އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 22/01/2020

އެއާޕޯޓުތަކުގައި ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރުން ވަރުގަދަ ކުރޭ: ޑރ. ނިޔާފް

ޗައިނާގެ ވުހާން ސިޓީގައި ފުރަތަމަ ފެތުރެން ފެށި ބަލީގައި މިހާތަނަށް ނުވަ މީހަކު، އެ ސިޓީން ވަނީ މަރުވެފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 22/01/2020

Novel Coronavirus Coronavirus Dr Abdulla Niyaf
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާއިން ފެނުނު ނޮވެލް ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަން ފަށާފައި ވާތީ، ރާއްޖެއަށް ބަލި އެތެރެވުމުގެ ފުރުސަތު އޮތުމުން، އެއާޕޯޓުތަކުގައި ބަލި ދެނެގަތުމަށް ސްކްރީން ކުރުމުގެ ކަންކަން ވަރުގަދަ ކުރަން ޖެހިފައިވާކަމަށް ޑރ. އަބްދުﷲ ނިޔާފް ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ވުހާން ސިޓީގައި ފުރަތަމަ ފެތުރެން ފެށި ބަލީގައި މިހާތަނަށް ނުވަ މީހަކު، އެ ސިޓީން ވަނީ މަރުވެފަ އެވެ. އަދި ޗައިނާގެ އެކި ސަރަހައްދުތަކުން އެ ވައިރަސްގެ ސަބަބުން ބަލިވި މީހުން ފެންނަލެއް ގިނަވުމުގެ އިތުރުން، އެމެރިކާ ފަދަ ބައެއް ގައުމުތަކަށް ވެސް މިހާރު ވަނީ ވައިރަސް ފޯރައިފަ އެވެ.

ނޭވާލާ ނިޒާމަށް އަސަރު ކުރުވާ، ނޮވެލް ކޮރޯނާ ވައިރަސްއިން ޖެހޭ މި ބަލި ޗައިނާގެ ހޫބޭ ޕްރޮވިންސުގެ ވުހާން ސިޓީގައި ފެތުރެން ފެށީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ. ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ވައިރަސްއަށް އަވަސް ބަދަލުތައް އައިސް އިތުރަށް ފެތުރުމުގެ ނުރައްކާ އެބަ އޮތެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗުއޯއިން މިހާރު ގެންދަނީ މިއީ ސިއްހީ ކުއްލި ހާލަތު އިއުލާންކުރަން ޖެހޭ ކަހަލަ ނުރައްކަލެއްތޯ ބަލަމުންނެވެ.

އެކި ގައުމުތަކުން މި ބަލި ފެންނަން ފެށުމާއެކު، ގިނަ ގައުމުތަކަކުން ވަނީ އެއާޕޯޓުތަކުގައި ބައްޔަށް ސްކްރީންކުރުމުގެ ކަންކަން ވަރުގަދަކޮށްފަ އެވެ. އަދި އެކަން ފާހަގަ ކުރައްވައި ޑރ. ނިޔާފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގިނަ ގައުމުތަކުން މިހާރު ފިޔަވަޅުތައް ވަރުގަދަކޮށް އެ ފިޔަވަޅުތައް އިއުލާންކޮށްފައިވާ ކަމަށެވެ.

ހަމައެހެންމެ މިހާރު ރާއްޖޭގައި ވެސް ފިޔަވަޅުތައް އަޅައި އެކަން ރަސްމީކޮށް އިއުލާން ކުރަން ޖެހޭ ވަގުތު އައިސްފައިވާ ކަމަށާއި، ފިޔަވަޅުތަކެއް އަޅައި ތަންފީޒު ކުރެވެމުންދާކަން ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށެވެ. 

ޑރ. ނިޔާފް އިތުރަށް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރުވެސް ހުމަށް ސްކްރީން ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި، އެ ސިސްޓަމް ބޭނުން ކުރަމުން އަންނަކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ