އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 08/02/2020

އިއްޔެ އަކީ ކޮރޯނާވައިރަސްގެ ސަބަބުން ޗައިނާއަށް ކުރިމަތިވި އެންމެ ބިރުވެރި ދުވަސް

ދުނިޔޭގެ އެކި ކަންކޮޅުތަކުން 724 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 08/02/2020

China Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާގައި ކޮރޯނާވައިރަސްގެ ސަބަބުން އެންމެ ގިނަ މީހުން އެއް ދުވަހެއްގައި މަރުވި ދުވަހަކަށް ހުކުރު ދުވަސް ވެއްޖެއެވެ. ޗައިނާގެ އިދާރާތަކުން ހާމަކުރާ ގޮތުގައި 86 މީހުންވަނީ މިވައިރަސްގެ ޝިކާރައަކަށްވެ މަރުވެފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 724 މީހުން މިހާތަނަށް މަރުވެފައިވާ އިރު 34،915 މީހުންވަނީ މިވައިރަސްއަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން ގިނަ ކޭސްތަކެއް ފެނިފައިވަނީ ޗައިނާގެ ހޫބޭ ސަރަހައްދުންނެވެ.

ގިނަ އަދަދެއްގެ މީހުންގެ ގައިން ވައިރަސް ފެނުމާއި ގުޅިގެން ޗައިނާގެ ސަރުކާރުން ވަނީ މިދިޔަ ހަފްތާގައި އާ ހޮސްޕިޓަލެއްވެސް ވޫހާން ސިޓީގައި އަޅާފައެވެ. އަދި އިތުރު ހޮސްޕިޓަލެއްވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާގެ ބޭރުން ނޮވެލް ކޮރޯނާވައިރަސް ވަނީ 27 ޤައުމަކުން ފެނިފައެވެ. އޭގެ ތެރޭގައި ސާކްގެ ޤައުމުތައް ކަމަށްވާ ސްރީ ލަންކާ، އިންޑިޔާ އަދި ނޭޕާލްވެސް ހިމެނެއެވެ.

މި 27 ޤައުމުގައި 320 މީހުންނަށް މިވައިރަސް ޖެހިފައިވާ އިރު 3 މީހުންވަނީ މަރުވެފައެވެ. ފިލިޕީންސްގައި ޗައިނާގެ ރައްޔިތެއް މަރުވެފައިވާ އިރު، 39 އަހަރުގެ ފިރިހެނެއް ވަނީ ހޮންގް ކޮންގް ގައިވެސް މަރުވެފައެވެ. އަދި އިއްޔެގެ ވަގުތެއްގައި 60 އަހަރުގެ އެމެރިކާގެ ރައްޔިތެއްވެސް ވަނީ މިވައިރަސްގެ ސަބަބުން މަރުވެފައެވެ.

ނޮވެލް ކޮރޯނާވައިރަސް ފެތުރުނު ނުދިޔުމަށްޓަކައި ޗައިނާގެ ސަރުކާރުން ދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން 60 މިލިއަން މީހުން މިވަގުތު ހޫބޭ އަވަށުގައި ދަތުރު ފަތުރު ކުރުމުގެ ހުއަދަ ނެތި ކަރަންޓީން ކުރެވިފައި ވެއެވެ. މިއަވަށުގައި މަގުތައް ބަންދުކޮށް ރޭލު އަދި ފްލައިޓްގެ ހިދުމަތްވެސް ވަނީ މެދުކަނޑާލާފައެވެ.

ވޫހާންގައި މަގުތައް ބަންދުކޮށް ދަތުރު ފަތުރުގެ ހިދުމަތްތައް މެދުކަނޑާލާފައި

މިވައިރަސްއާ ބެހޭގޮތުން ދިރާސާ ކުރާ ފަރާތްތަކުން ދަނީ މިވައިރަސްގެ ހަޤީޤަތާއި އޭތި ފެތުރޭ މިންވަރާއި ފެތުރޭ ގޮތްތައް ހޯދުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮރޯނާވައިރަސްގެ ބިރު ބޮޑުވެ އެތަކެއް ބަޔަކު ދަނީ ފޭސް މާސްކް ގަންނަމުންނެވެ. އަދި ސަރުކާރުތަކުން ޗައިނާއަށް ދަތުރު ކުރުން މަނާކޮށް ޗައިނާގެ ރައްޔިތުންނަށް ޒިޔާރަތް ނުކުރެވޭގޮތަށް ވަނީ ގާނޫނު ފާސްކޮށްފައެވެ.

ދިވެހިރާއްޖޭގައި މިހާތަނަށް ކަރަންޓީން ކުރެވުނު 7 މީހުންގެ ތެރެއިން އެކަކުވެސް ނޮވެލް ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ނުވާކަމަށް ވަނީ އެޗްޕީއޭ އިން ހާމަކޮށްފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ