އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 31/01/2020

ޑރ. ނިޔާފްގެ އިލްތިމާސް- ޝައްކުވާ ނަމަ އެންގުމަކާއި ނުލާ ހޮސްޕިޓަލަށް ނުދޭ

ކޮރޯނާވައިރަސްއަށް ކުޑަކޮށްވެސް ޝައްކުވާނަމަ، ހޮޓްލައިން 7377004 ގުޅައި އެންގުމަކާއި ނުލައި ސިއްހީ ހިދުމަތްދޭ އެއްވެސް ތަނަކަށް ނުދިއުމަށް ޑރ. ނިޔާފް ވަނީ އިރުޝާދު ދެއްވާފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 31/01/2020

Coronavirus Dr Abdulla Niyaf
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާއިން ދުނިޔޭގެ އެކި ޤައުމުތަކަށް ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް އަށް ޝައްކުކުރެވޭ މީހަކު ރޭގެ ވަގުތެއްގައި ރާއްޖެއިން ވެސް ވަނީ ފެނިފަ އެވެ. މިއާއެކު ދިވެހިންގެ ހާސްކަންވެސް މިވަނީ ދެ ގުނައަށް އިތުރުވެފަ އެވެ.

ކޮރޯނާވައިރަސް އަކީ އާދައިގެ ރޯގާތަކާއި އެއްވައްތަރުގެ ބައްޔެއް ކަމުން މި ބައްޔަށް ކިރިޔާވެސް ޝައްކުވާނަމަ އަވަހަށް ފަރުވާ ލިބިގަތުމަށް ކޮންމެ މީހެއްވެސް ބޭނުންވާނެ އެވެ. އެހެންކަމުން މި ވައިރަސްއަށް ޝައްކުވާނަމަ އަމަލުކުރަންވީ ގޮތުގެ އިރުޝާދު ކުޑަކުދިންގެ ޑޮކްޓަރ އަބްދުﷲ ނިޔާފް ވެސް ވަނީ ދެއްވާފަ އެވެ.

ކޮރޯނާވައިރަސްއަށް ކުޑަކޮށްވެސް ޝައްކުވާނަމަ، ހޮޓްލައިން 7377004 ގުޅައި އެންގުމަކާއި ނުލައި ސިއްހީ ހިދުމަތްދޭ އެއްވެސް ތަނަކަށް ނުދިއުމަށް ޑރ. ނިޔާފް ވަނީ އިރުޝާދު ދެއްވާފަ އެވެ.

ހާއްސަކޮށް މި ވައިރަސް ޗައިނާގެ ހުރިހާ ޕްރޮވިންސްއަކަށް ވެސް ފެތުރިފައިވުމާއެކު، ވައިރަސްގެ އަލާމާތްތައް ކަމަށްވާ ހުމާއި، ރޯގާ، ކެއްސުން އަދި ނޭވާ ކުރުވުން ފަދަ އަލަމާތެއް ޗައިނާއިން ފުރުތާ 14 ދުވަސްތެރޭގައި ފެނިއްޖެނަމަ ވަގުތުން ހޮޓްލައިން އަށް ގުޅާ އެންގުމަށް ޑރ. ނިޔާފް ވަނީ އިރުޝާދު ދެއްވާފަ އެވެ.

ޑރ. ނިޔާފް ވަނީ ތަކުރާރުކޮށް ވައިރަސްއަށް ޝައްކުވާނަމަ ގުޅާއެންގުމަކާއި ނުލައި ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުދިއުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ޑރ. ނިޔާފް ވިދާޅުވި ގޮތުގައި ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ ނުވަތަ ބަލިމީހާގެ ވަށައިގެން ދިރިއުޅޭ މީހުންވެސް މި ވައިރަސްއަށް ޝައްކު ކުރެވިއްޖެނަމަ ސއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކުރުމުގެ ކުރިން ހޮޓްލައިންއަށް ގުޅައި އެންގުމަށް ޑރ. ނިޔާފް ވަނީ އެދިލައްވާފަ އެވެ.

ވައިރަސްއަށް ޝައްކުކުރެވިފައި ވާނަމަ ސަމާލުކަން ދިނުމަށް ޑރ. ނިޔާފް އިރުޝާދުދެއްވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ކެއްސާ ކިބިހި އަޅާނަމަ ނޭފަތާ އަގަ ޓިޝޫއަކުން ރަގަޅައް ނިވާކުރުން
  • ބޭނުންކޮށް ނިމުމާއި އެކު ޓިޝޫ ރައްކާތެރިކޮށް ޑަސްބިން އަށްލުން
  • އަނެއްކާވެސް އަތް ސާފުކުރުން
  • ‏ރޯގާ ވެސް ޓިޝޫއައް ފޮޅުން
  •  އެ ޓިޝޫވެސް ރައްކާތެރިކޮށް ބިންއަށްލުން
  • އާންމު ތަންތަނަށް ރޯގާފޮޅާ, ކުޅުޖަހާ ނުހެދުން
އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ