އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 01/02/2020

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮރޯނާވައިރަސް އައި ގުޅޭގޮތުން 712 މީހުންނާއި ސުވާލުކޮށް ސްކްރީން ކޮށްފި

މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ ހެލްތު މިނިސްޓްރީގައެވެ. މިނިސްޓަރ އަމީންގެ އިތުރުން ބައިވެރިވަޑައިގަތީ ޑރ. އަފްޒަލް އަދި ޑރ. މޫސާ ހުސެއިން އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 01/02/2020

Ministry of Health Health Minister Abdulla Ameen Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާއިން ފެތުރެންފަށާފައިވާ ކޮރޯނާވައިރަސްއަށް ޝައްކުވާ މީހަކު ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މުޅި ޖުމްލަ 712 މީހުންނާއި ސުވާލުކޮށް ސްކްރީން ކޮށްފައިވާކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ހެލްތް މިނިސްޓްރީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖެއިން ކޮރޯނާވައިރަސްއަށް އަދި ޝައްކުކުރެވިފައިވަނީ އެންމެ މީހެއް ކަމަށެވެ. އަދި ޝައްކުކުރެވިފައިވާ މީހާ ކަރަންޓީނުކޮށް ފަރުވާދެމުންދާއިރު އޭނާގެ ހާލަތު އިހުނަށްވުރެ ރަނގަޅުވަމުން އަންނަކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރ އަމީން އިތުރަށް ވިދާޅުވީ އިންޑިޔާއަށް ފޮނުވި ސާމްޕަލް އެކޮޅަށް މިހާރު ފޯރާފައިވާ ކަމަށާއި އަދި މާދަމާގެ ވަގުތެއްގައި ޓެސްޓްގެ ނަތީޖާ ލިބޭނެ ކަމަށެވެ.

ހަމައެހެންމެ އިންޑިޔާގެ އިތުރުން ތައިލެންޑުންވެސް މިހާރު ކޮރޯނާވައިރަސްއަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފަ އެވެ. 

ރާއްޖެއިން ކޮރޯނާވައިރަސްއަށް ޝައްކުވެގެން މީހަކު ކަރަންޓީނު ކުރިކަން ހެލްތް މިނިސްޓްރީއިން އިއުލާންކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ވައިރަސް އަށް ޝައްކުވި މި ޒުވާނާއަކީ ޗައިނާގައި އޮތް ފެއާއެއްގައި ބައިވެރިވުމަށްފަހު ބުރާސްފަތި ދުވަހު ރާއްޖެ އައި މީހެއް ކަމަށާއި ޢޭނާވަނީ ޗައިނާގައި މި ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ބައެއް އަވަށްތަކުގެ މަސްމާރުކޭޓުތަކަށް ޒިޔާރަތްކޮށްފައި ކަމަށް ހެލްތުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ