އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 01/02/2020

މި ދުވަސްވަރު ރޯގާޖެހިފައި ހުރި ކުއްޖެއް ސްކޫލަށް ނުފޮނުވުމަކީ މުހިއްމު ކަމެއް: ޑރ. މޫސާ ހުސެއިން

މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ ހެލްތު މިނިސްޓްރީގައެވެ. މިނިސްޓަރ އަމީންގެ އިތުރުން ބައިވެރިވަޑައިގަތީ ޑރ. އަފްޒަލް އަދި ޑރ. މޫސާ ހުސެއިން އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 01/02/2020

Ministry of Health Dr Moosa Hussain Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މި ދުވަސްވަރު ކޮންމެ މީހެއްގެވެސް އަމިއްލަ ފަރުދީ ޒިންމާއެއް ކަމަށް ދެކިގެން ރޯގާޖެހިފައި ހުރި ކުއްޖަކު ސްކޫލަށް ނުފޮނުވުމަކީ މުހިއްމު ކަމެއް ކަމަށް ޑރ. މޫސާ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ކޮރޮނާވައިރަސް އަށް ޝައްކުކުރެވޭ މީހަކު ފެނުމާއި ގުޅިގެން އެކަމާއި ގުޅޭ މައުލުމާތު ދިނުމަށް ހެލްތް މިނިސްޓްރީއިން ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިރޭގެ ބައްދަލުވުމުގައި ޑރ. މޫސާ ވިދާޅުވީ މިވަގުތު ކޮރޮނާވައިރަސްއަށް ޔަގީންވާ އެއްވެސް ކޭސްއެއް މިވަގުތު ނެތް ކަމަށެވެ.

އަދި މި ވައިރަހަށް ރާއްޖެއިން ޝައްކުކުރެވުނު މީހާގެ ހާލަތުވެސް ކުރިއަށްވުރެ ރަނގަޅުވަމުން އަންނަކަމަށް ޑޮކްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ.

ޑރ. މޫސަ އިތުރަށް ވިދާޅުވިގޮތުގައި އަދި މިހާތަނަށް އަހަރުމެން މި ދިރިއުޅޭ މާހައުލުގެ ތެރެއިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ވައިރަސް އަރާނޭ ފަދަ ކަމެއް ފެނިފައިނުވާ ކަމަށެވެ.

އަދި މިފަދަކަމެއް ފާހަގަވާ ވަގުތުން ފެށިގެން ހުރިހާ ރިކޮމެންޑޭޝަންއެއް ތަފާތުވާނޭ ކަމަށާއި، އަދި ސްކޫލްވެސް ބަންދުކުރަން ޖެހިދާނޭކަމަށް ޑޮކްޓަރ ވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ