އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 01/02/2020

ކޮރޯނާވައިރަސް އާއި ގުޅޭގޮތުން ކުރެވޭ ބައެއް ސުވާލާއި އޭގެ ޖަވާބު [2 ވަނަ ބައި]

މި ވައިރަސް އާއި ގުޅޭގޮތުން އާއްމުންގެ ހިތުގައި ވަނީ ނުތަނަވަސްކަމާއި އެއްވަރަށް ސުވާލުތައް ވެސް ދަނީ އުފެދެމުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 01/02/2020

Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެބޯލާ ވައިރަސްގެ ފަހުން ދުނިޔެ ދުށް އެންމެ ނުރައްކާތެރި ވައިރަސް އަކަށް ކޮރޯނާވައިރަސް ވާނެއެވެ. ނުރައްކާތެރި ސާސް އަދި މާސްގެ އާއިލާއަށް ނިސަބަތްވާ މި ވައިރަސްގެ ސަބަބުން އެތައް ބައެއް ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. އަދި މި ވައިރަސް އާއި ގުޅޭގޮތުން އާއްމުންގެ ހިތުގައި ވަނީ ނުތަނަވަސްކަމާއި އެއްވަރަށް ސުވާލުތައް ވެސް ދަނީ އުފެދެމުންނެވެ.

މި ލިޔުމުގައި މި ގެނެސްދެނީ  ކޮރޯނާވައިރަސް އާއި ގުޅޭގޮތުން އާއްމުންގެ ހިތުގައި އުފެދިފައިވާ ބައެއް ސުވާލުތަކާއި އޭގެ ޖަވާބުގެ ދެވަނަ ބައެވެ. (ފުރަތަމަ ބައި ކިއުމަށް)

ދަ ގްލޮބަލް ނިއުސް މެދުވެރިކޮށް އާއްމުންގެ މި ސުވާލުތަކަށް ޖަވާބުދެއްވާފައި ވަނީ ޓޮރޮންޓޯގެ ޔުނިވަރސިޓީ ހެލްތް ނެޓްވޯކްގެ އިންފެކްޝިއަސް ޑިޒީޒް ފިޒިޝަން އަދި މެޑިކަލް ޑިރެކްޓަރ އޮފް އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް ޑރ. ސަސީ ހޯޓާ އެވެ.

 

ވައިރަސްއިން ދުރުވުމަށް ގިނައިން އަތްދޮވެ ފޭސްމާސްކް ބޭނުންކުރެވިދާނެތަ؟

އެހެން ވައިރަސްތަކެކެ އެއްގޮތަށް މި ވައިރަސްއިން ދުރުވުމަށް ސާފުތާހިރުވެ ތިބުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ.

އެގޮތުން ޑރ. ހޯޓާ ވަނީ މި ވައިރަސްއިން ރައްކާތެރިވެ ތިބުމަށްޓަކައި ގިނަގިނައިން އަތްދޮވުމަށް އިރުޝާދު ދެއްވާފަ އެވެ. ޙާއްސަކޮށް އާއްމުންގެ ތެރެއަށް ނުކުމެއުޅޭއިރު އަދި ތަންތަނުގައި އަތްލުމަށްފަހު އަތްދޮވުމަށް ޑރ. ހޯޓާ ވަނީ އިރުޝާދުދެއްވާފަ އެވެ.

"ފޭސް މާސްކް އެޅުން އެންމެ ބޮޑަށް ރަނގަޅީ ބަލިވެ އުޅޭ މީހުން." ރޮނާލްޑް އެސްޓީ ޖޯން ވިދޅުވި އެވެ. "މާސްކް އެޅުމުން ކެއްސާ ކިނބިހި އަޅާވަގުތު ޖަރާސީމުތައް ފެތުރުމުގެ ފުރުސަތު ކުޑަވާނެ".

އާއްމުންނަށް 40 އަހަރު ސިއްހީ ހިދުމަތް ފޯރުކޮށްދެއްވާފައި އެސްޓީ ޖޯން ވިދާޅުވީ އާއްމުކޮށް މި ބޭނުންކުރާ ފޭސް މާސްކުން ވާ ފައިދާ ކުޑަކަމަށެވެ. ސަބަބަކީ މި މާސްކް ފަރުމާކޮށްފައިވާގޮތުން ފަސޭހައިން ޖަރާސީމުތައް ބޭރުވުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. އަދި ވައިރަސް ފެތުރުނަނުދިނުމަށް ބޭނުންކުރުން އެންމެ އެކަށީގެންވަނީ N95 މާސްކް ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

 

މި ވައިރަސްގެ އަލާމާތްތަކަކި ކޮބާ؟ އަދި ހޮސްޕިޓަލަށް ދާން ޖެހޭނީ އަލާމާތްތައް ފެންނަތާ ކިހާ ވަގުތެއްގެ ތެރޭގައި؟

ސީޑީސީއިން މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ:

•             ނޭފަތުން ފެންއައުން

•             ބޮލުގައި ރިއްސުން

•             ކެއްސުން

•             ކަރުގައި ރިއްސުން

•             ހުން އައުން

•             ބަލިވެ އުޅޭ ކަހަލަ އިހްސާސެއް ހުރުން

 

މި ވައިރަސްގެ ސީރިއަސް ކޭސްތަކުގައި ނޭވާލާ ނިޒާމުގެ ބަލިތައް ކަމަށްވާ ނިއުމޯނިއާ އަދި ބްރޮންކިޓިސްއަށް ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ. އަދި މި ވައިރަސްއަށް ޕޮޒިޓިވްވެ ހާލަތު ސީރިއަސްވާ މީހުންގެ ތެރޭގައި ހިމެނެނީ ކާރޑިއޮޕަލްމޮނަރީ ޑިޒީސް ހުންނަ މީހުންނާއި ދިފާއީ ނިޒާމު ބަލި މީހުންނާއި ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނެވެ.

މި ވައިރަސްގެ އަލާމާތެއް ފެނިއްޖެ ނަމަ ނުވަތަ ވައިރަސް ޖެހިފައިވާ މީހަކާއި ގާތްކޮށް އުޅެފައި ހުރި މީހެއްނަމަ ވީހާވެސް އަވަހަށް ސިއްހީ ފަރުވާ ލިބިގަތުމަކީ މުހިއްމު ކަމެކެވެ.

"ޑޮކްޓަރަށް ދައްކާއިރު، ކުރިން ބޭރު ޤައުމަކަށް ދަތުރުކޮށްފައިވާނަމަ އެ މައުލޫމާތު ހިއްސާ ކުރުމަކީ ވަރަށްވެސް މުހިއްމު ކަމެއް" ޑރ. އެސްޓީ ޖޯން ވިދާޅުވި އެވެ.

ނޯޓް: ރާއްޖޭގެ ސިއްހީ އިދާރާތަކުން އިލްތިމާސް ކުރަނީ މިބައްޔަށް ޝައްކުވާނަމަ ހޮސްޕިޓަލަށް ނުގޮސް އެޗްޕީއޭގެ ހޮޓްލައަށް 7377004 އަށް ގުޅުމަށް

 

މި ވައިރަސް އެއް ތަނެއްގައި ހުންނާނީ ކިހާ މުއްދަތެއް ވަންދެން؟ އަދި ޗައިނާއިން މެއިލް މެދުވެރިކޮށް ފޮނުވާ ޕާރުސަލްތަކަށް ސަމާލުކަން ދޭންޖެހޭނެތަ؟

މި ވައިރަސް އެއް ތަނެއްގައި އަށަގެންފައި ހުންނާނޭ މުއްދަތެއް ޔަގީންކަމާއެކު އަދި ހޯދިފައެއް ނުވެއެވެ. "ގަޑިއެއްގެ އިރުވަންދެން ވެސް ވައިރަސްގެ އަސަރު ހުރެދާނެ، ނުވަތަ ދުވަސްތަކެއް ވަންދެންވެސް ހުރެދާނެ. އެ ހުރިހާ ކަމެއް ބިނާވަނީ އެކަމެއްގެ ބޮޑު ކުޑަ މިނުގެ މައްޗަށް" ޑރ. ހޯޓާ ވިދާޅުވި އެވެ.

ކޮންމެގޮތެއް ވިޔަސް މިފަދަ ވައިރަހެއް އަށަގެންފައި ހުރި ތަނެއްގައި އަތްލުމަށްފަހު ސާފުކޮށް އަތްދޮވުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެ އެވެ. އަދި ހާއްސަކޮށް މި ދުވަސްވަރު ގިނަގިނައިން އަތްދޮވެ ސާފުތާހިރުވުމަށްވެސް އިތުރަށް ސަމަލުވާން ޖެހޭނެ އެވެ.

"ޗައިނާއިން އެހެން ޤައުމަކަށް ޝިޕްމަންޓެއް މެދުވެރިކޮށް ވައިރަސް ދަތުރުކުރުމަކީ ވަރަށް ނުވާނޭ ކަމެއް" ޑރ. ހޯޓާ ވިދާޅުވި އެވެ. އެހެންނަމަވެސް މެއިލް ނުވަތަ ފައިސާ އެއްޗެހީގައި ވައިރަސް ނުހުންނާނެއެކޭ ވެސް ނުބުނެވޭނެ ކަމަށް ޑރ. ހޯޓާ ވިދާޅުވި އެވެ.

އަދި އެންމެ ބުއްދިވެރި ގޮތަކީ ކެއުމުގެ ކުރިންނާއި ނޭފަތްފޮޅުމުގެ ފަހުން އަބަދުވެސް އަތްދޮވުން ކަމަށް ޑރ. ހޯޓާ ވިދާޅުވި އެވެ.

 

ކޮރޯނާވައިރަސް އަށް ދޭ އެއްވެސް ވެކްސިނެއް ހުރޭތަ؟

ވެކްސިނެއް އުފެއްދުމަށްޓަކައި މިހާރުވެސް ބައެއް ގުރޫޕްތައް މަސައްކަތްކުރަމުން އަންނަކަމަށް ޑރ. ހޯޓާ ވަނީ ވިދާޅުވެފަ އެވެ.

އެހެންނަމަވެސް ވެކްސިން އުފެއްދުމަށް ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ އެކަމަށް ގިނަވަގުތު ނެގުން ކަމަށް ޑރ. ހޯޓާ ވިދާޅުވި އެވެ. ވެކްސިނެއް އުފެއްދި ނަމަވެސް އޭގެ ރައްކާތެރިކަން ޔަގީންކުރަން އަދި އިތުރު މަރުހަލާތަކެއް ކަޑައްތު ކުރަންޖެހޭ ކަމަށާއި، އެކަމަށް މަސްތަކެއް ނަގާފާނޭ ކަމަށް ޑރ. ހޯޓާ ވިދާޅުވި އެވެ.

މިހާރުވެސް ބައެއް ފަރާތްތަކުން ވީހާވެސް އަވަހަށް ވެކްސިން އުފެއްދުމަށް ރެއާދުވާލު މަސައްކަތް ކުރަމުންނެވެ. އެހެންަމަވެސް އަވަސް މުއްދަތެއްގައި އެކަން ކާމިޔާބު ވެދާނޭ ކަމަކަށް ސިއްހީ މާހިރުން އުއްމީދެއް ނުކުރެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ