އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/02/2020

ވޫހާންގައި ހުރި އެންމެ ހޮސްޕިޓަލަކުން އެކަނިވެސް 40 މުވައްޒަފުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް

މި ދިރާސާ އާއްމުކޮށްފައިވަނީ ކޮރޯނާވައިރަސް އެންމެ ފުރަތަމަ ދެނެގަނެ އާއްމުންގެ ސަމާލުކަމަށް އެކަން ގެންނަން މަސައްކަތްކުރި ޗައިނާގެ ޑޮކްޓަރު މަރުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/02/2020

China Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާގެ ވޫހާންސިޓީގައި ހުރި ހޮސްޕިޓަލްތަކުގެ ތެރެއިން އެންމެ ހޮސްޕިޓަލަކުން އެކަނިވެސް 40 މުވައްޒަފުން ޖެނުއަރީ މަހު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާކަމަށް އާ ދިރާސާ އަކުން ދައްކައިފިއެވެ. 

ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ ވޫހާންގެ ޒޮންގްނަން ހޮސްޕިޓަލަށް ނިސްބަތްވާ 40 މުވައްޒަފުންނެވެ. ޖަރނަލް އޮފް ތަ އެމެރިކަން މެޑިކަލް އެސޯސިޔޭޝަން (ޖާމާ) ގައި މި ހޮސްޕިޓަލުން ޝާއިއުކޮށްފައިވާ ދިރާސާގައި ވާގޮތުން އެ ހޮސްޕިޓަލްގެ ސާޖިކަލް ޑިޕާޓްމެންޓްގައި އެޑްމިޓްކޮށްފައިވާ އެންމެ ބަލިމީހެއްގެ ސަބަބުން ޖުމްލަ 10 މުވައްޒަފުންނަށް ވަނީ ކޮރޯނާވައިރަސްގެ އަސަރުކޮށްފަ އެވެ. 

މީގެއިތުރުން އެހެނިހެން ބަލިތަކުގެ ސަބަބުން އެ ހޮސްޕިޓަލުގައި އެޑްމިޓްކުރި 17 މީހަކަށްވަނީ ހޮސްޕިޓަލްގެ ތެރެއިން ކޮރޯނާވައިރަސް ޖެހިފަ އެވެ. އެއާއެކު ޖެނުއަރީމަހު އެކަނިވެސް އެހޮސްޕިޓަލުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 138އަށް އަރާފަ އެވެ.

މި ދިރާސާ އާއްމުކޮށްފައިވަނީ ކޮރޯނާވައިރަސް އެންމެ ފުރަތަމަ ދެނެގަނެ އާއްމުންގެ ސަމާލުކަމަށް އެކަން ގެންނަން މަސައްކަތްކުރި ޗައިނާގެ ޑޮކްޓަރު މަރުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

ކޮރޯނާވައިރަސް ފުރަތަމަ ދެނެގަނެ އެކަން އާއްމުންގެ ސަމާލުކަމަށް ގެންނަން 34 އަހަރުގެ ލީ ވެންލިއަންގ މަސައްކަތްކުރުމުން ޗައިނާއިން އެންމެ ފުރަތަމަ ވަނީ އޭނާގެ ބަސް ދޮގުކޮށް ނުހައްގު އަދަބު ދީފައެވެ. މި ނުރައްކާތެރި ވައިރަހުގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 724އަށް އަރާފައެވެ.

ޑރ. ލީ ވެންލިއަންގ- ކޮރޯނާވައިރަސް އެންމެ ފުރަތަމަ ދެނެގަނެ އާއްމުންގެ ސަމާލުކަމަށް އެކަން ގެންނަން މަސައްކަތްކުރި ޗައިނާގެ ޑޮކްޓަރު

ޖާމާގައި ޝާއިއުކޮށްފައި ވާގޮތުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި 40 މުވައްޒަފުންގެ ތެރެއިން 31 މީހުންނަކީ އެ ހޮސްޕިޓަލުގެ އާއްމު ބަލިތަކަށް ހާއްސަ ވޯޑުގައި މަސައްކަތް ކުރާ މީހުންނެވެ. އަދި ހަތް މީހަކު އެމަރޖެންސީ ޑިޕާޓުމެންޓުގައި މަސައްކަތްކުރާއިރު ބާކީތިބި ދެ މީހުން މަސައްކަތްކުރަނީ އައިސީޔޫގައި ކަމަށް ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ