އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 11/02/2020

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 1000އަށް އަރައިފި

ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީގައި ހުންނަ ޖަނަވާރުންގެ ވިޔަފާރިކުރާ މާރުކޭޓަކުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 11/02/2020

Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާއިން އުފެދި ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރެމުންދާ ކޮރޯނާވައިރަސް އައުޓްބްރޭކްގައި މަރުވި މީހުންގެ އަދަދު 1000އަށް އަރައިފި އެވެ.

ޗައިނާ ސަރުކާރުގެ އޮފިޝަލުން ބުނެފައިވާގޮތުގައި އިއްޔެއާއި ހަމަޔަށް ކޮރޯނާވައިރަސް ޖެހިގެން ވަނީ 1016 މީހުން މަރުވެފަ އެވެ. އަދި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ ބައިލައްކަ އާއި ގާތްކޮށްފަ އެވެ. 

ޗައިނާގެ ޤައުމީ ސިއްހީ ކޮމިޝަނުން މިދިޔަ އާދިއްތަ ދުވަހު ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެދުވަހާއި ހަމަޔަށް އެ ޤައުމުން ކޮރޯނާވައިރަސް ޖެހި މަރުވެފައިވަނީ 908 މީހުންނެވެ. އަދި އޭގެފަހުން އެއްދުވަސްތެރޭގައި ޗައިނާގެ ހުބޭއީ އަވަށުން 103 މީހުން މަރުވެފައިވަކަމަށް ހިސާބުތަކުން ދައްކަ އެވެ.

ކޮރޯނާވައިރަސް އައުޓްބްރޭކްގައި މަރުވި މީހުންގެ އަދަދު 1000އަށް އަރައިފި

ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީގައި ހުންނަ ޖަނަވާރުންގެ ވިޔަފާރިކުރާ މާރުކޭޓަކުންނެވެ. އަދި މި ވައިރަސް ކުރއަށް އޮތް ތަނުގައި ދުނިޔޭގެ އިތުރު ހިސާބުތަކަށް ފެތުރުމުގެ ބިރުއޮތްކަމަށް ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ.

ނުރައްކާތެރި ކޮރޯނާވައިރަސް އައުޓްބްރޭކް އާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދާދިފަހުން ވަނީ ސިއްހީ އިމަރޖެންސީ ހާލަތުވެސް އިއުލާންކޮށްފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ