އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/02/2020

ޗައިނާގައި 1،700 އަށް ވުރެ ގިނަ ސިއްހީ އެހީތެރިން ކޮރޯނާވައިރަސްގެ ޝިކާރައަކަށްވެފައި

މިވައިރަސް އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 67،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައި
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/02/2020

China Coronavirus Covid-19 Health workers
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް 1،700 އަށް ވުރެ ގިނަ ސިއްހީ އެހީތެރިން ޕޮޒިޓިވް ވެފައިވާ ކަމަށް ޗައިނާގެ އިދާރާތަކުން ހާމަކޮށްފިއެވެ.

ޗައިނާގެ ވޫހާން ގައި ފެތުރެން ފެށި މިވައިރަސް އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 67،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ އިރު މީގެ ތެރެއިން ބޮޑު ބަޔަކީ ޗައިނާގައި ދިރިއުޅޭ ރައްޔިތުންނެވެ. އެގޮތުން މި މީހުންނަށް ފަރުވާ ދިނުމަށްޓަކައި އެންމެ އިސް ސަފުގައި މަސައްކަތް ކުރަމުން ދަނީ ސިއްހީ އެހީތެރިންނެވެ.

ޗައިނާގެ ހޮސްޕިޓާތައް އަދި ކްލިނިކް ތަކުގައި މަސައްކަތް ކުރަމުންދާ 1،700 ސިއްހީ އެހީތެރިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފައިވާ އިރު، އޭގެ ތެރެއިން 6 މީހުން ވަނީ މިހާތަނަށް މަރުވެފައެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަންގެ ވައިސް ޑިރެކްޓަރ ވިދާޅުވެފައިވަނީ ސިއްހީ އެހީތެރިން ރައްކާތެރިކުރުމަށްޓަކައި އެމީހުން މަސައްކަތް ކުރާ މާހައުލު އަދި ބޭނުންކުރާ ވަސީލަތްތައް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އަދި ހަމަ މިއާއެކު އެމީހުންގެ ނިދި ހަމަކުރުމަށާއި ކެއުމުގެ ކަންތަކަށް އިސްކަމެއްދޭން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެވިއެވެ.

ޗައިނާގެ އިދާރާތަކުން ހާމަކޮށްފައިވާ މިއަދަދާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިމައުލޫމާތުގެ މުހިއްމުކަން ފާހަގަކުރިއެވެ. އަދި މިއަދަދާއި ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންވާކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ކޮރޯނާވައިރަސް ފެތުރިއްޖެ ކަމަށް ފުރަތަމަ ފަހަރަށް މީޑިޔާތަކަށް ހާމަކުރި ޗައިނާގެ ޑޮކްޓަރ ވަނީ މީގެ އެއް ހަފްތާ ކުރިން މިވައިރަސްގެ ޝިކާރައަކަށްވެ މަރުވެފައެވެ. މިމަރާއި އެއްކޮށް އެތަކެއް ބަޔެއްގެ ރުޅިވެރިކަންވަނީ ޗައިނާގެ ސަރުކާރަށް އަމާޒުވެސް ވެފައެވެ.

މިވައިރަސްގެ އެންމެ ގިނަ ކޭސްތަކެއް ރިޕޯޓުކުރެވިފައިވާ ވޫހާން އަށް އިތުރު ސިއްހީ އެހީތެރިން ފޮނުވަމުން ގެންދާ ކަމަށް ޗައިނާގެ އިދާރާތަކުން ވަނީ އިއުލާނު ކޮށްފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ