އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 05/02/2020

ކޮރޯނާވައިރަސް އެއްފަހަރު ޖެހިފައި ތިބޭ މީހުންނަށް ދެވަނަ ފަހަރަށްވެސް ޖެހުމުގެ ފުރުސަތު ބޮޑު

"އެމީހުންގެ ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީސް މާ ގިނަ ދުވަސްވަންދެން ދެމި ނުހުރޭ"
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 05/02/2020

Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހުސްވި ޑިސެމްބަރުމަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ނޮވެލް ކޮރޯނާވައިރަސްގެ އަސަރު ދުނިޔޭގެ މަދު ޤައުމުތަކެއް ފިޔަވައި ހުރިހާ ޤައުމަކަށްވެސް ވަނީ ކޮށްފައެވެ. މި ވައިރަސް ދުނިޔޭގެ އެކިކަންކޮޅުތަކުން ވަނީ 20،000 އަށްވުރެ ގިނަ މީހުންނަށް ޖެހިފަ އެވެ.

އިންސާނާގެ ނޭވާލާ ނިޒާމަށްޖެހޭ މި ނުރައްކާތެރި ވައިރަހުގެ ސަބަބުން މިހާތަނަށް 425 މީހުންވަނީ މަރުވެފަ އެވެ. ހަމަމިއާއެކު މި ވައިރަސްޖެހުނު މީހުންގެ ތެރެއިން 475 މީހުންވަނީ މުޅިންހެން ރަނގަޅުވެ އަލުން މުޖުމައުއަށް ނުކުމެފައެވެ. 

އެހެންނަމަވެސް ކޮރޯނާވައިރަސްގެ ފަރުވާ ލިބި އަލުން މުޖުތަމައުއަށް ނުކުންނަ މީހުންނަށް ދެވަނަ ފަހަރަށްވެސް މި ވައިރަސްޖެހިދާނެކަމުގެ އިންޒާރު ސިއްހީ މާހިރުން ވަނީ ދީފައެވެ. އެގޮތުން ޗައިނާ-ޖަޕާނު ފްރެންޑްޝިޕް ހޮސްޕިޓަލްގެ ނިއުމޯނިއާ ޕްރިވެންޝަން އެންޑް ޓްރީޓްމަންޓްގެ ޑިރެކްޓަރ ޖަން ޝިންޔުން ވިދާޅުވީ މި ބަލިން ރަނގަޅުވާ މީހުން މި ވައިރަސްއަށް އިމިއުންވުމުގެ ފުރުސަތު ކުޑަކަމަށެވެ.

"މި ބަލިން ރަނގަޅުވާ މީހުންނަކީ ފަހަރެއްގައި ދެވަނަ ފަހަރަށް މި ބަލި ޖެހުމުގެ ފުރުސަތު އޮތްމީހުން. ނުވަތަ ފަހުން އެމީހުންގެ ހާލަތު ގޯސްވުން އެކަށީގެންވޭ" ހުކުރުދުވަހުގައި އޮތް ބްރީފިންގައި ވާހަކަދައްކަވަމުން ޝިންޔުން ވިދާޅުވިއެވެ.

ހަމައެހެންމެ ބަލިން ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފެދެނޭކަމަށް ޝިންޔުން ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް އެމީހުންގެ ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީސް މާ ގިނަ ދުވަސްވަންދެން ދެމި ނުހުންނާނޭ ކަމަށް އޭނާވަނީ ވިދާޅުވެފަ އެވެ.

މި ވައިރަސް ދުނިޔޭގެ އެކިކަންކޮޅުތަކުން ވަނީ 20،000 އަށްވުރެ ގިނަ މީހުންނަށް ޖެހިފައި

 

އަލުން އިންފެކްޝަންވުމުގެ ނުރައްކާ އޮތުން

ވައިރަސްގެ ބޮޑު އާއިލާއަކަށް ނިސްބަތްވާ ކޮރޯނާވައިރަސް އާއެކު ދެން މި ވައިރަސްގެ އާއިލާގައި ހިމެނެނީ ސާސް ވައިރަސް، މާސް ވައިރަސް އަދި ރޯގާ އެވެ. ކޮރޯނާ ވައިރަސްގެ ގިނަ ކޭސްތަކަކީ އާދައިގެ ގޮތަކަށް ފެށި ނޭވާލާ ނިޒާމަށްޖެހޭ ނުރައްކާތެރި އިންފެކްޝަންއަކާއި ހަމަޔަށް ގެންދާ ކޭސްތަކެވެ.

މި ވައިރަސް މިހާތަނަށް އެނގިފައި އޮތީ ޖަނަވާރުންގެ ގައިން އިންސާނުންނަށް އަދި ވައިރަސްޖެހިފައިވާ މީހުންގެ ގައިން އެހެން މީހުންގެ ގަޔަށް އަރާކަމަށެވެ. އެހެންނަމަވެސް މި ވައިރަހުގައި ހިމެނޭ އަނެއް އާދަޔާހިލާފު ކަމަކީ މި ވައިރަހަކީ އިންސާނުންގެ ގައިން ޖަނަވާރުންގެ ގަޔަށް އެރުމުގެ ފުރުސަތުއޮތް ވައިރަހަކަށް ވުމެވެ.

ވައިރަސް އިންސާނާގެ ހަށިގަނޑުގެ ތެރެއަށް ވަނުމާއެކު، އިންސާނާގެ ހަށިގަނޑުގައި ހުންނަ ސެލްތަކުގެ ތެރެއަށް ވައިރަސްވަދެ، އޭގެ ބާރުގެ ދަށަށް ސެލްތައް ގެންދިއުމަށް މަސައްކަތްކުރެ އެވެ. ހަމައެހެންމެ އެ ވައިރަސް ނައްތާލުމަށްޓަކައި އެވަގުތު އިންސާނާގެ ހަށިގަނޑުން އެންޓިބޮޑީސް (ޕްރޮޓީންސް) އުފައްދަން ފަށައެވެ.

ކުރުގޮތަކަށް މި ބުނެވުނީ އެކި ބަލިތަކާއި ގުޅިގެން އަހަރުމެންގެ ހަށިގަނޑު އިމިއުން (ދިފާއު) ވާގޮތެވެ. މިސާލަކަށް އެއްފަހަރު މީހަކަށް ފާނަބަސަނދު ޖެހިއްޖެނަމަ، އެ ބައްޔަށް އެމީހެއްގެ ހަށިގަނޑު އިމިއުންވެ، ދެވަނަ ފަހަރަށް ފާނަބަސަނދު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ހަމައެހެންމެ މި ބައްޔަށް ދޭ ވެކްސިނަކީ މި އިމިއުން ސިސްޓަމް (ދިފާއީ ނިޒާމު) އިތުރަށް ވަރުގަދަ ކުރުމަށް ދެވޭ ވެކްސިނެކެވެ.

އެހެންނަމަވެސް ކޮރޯނާވައިރަސް ޖެހުމަށްފަހު އިންސާނުންގެ ހަށިގަނޑުގައި ފުރިހަމަ އިމިއުނިޓީއެއް އުފެދިދާނެކަމަށް ޑޮކްޓަރުންނާއި ވައިރޮލޮޖިސްޓުންނަށް އަދިވެސް ޝައްކެވެ. އަދި ޝިންޔުންގެ ނަޒަރުގައި މި ވައިރަސް ޖެހިފައިވާ މީހެއްގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފެދުނު ނަމަވެސް ދެވަނަ ފަހަރަށް ވައިރަސް ނުޖެހޭ މިންވަރަށް ދިގުމުއްދަތަށް މި އެންޓިބޮޑީސްތައް ދެމިހުންނާނޭ ކަމާއިމެދު އަދިވެސް ޑޮކްޓަރުންނަށް ޔަގީނެއް ނޫނެވެ.

ކޮރޯނާވައިރަސް ޖެހުމަށްފަހު އިންސާނުންގެ ހަށިގަނޑުގައި ފުރިހަމަ އިމިއުނިޓީއެއް އުފެދިދާނެކަމަށް އަދިވެސް ޝައްކު

 

ކޮރޯނާވައިރަސް އައުޓްބްރޭކް ފުޅާވުމުގެ ބޮޑު އިންޒާރެއް

ފާއިތުވި ހަފްތާގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކޮރޯނާވައިރަސް އައުޓްބްރޭކް އާއި ގުޅިގެން ދުނިޔޭގެ ފެންވަރުގައި ސިއްހީ އެމަރޖެންސީ ނެރެފަ އެވެ. ޑަބްލިޔުއެޗްއޯއިން ނެރުނު މި ކުއްލި ހާލަތު ޗައިނާގެ ރައީސް ޒީ ޝިންޕިން ސިފަކޮށްފައިވަނީ "ބޮޑު އިންޒާރެއް"ގެ ގޮތުގައެވެ.

ސިއްހީ މާހިރުން ލަފާކުރާގޮތުގައި މި ނުރައްކާތެރިވައިރަސް ޖެހުމަށް މަގުފަހިވެފައިވާ ސަބަބަކީ ޗައިނާގެ ވޫހާން ސިޓީގައި ހުންނަ ސީފުޑް މާރުކޭޓަކުން ދިރޭ ޖަނަވާރު ވިއްކުމެވެ. ދެހާހުގެ އަހަރުތަކުގެ ތެރޭގައި ޗައިނާއިން އުފަންވި ނުރައްކާތެރި ސާސްވައިރަސް ވެސް އުފެދިފައިވަނި ހަމަ މިފަދަ ގޮތަކަށެވެ. ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް އަރާފައިވާ މި ނުރައްކާތެރި ވައިރަސް މިހާތަނަށް ވަނީ ދުނިޔޭގެ 24 ޤައުމަކަށް ފެތުރިފަ އެވެ.

އަދި އާއްމުން މި ވައިރަސް އާއި މެދު ކަންބޮޑުނުވުމަށް ސިއްހީ މާހިރުން ދަނީ އިރުޝާދު ދެމުންނެވެ. އަދި ކޮންމެ މީހަކުވެސް އަމިއްލަ ސާފުތާހިރުކަމަށް އިސްކަމެއްދީ، ގިނައިން އަތްދޮވުމާއި، އެހެންމީހުންގެ މޫނުގައި އަތްނުލުމަށާއި، އަދި މި ދުވަސްވަރު ބަލިމީހުންނާއި ދުރުވުމަށް ސިއްހީ މާހިރުން ދަނީ ނަސޭހަތްތެރިވަމުންނެވެ

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ