އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 29/01/2020

ޗައިނާގައި ފުރަތަމަ ކޮރޯނާވައިރަސް ހޮސްޕިޓަލް ހުޅުވައިފި

ރިޕޯޓުތަކުން ބުނާގޮތުގައި ހުސް އިމާރާތެއް 1000 އެނދުގެ ހޮސްޕިޓަލަކަށް ވޮލިންޓިއަރުން ބަދަލުކޮށްދީފައިވަނީ އެންމެ ދެ ދުވަސްތެރޭގަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 29/01/2020

China Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާގައި ޤާއިމްކުރި ފުރަތަމަ ކޮރޯނާވައިރަސް ހޮސްޕިޓަލް އިއްޔެ ހުޅުވައިފި އެވެ. ރިޕޯޓުތަކުން ބުނާގޮތުގައި ހުސް އިމާރާތެއް 1000 އެނދުގެ ހޮސްޕިޓަލަކަށް ވޮލިންޓިއަރުން ބަދަލުކޮށްދީފައިވަނީ އެންމެ ދެ ދުވަސްތެރޭގަ އެވެ.

ޑަބީ މައުންޓެއިން ރީޖަނަލް ހޮސްޕިޓަލްގެ ނަމުން ނަން ދީފައިވާ މި ހޮސްޕިޓަލް ޤާއިމްކޮށްފައިވަނީ ޗައިނާގެ ވޫހާން ސިޓީ އާއި ކައިރި ހިސާބެއްގަ އެވެ. އަދި ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން ފުރަތަމަ ބެޗް ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އައު ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

މިހޮސްޕިޓަލަކީ އަޅަން ހަމަޖެހިފައިވާ 4 ހޮސްޕިޓަލުގެ ތެރެއިން އެއް ހޮސްޕިޓަލެވެ. ޗައިނާގެ އިދާރާތަކުން ހާމަ ކުރާ ގޮތުގައި މިހޮސްޕިޓަލް ނިންމުމަށް ކުރިން ހަމަޖެހިފައިވަނީ މެއި މަހުއެވެ. 

ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީ އިންނެވެ. އަދި މި ވައިރަސް އަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ ވޫހާން ސިޓީގައި ހުބޭއީ އަވަށުންނެވެ. 

ނޭވާލާ ނިޒާމަށް ޖެހޭ މި ނުރައްކާތެރި ވައިރަސް މިހާތަނަށް ވަނީ 17 ޤައުމަކުން ފެނިފައެވެ. އަދި މިހާތަނަށް 6،000 އަށްވުރެ ގިނަ މީހުން ކޮރޯނާވައިރަސް ޕޮޒިޓިވް ވެފައިވާއިރު، މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 132 އަށް އަރާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ