އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 01/10/2019

ނަފްސާނީ ބަލިތަކާއި ބެހޭ ކުރެހުމުގެ މައުރަޒެއް ބާއްވަނީ

އަހަރެންގެ ވިސްނުމުގެ ތެރެ - އަހަރެމެންގެ ވިސްނުމުގެ ރީތިކަން ކުރެހުންތެރިއެއްގެ ނަޒަރުން.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 01/10/2019

Mental Health
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އައި.ޖީ.އެމް.އެޗްގެ ސެންޓަރ ފޯ މެންޓަލް ހެލްތާއި މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްއާއި، ނެޝަނަލް ސެންޓަރ ފޯ ދަ އާރޓްސް އަދި ރޮޓަރީ ކްލަބް އޮފް މާލެ ގުޅިގެން ނަފްސާނީ ބަލިތަކާއި ބެހޭ ކުރެހުމުގެ މައުރަޒެއް ބާއްވަނީއެވެ.

މި މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހު 1 އަދި 2 ދުވަހު އާރޓް ގެލެރީގައެވެ. ހުޅުވޭ ގަޑިތަކަކީ 1 ވަނަ ދުވަހު ރޭގަނޑު 8-10 އަކަށެވެ. އަދި 2 ވަނަ ދުވަހު ހެނދުނު 9 އަކުން ހަވީރު 6 އަކަށް އަދި ރޭގަނޑު 9-10 އަކަށެވެ. 

މިމައުރަޒު ބަލައިލަން ބޭނުންވާ ހުރިހާ އުމުރުފުރައަކަށް ވަނުން މުޅިން ހިލޭއެވެ. އަދި ލައިވް މިއުޒިކްވެސް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

“In my mind” ނުވަތަ "އަހަރެންގެ ވިސްނުމުގެ ތެރެ" ނަމަކަށް ކިޔާ މިކުރެހުމުގެ މައުރަޒުގެ ބޭނުމަކީ އިންސާނާގެ ސިކުނޑީގެ ރީތިކަން ކުރެހުންތެރިއެއްގެ ނުވަތަ އާޓިސްޓެއްގެ ނަޒަރުން ދައްކާލުމެވެ. އުއްމީދަކީ މީގެ ސަބަބުން މިފަދަ ބަލިތަކަށް އޮންނަ ހޭލުންތެރިކަން އިތުރުވެ ނަފްސާނީ ބަލިތަކާއި މެދު މުޖުތަމައު ދެކޭގޮތް ބަދަލުވުމެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ކެޓެގަރީ ޞިއްޙަތާއި ދުޅަހެޔޮކަން
ޑިޕްރެޝަން ޖެހުމަށް މެދުވެރިވަނީ ކީއްވެ؟
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ