އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 02/02/2020

ވޫހާންގައި ތިބި ދިވެހިން މިއަދު އިންޑިޔާއަށް ގެންގޮސްފި

މި ހަތް ދިވެހިންނާއި ފްލައިޓުން ދަތުރުކުރި އިންޑިޔާ ރައްޔިތުން އިންޑޯރ- ޓިބެޓަން ބޯޑަރ ޕޮލިސް ޗައުލާ ކޭމްޕަށް ގެންދެވޭނެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 02/02/2020

Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާގައި މިދުވަސްވަރު ފެތުރެމުންދާ ނޮވެލް ކޮރޮނާވައިރަސް އައުޓްބްރޭކް އާއި ގުޅިގެން ޗައިނާގެ ވޫހާންގައި ތިބި ދިވެހިން މިއަދު އިންޑިޔާއަށް ގެންގޮސްފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ވޫހާންގައި ތިބި ދިވެހިން ގެންގޮސްފައިވަނީ އިންޑިޔާގެ ދިއްލީއަށް ކަމަށެވެ.

އަދި މި މސައްކަތް ފުރިހަމަކުރައްވާފައިވަނީ ރައީސްގެ އިރުޝާދާއި އެކުގައި ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

ޗައިނާއިން އިންޑިޔާއަށް މިއަދު ގެންގޮސްފައިވަނީ ޖުމްލަ ހަތް ދިވެހިންނެވެ. އަދި މި ހަތް ދިވެހިންނާއި ފްލައިޓުން ދަތުރުކުރި އިންޑިޔާ ރައްޔިތުން އިންޑޯރ- ޓިބެޓަން ބޯޑަރ ޕޮލިސް ޗައުލާ ކޭމްޕަށް މިއަދު މެންދުރު 12 ގެންދާނޭކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

އިންޑޯރ- ޓިބެޓަން ބޯޑަރ ޕޮލިސް ޗައުލާ ކޭމްޕް

މިނިސްޓަރ އިތުރަށް ވިދާޅުވިގޮތުގައި މި ކޭޕްގައި ދެވި ހަތްމީހުންވެސް ބައިނަލްއަޤްވާމި އުސޫލުތަކުގެ މަތިން ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އިންޑިޔާގައި ހުންނަ ދިވެހި ހައިކޮމިޝަން މެދުވެރިކޮށް އާއިލާތަކާއި ގުޅޭނެގޮތްވެސް ހަމަޖައްސާނޭކަމަށް ވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ