު ގިނަމީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުބޭއްވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އިލްތިމާސްކޮށްފި އެވެ. 

 ކޮރޮނާވައިރަހުގެ ހާލަތު ބެލުމަށްފަހު އެޗްޕީއޭއީން އާއްމުކުރި ނޫސްބަޔާނުގައި ވާގޮތުން ޗައިނާގެ އިތުރުން އިރުމަތީ އޭޝިއާއަށް ނިސްބަތްވާ ބައެއް ޤައުމުތަކުންވެސް މި ނުރައްކާތެރި ވައިރަސް ފެތުރެމުންދާކަމަށް ވަނީ ބުނެފަ އެވެ. އަދި އޭގެތެރޭގައި ޗައިނާއަށް ދަތުރުކޮށްފައި ނުވާ ފަރާތްތައް ވެސް ހިމެނެ އެވެ.

ދަތުރުފަތުރުކޮށް އުޅުމުގައި މުހިންމު ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ:

  • ޖަޕާން
  • ސިންގަޕޫރު
  • ހޮންގް ކޮންގް
  • ސައުތު ކޮރެއާ
  • ތައިލެންޑް
  • އީރާން
  • އިޓަލީ
ދަތުރުފަތުރުކޮށް އުޅުމުގައި މުހިންމު ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާ 7 ޤައުމެއްވޭ

 އަދި އެޗްޕީއޭއިން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކޮށްއުޅުމުގައި ދިވެހިން ސަމާލުކަން ދޭންވީ ކަންކަމުގެ އިރުޝާދުވެސް އާންމު ކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ:

     ދަތުރުކުރާ ޤައުމެއްގައި ބަލި ފެތުރޭ މިންވަރާއި ސަރަހައްދުތައް ދެނެގަތުން

     އެ ޤައުމެއްގެ ސަރުކާރުން، ރައްކަތެރިވުމަށް އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް ދެނެގަނެ، އެކަންކަމަށް އަމަލުކުރުން

     ރޯގާޖެހި ހުން އައިސްފައި ތިބޭ މީހުންނާއި ކައިރިން ނޫޅުން

     ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން / ސައިބޯނި ނެތްނަމަ ހޭންޑް ސެނިޓައިޒާރ ބޭނުންކުރުން

     ދަތުރުކުރުމަށްފަހު އެނބުރި އައިސް ރޯގާޖެހި، ކެންސާ ހުން އައުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ގޭގައި މަޑުކުރުން އަދި އިތުރަށް ގޯސްވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން

 

ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް ވަނީ 2،457 މީހުން މަރުވެފަ އެވެ. އަދި ޖުމްލަ 78،655 މީހުންވަނީ މި ނުރައްކާތެރި ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ