އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 23/01/2020

ވައިރަސް ފެތުރުނު ވުހާން ސިޓީގެ ދަތުރުފަތުރު ކުރުމުގެ ނިޒާމް ހުއްޓާލައިފި

އެރަށުގައި ދުއްވާ ބަހާއި ސަބްވޭ އަދި ފެރީވެސް ބުރާސްފަތި ދުވަހުގެ ހެނދުނު 10 އަކުން ފެށިގެން ބޭނުން ނުކުރާނެއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 23/01/2020

China Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާ ވައިރަސް ފުރަތަމަ ފަހަރަށް ފާޅުވި ޗައިނާގެ ވުހާން ސިޓީގެ ދަތުރު ފަތުރު ކުރުމުގެ ނިޒާމް އެރަށުގެ ސަރުކާރުން ހުއްޓާލައިފިއެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެރަށުގައި ދުއްވާ ބަހާއި ސަބްވޭ އަދި ފެރީވެސް ބުރާސްފަތި ދުވަހުގެ ހެނދުނު 10 އަކުން ފެށިގެން ބޭނުން ނުކުރާނެކަމެވެ.

މީގެ އިތުރުން އެރަށުން ބޭރުވާ ރޭލާއި ފްލައިޓްތައްވެސް މިއަދުން ފެށިގެން ބޭނުމެއް ނުކުރާނެއެވެ. އެބަޔާނުގައި ވާގޮތުން މިހެން މިހެދީ މިވައިރަސް ފެތުރުން ވީހާވެސް މަދުކުރުމަށްޓަކައެވެ.

11 މިލިއަން މީހުން ދިރިއަޅޭ ވުހާން ސިޓީގައި ދިރިއުޅޭ ފަރާތްތައް އެއްވެސް ސަބަބަކާއި ނުލާ ރަށުން ބޭރު ނުވުމަށްވެސް އެރަށުގެ ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.

ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަނުން ވަނީ މިވައިރަސް އަކީ ގައިން ގައަށް އަރާ އެއްޗެއްކަން ކަށަވަރުކޮށްދީފައެވެ.

ޖެނީވާގައި ބޭއްވި ބައްދަލުވުމަކަށްފަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެމަރޖެންސީ ކޮމިޓީއިން ވަނީ މިވައިރަސްއަކީ "ގޮލޯބަލް އެމަރޖެންސީ" އެއް ކަމަށް އިއުލާނު ކުރުން ފަސްކޮށްފައެވެ.

އެޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވި ގޮތުގައި މިއިއުލާން ކުރުމުގެ ކުރިން އިތުރު މައުލޫމާތު ބޭނުންވާ ކަމަށާއި ކޮމިޓީއިން ބުރާސްފަތި ދުވަހު އަނެއްކާވެސް ބައްދަލު ކުރާނެ ކަމަށެވެ.

ކޮރޯނާ ވައިރަސް 5 ގައުމަކަށް ފެތުރިފައިވާ އިރު 500 ކޭސް ރިޕޯޓުކުރެވި 17 މީހުން ވަނީ މަބަލީގައި މަރުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ