އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 13/02/2020

ކޮރޯނާވައިރަސް ޖެހިގެން އެއްދުވަސްތެރޭގައި 242 މަރު

ޗައިނާގެ ސިއްޙީ އޮފިޝަލުން ބުނާގޮތުގައި މި 242 މީހުން މަރުވެފައިވަނީ ޗައިނާގެ ހުބޭއީ އަވަށުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 13/02/2020

China Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ނުރައްކާތެރި ކޮރޯނާވައިރަސް ޖެހިގެން ޗައިނާއިން އިއްޔެ އެކަނިވެސް 242 މިހުން މަރުވެއްޖެ އެވެ.

ޗައިނާގެ ސިއްޙީ އޮފިޝަލުން ބުނާގޮތުގައި މި 242 މީހުން މަރުވެފައިވަނީ ޗައިނާގެ ހުބޭއީ އަވަށުންނެވެ. ހުބޭއީ އަކީ މިހާރު ޗައިނާގައި އެންމެ ބޮޑަށް ކޮރޯނާވައިރަސް ފެތުރިފައިވާ އަވަށްވެސް މެއެވެ.

ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދުވަނީ 1،310އަށް އަރާފައެވެ. އެހެންނަމަވެސް މިއަހަރުގެ އޭޕްރީލްގެ ފަހުކޮޅަށް ކޮރޯނާވައިރަސް ކޮންޓްރޯލް ކުރެވޭނޭ ކަމަށްވެސް ޗައިނާގެ ސިއްހީ އޮފިޝަލުންވަނީ ލަފާކޮށްފަ އެވެ. 

ސިއްހީ އޮފިޝަލުން އިތުރަށް ބުނެފައިވާ ގޮތުގައި އިއްޔެ އެކަނިވެސް ޗައިނާއިން 14،840 މީހުންވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފަ އެވެ. އަދި އޭގެތެރެއިން 2،015 މީހުންނަކީ ހުބޭއީ އަވަށުން މި ވައިރަހަށް ޕޮޒިޓިވްވި މީހުންނެވެ. 

ހުބޭއީ އަވަށަކީ ކޮވިޑް-19 ގެ ނަންދީފައިވާ ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި އޮންނަ އަވަށެކެވެ. ސިއްހީ އޮފިޝަލުން ބުނިގޮތުގައި މިހާރު ފެތުރެމުންދާ އިންފެކްޝަން އާއި ގުޅިގެން އެމީހުން މިހާރުވަނީ އައު މެތޮޑްތަކެއް ބޭނުންކުރަންފަށާފަ އެވެ. އެހެންނަމަވެސް މަރުވާ މީހުންގެ އަދަދު މަތިވާންފެށުމުން މި މެތޮޑްތަކުގެ ބޭނުންކުރެވޭ ކަމާމެދު މީހުން ދަނީ ސުވާލުއުފައްދަމުންނެވެ. 

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ-ޖެނެރަލް ޑރ. ޓެޑްރޯސް ވަނީ މި އައުޓްބްރޭކް ކޮންމެފަދަ ގޮތަކަށްވެސް ހިނގައިދާނޭކަމުގެ އިންޒާރު ދެއްވާފައި

ކޮރޯނާވައިރަސް އައުޓްބްރޭކް އާއި ގުޅިގެން ވޫހާން ސިޓީގެ ގިނަ އިސްވެރިންތަކެއް ވަނީ މަގާމުން ދުރުކޮށްފަ އެވެ. އަދި ވޫހާން ސިޓީގެ ސީފުޑް މާރުކޭޓު ރަނގަޅަށް ޗެކްނުކުރާ ކަމުގެ ތުހުމަތުގައި އެ އަވަށުގެ އާދައިގެ ގިނަ ސިއްހީ އޮފިޝަލުންނެއް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

ކޮރޯނާވައިރަސް އާއިގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ސިއްހީ އެމަރޖެންސީ ހާލަތު އިއުލާންކޮށްފަ އެވެ. އަދި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ-ޖެނެރަލް ޑރ. ޓެޑްރޯސް އަދްނަމް ވަނީ މި އައުޓްބްރޭކް ކޮންމެފަދަ ގޮތަކަށްވެސް ހިނގައިދާނޭކަމުގެ އިންޒާރު ދެއްވާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ