އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 03/02/2020

ކޮރޯނާ ވައިރަހަށް ޝައްކުކުރެވުނު މީހުން ޕޮޒިޓިވްއެއް ނޫން: އެޗްޕީއޭ

އެޗްޕީއޭއިން ދާދި ދެންމެއަކު ވަނީ ޓްވީޓެއް ކޮށްފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 03/02/2020

Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ހުރިކަމަށް ޝައްކުކުރެވިގެން ރާއްޖެއިން ހެދި އެއްވެސް ޓެސްޓެއް ޕޮޒިޓިވްވެފައި ނުވާކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭގެ އިތުރުން ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހްވެސް ވަނީ މިކަން ޔަގީންކޮށްދެއްވާފަ އެވެ.

ކޮރޯނާވައިރަސްއަށް ޝައްކުވެގެން ފާއިތުވި ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ އުމުރުން 20 އަހަރުގެ ދިވެހި ޒުވާނެއްގެ އިތުރުން ދެ މީހުން ވަނީ ކަރަންޓީނުކޮށްފައެވެ.

މި ޒުވާނާ އަކީ ބުރާސްފަތި ދުވަހު ޗައިނާގައި އޮތް ފެއާއެއްގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެއައި މީހެކެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޮނާވައިރަސްގެ ސަބަބުން ސަރުކާރުން އިއްޔެވަނީ ރޭ ބާރައިން ފެށިގެން ޗައިނާގައި ހުރި އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭގޮތަށް ޓްރެވަލް އެޑްވައިޒަރީއެއްވެސް ނެރެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ