އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 02/02/2020

ޗައިނާއިން އަންނަ މީހުން ރާއްޖެ އަށް ވަނުން މަނާކޮށްފި

މިއީ ސީދީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ނިންމުމެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 02/02/2020

Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާދަމާއިން ފެށިގެން ޗައިނާއަށް ޒިޔާރަތްކުރި އެއްވެސް މީހަކަށް އަދި މިހާރު ޗައިނާގައި ހުރި އެއްވެސް މީހަކަށް ރާއްޖެ ނާދެވޭގޮތަށް ސަރުކާރުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފިއެވެ.

ސަރުކާރުން މިއަދު ކުރިއަށްގެންދިޔަ ޕްރެސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ޗައިނާގައި ހުރި އެއްވެސް ޤައުމެއްގެ މީހަކަށް އަދި ޗައިނާގެ މީހަކަށްވެސް މިރޭ 12:00ގެ ފަހުން ރާއްޖެ ނާދެވޭނޭ ކަމަށެވެ.

އެހެންނަމަވެސް ޗައިނާއަށް ޒިޔާރަތްކުރި ނުވަތަ ޗައިނާގައި ދިރިއުޅޭ ދިވެއްސަކަށް ރާއްްޖެ އާދެ ވޭނެކަމަށް ފާހަގަ ކުރެއްވިއެވެ.

އަދި މިއީ ސީދީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ނިންމުމެއްކަމަށް ޓޫރިޒަމް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވިގޮތުގައި ސަރުކާރުގެ މި ނިންމުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެކެވެ.

މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވިގޮތުގައި ސަރުކާރުގެ މި ނިންމުމަކީ ކޮރޮނާވައިރަހުގެ ހާލަތާއި ގުޅިގެން ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށްފަހު ނިންމި ނިންމުމެކެވެ.

ސަރުކާރުން ވަނީ ފާއިތުވި ހަފްތާގައި ކޮރޮނާވައިރަސް އާއި ގުޅިގެން ޗައިނާއިން ރާއްޖެއަންނަ ސީދާ ފްލައިޓްތައްވެސް ހުއްޓާލާފާއެވެ.

އަދި މިއަދު އިންޑިޔާ ސަރުކާރުގެ އެހީގައި ދިވެހި ސަރުކާރުން ވަނީ ޗައިނާގައި ތިބި ހަތް ދިވެއްސެއް އިންޑިޔާގެ ނިއުދިއލީއަށް ގެންގޮސް ކަރަންޓީނުކޮށްފަ އެެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ