އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 01/02/2020

ރާއްޖެއަށް އަންނަ ހުރިހާ އެންމެންގެ ޓްރެވަލް ހިސްޓްރީ ދެނެގަތުމުގެ މަސައްކަތް މިދަނީ ކުރަމުން: ހެލްތް މިނިސްޓަރ

މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ ހެލްތު މިނިސްޓްރީގައެވެ. މިނިސްޓަރ އަމީންގެ އިތުރުން ބައިވެރިވަޑައިގަތީ ޑރ. އަފްޒަލް އަދި ޑރ. މޫސާ ހުސެއިން އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 01/02/2020

Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މި ދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރާ އެންމެންގެވެސް ޓްރެވަލް ހިސްޓްރީ ދެނެގަތުމުގެ އިންތިޒާމް ކުރަމުން އަންނަކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ވިދާޅުވީ ޓްރެވަލް ހިސްޓްރީގައި ބަލާނީ ހަމައެކަނި ދަތުރުކޮށްފައި ހުރި ޤައުމެއް އެކަނި ނޫންކަމަށާއި ރާއްޖޭގައި މިވަގުތު ހުންނަތަނެއްގެ މައުލޫމާތާއި އަދި ގުޅޭނޭގޮތްތަކުގެ މައުލޫމާތުވެސް ހޯދުމުގެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

ހެލްތް މިނިސްޓްރީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖއިން ޗައިނާއަށް ކުރާ ސީދާ ދަތުރުތައް މިހާރު މެދުކަނޑާލެވިފައިވާ ކަމަށެވެ. އަދި ރާއްޖެއާއި އަވަށްޓެރި ބައެއް ޤައުމުތަކުން ޗައިނާއަށް ދަތުރުކުރާ ހުރިހާ ފްލައިޓްތަކެއް ހުއްޓާލެވިފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ. 

މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ޗައިނާއަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓްތައް މެދުކަނޑާލުމުގެ އިތުރުންވެސް މިކަމަށް ވަރަށް މުހިއްމު ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ސްކްރީނިންގެ މަސައްކަތަށް ކުރި އެރުމެއް އަންނާނޭ ކަމަށް ޤަބޫލުފުޅުކުރައްވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި ތިބި ޗައިނާގެ ޓޫރިސްޓުން އެ ގައުމަށް ގެންދިއުމަށް ޗާޓާ ފްލައިޓްތަކެއް ބާއްވަމުން އަންނަ ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ޒަންގް ލިއޮން  ވަނީ އިއްޔެ ވިދާޅުވެފަ އެވެ. އަދި އެކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވަނީ ޔަގީން ކޮށްދެއްވާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ