އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 23/01/2020

ކޮރޯނާ ވައިރަސް: ޗައިނާ ބޮޑު ބިރެއްގެ ތެރޭ

މިހާތަނަށް ޗައިނާގައި ވަނީ ކޮރޯނާ ވައިރަސްގެ އެތައް ސަތޭކަ ކޭސްއެއް ފެނިފަ އެވެ. އަދި މި ބަލީގައި 17 މީހުން ވަނީ މަރުވެފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 23/01/2020

China Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހުސްވި މަހު ޗައިނާގެ ޑޮކްޓަރުންނަށް ވަނީ އާ ވައްތަރެއްގެ ނިއުމޯނިއާ ވައިރަސްއެއް ފާހަގަވެފަ އެވެ. ޗައިނާގެ ވޫހާން އަވަށުގެ މަސްމާރުކޭޓަށް ޒިޔާރަތްކުރި މީހުންނާއި އަދި މަސައްކަތް ކުރާ މީހުންގެ ގައިން މި ބަލީގެ އަލާމާތްތައް ކަމަށްވާ ހުން އައުމާއި، ކެއްސުމާއި، ނޭވާލާން ދަތިވުން ފަދަ ކަންކަން ވަނީ ފެނިފަ އެވެ.

އޭރުއްސުރެން މިހާތަނަށް ޗައިނާގައި ވަނީ ކޮރޯނާ ވައިރަސްގެ އެތައް ސަތޭކަ ކޭސްއެއް ފެނިފަ އެވެ. އަދި މި ބަލީގައި 17 މީހުން ވަނީ މަރުވެފަ އެވެ.

ޗައިނާގެ ފަތުރުވެރިން ގިނަ އަދަދަކަށް ޒިޔާރަތްކުރާ ތައިލޭންޑުން ވެސް ވަނީ ހުސްވި ހަފްތާގައި އެ ޤައުމަށް އެތެރެވި ޗައިނާއަށް ނިސްބަތްވާ ދެ ފަތުރުވެރިއެއްގެ ގައިން މި ވައިރަސް ފެނިފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ޖަޕާނުންވެސް ވަނީ ކްރޯނާ ވައިރަސްގެ ފުރަތަމަ ކޭސް ފެނިފަ އެވެ. ޖަޕާނުން މި ވައިރަސް ފެނިފައިވަނީ ދާދިފަހުން ޗައިނާއަށް ދަތުރުކުރި އެ ޤައުމުގެ ރައްޔިތެއްގެ ގައިންނެވެ. މީގެ އިތުރުން އެމެރިކާ އަދި ދެކުނު ކޮރިޔާގައިވެސް މިބަލިވަނީ ދެނެގަނެވިފައެވެ.

ކޮރޯނާ ވައިރަސް އަކީ ކޮބާ؟

ޗައިނާގައި ހަލުވި ކަމާއެކު މިހާރު ފެތުރެމުންދާ މި ވައިރަސް އެ ޤައުމުގެ ސިއްހީ އިދާރާތަކުން ގެންދަނީ ވަރަށް ގާތުން ތަހްލީލުކުރަމުންނެވެ. އަދި މިހާތަނަށް ހޯދި ހޯދުންތަކުން އެނގޭގޮތުގައި މި ވައިރަސް އަކީ އާކަމެއް ނޫނެވެ.

ކޮރޯނާ ވައިރަސްއަކީ ބައިވަރު ވައިރަސްތަކަކަށް ކިޔާ ނަމެކެވެ. މިވައިރަސްތަކުގެ ސަބަބުން އިންސާނުންނަށް ޖެހޭ ބަލިތަކުގެ ތެރޭގައި ރޯގާ އާއި ގޭސްޓްރޯއިންޓެސްޓިނަލް އިންފެކްޝަން އާއި އަދި ދާދިފަހުން ފެނުނު ބައެއް ބަލިތައް ކަމަށްވާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރަމް ގެ އިތުރުން މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރަމްސް ހިމެނެއެވެ.

މި ވައިރަސް އަށް ކޮރޯނާގެ ނަމުން ނަންދީފައި ވަނީ ބަލިޖެހޭ މީހާގެ ހަށިގަނޑަށް ވައިރަސް ވަދެގަންނަން އެ ބޭނުންކުރާ ޕްރޮޓީންސްގެ ނަމާއި ގުޅުވައިގެންނެވެ.

ކޮރޯނާ ވައިރަސް ފެތުރެން މެދުވެރިވީ ކިހިނެތް؟

ޗައިނާގައި ފެތުރެމުންދާ މި ވައިރަސް ފެތުރެން މެދުވެރިވި ސަބަބު ދެނެގަތުމަށް އެޤައުމުގެ ސިއްހީ އިދާރާތަކުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ދިރާސާކުރާ ފަރާތްތަކުން އެންމެ ފުރަތަމަ ނިންމާފައިވަނީ މި ވައިރަސް ފެތުރެން މެދުވެރިވަނީ ވައިނާގެ ވޫހާން އަވަށުގެ މަސް މާރުކޭޓުން އެކަނި ކަމަށެވެ. އެހެންނަމަވެސް ދިރާސާ ކުރާ ފަރާތްތަކަށް ދެވަނަ ވިސްނުމަކަށް ދާން ޖެހުނީ ޑަބްލިޔުއެޗްއޯ އިން މި ބައްޔަކީ ގައިންގަޔަށް އަރާ ބައްޔަކަށް ވުމުގެ ފުރުސަތު އޮތް ބައްޔެއްކަމަށް ބުނުމުންނެވެ.

އެއަށްފަހު ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަނުން ވަނީ މިވައިރަސް އަކީ ގައިން ގައަށް އަރާ އެއްޗެއްކަން ކަށަވަރުކޮށްދީފައެވެ.

"ކެއްސާ، ނޭވާ ކުރުވެ، އާދަޔާ ހިލާފަށް އަވަސް އަވަހަށް ނޭވާލެވި، ކަރުގަ ރިއްސާ، ނޭފަތުން ފެން އައުމަކީ ހަމަ އާދައިގެ ރޯގައިގަވެސް ފެންނާނެ އަލާމާތްތައް. ތަފާތަކަށް ވަނީ ހާލަތު ގޯސްވުން" އިންފެކްޝަން ޑިޒީސް ފިޒިޝަނެއް ކަމަށްވާ އިރާނީ ތެވަރާޖަން ބުނެފައިވަނީ މިފަދައިންނެވެ.

ތެވަރާޖަން އިތުރަށް ބުނިގޮތުގައި މި ވައިރަސް ޖެހިގެން މަރުވި މީހުންނަކީ އިތުރު ސިއްހީ މައްސަލަތައް ވެސް ހުރި މީހުން ކަމުން އޭގެ ދައުރެއްވެސް މަރާއި ގުޅިދާނެ ކަމެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ