އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 29/01/2020

ކޮރޯނާ ވައިރަހަށް ޓެސްޓްކުރަން ފޮނުވަނީ އިންޑިޔާއަށް، ނަތީޖާ ލިބެން 48 ގަޑިއިރު

މި ނުރައްކާތެރި ވައިރަސް ފެތުރެން ފެށިއިރު އެކަމަށް ޓެސްޓު ކުރެވެން ހުރީ އެންމެ ދެ ލެބޯޓްރީއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 29/01/2020

Health Minister Abdulla Ameen Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާ ވައިރަހަށް ޓެސްޓްކުރަން ފޮނުވާނީ އިންޑިޔާގެ ޕޫނޭއަށް ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހާއި ގުޅޭގޮތުން ރާއްޖެ ތައްޔާރުވެފައިވާ މިންވަރާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ އިންޑިޔާގެ ޕޫނޭއަށް ކޮރޯނާ ވައިރަހަށް ޓެސްޓް ކުރަން ފޮނުވާތާ 48 ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭނެ ކަމަށެވެ. 

މިނިސްޓަރ ވިދާޅުވީ މި ނުރައްކާތެރި ވައިރަސް ފެތުރެން ފެށިއިރު އެކަމަށް ޓެސްޓު ކުރެވެން ހުރީ އެންމެ ދެ ލެބޯޓްރީ ކަމަށެވެ. އެހެންނަމަވެސް ފަހުން ބައެއް ޤައުމުތަކަށް މި ވައިރަސް ފެތުރެން ފެށުމުން އެކި ޤައުމުތަކުން މި ވައިރަހަށް ޓެސްޓް ކުރުމުގެ ޤާބިލްކަން އިތުރުކުރަމުން އަންނަކަމަށް މިނިސްޓަރ އަމީން ވަނީ ވިދާޅުވެފަ އެވެ.

ކޮރޯނާ ވައިރަހާއި ގުޅޭގޮތުން ރާއްޖެ ތައްޔާރުވެފައިވާ މިންވަރާއި ބެހޭގޮތުން މައުލޫމާތު ދިނުން (ފޮޓޯ: ހެލްތު މިނިސްޓްރީ)

ކޮރޯނާވައިރަސް އަކީ ކޮންމެ ކޮންމެ ލެބޯޓްރީއަކުން ކުރެވޭ ޓެސްޓެއް ނޫންކަން ފާހަގަކޮށް މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖެ އާއި އެންމެ ގާތުން މި ވައިރަހަށް ޓެސްޓް ކުރެވެނީ ޕޫނޭއިން ކަމަށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގުޅިގެން އެހެން ޤައުމުތަކުން ވެސް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ޓުއަރިޒަމް މިނިސްޓަރ އަލި ވަހީދު ވަނީ ރާއްޖެ މިހާރު އޮތް ޙާލަތާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ސަރުކާރުން ސިއްރު ނުކުރައްވާނޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މި އައުޓްބްރޭކް އާއި ގުޅިގެން މިހާތަނަށް 2000 އަށްވުރެ ބުކިން ކެންސަލް ކޮށްފައިވާ ކަމަށްވެސް ޓުއަރިޒަމް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ