އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 29/11/2020

ޖަޕާނުގައި މިދިޔަ މަހު ކޮވިޑު ޖެހިގެން މަރުވި މީހުންނަށްވުރެ، އަމިއްލައަށް މަރުވި މީހުންގެ އަދަދު އިތުރު

ސިއްހީ މާހިރުން މީގެ ކުރިންވެސް ވަނީ ކޮވިޑް-19 ޕެންޑަމިކްގެ ސަބަބުން ނަފްސާނީ މައްސަލަތައް އިންތިހާއަށް އިތުރު ވެދާނޭ ކަމުގެ އިންޒާރު ދީފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 29/11/2020

Mental Health COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޖަޕާނުގެ ރައްޔިތެެއް ކަމަށްވާ ކޮބަޔާޝީ އެންމެ ފުރަތަމަ އަމިއްލައަށް މަރުވުމަށް މަސައްކަތް ކޮށްފައިވަނީ އުމުރުން 22 އަހަރުގަ އެެވެ. ސަބަބަކަށްވީ ފުލްޓައިމް ވަޒީފާއެއް އަދާކުރަމުންވެސް ކޮބަޔާޝީއަށް އޭނާ ދިރިއުޅޭ ތަނުގެ ކުއްޔާއި، ބިލްތައް އަދި އެހެނިހެން ހަރަދުތައް ހަމަނުޖެއްސުމެވެ. 

“އަހަރެން އޭރު ވަރަށް ފަޤީރު” އަމިއްލައަށް މަރުވާން މަސައްކަތްކޮށް، ހޮސްޕިޓަލްގައި 3 ދުވަސް ވަންދެން ހޭނާރާ އޮތް  ކޮބަޔާޝީ ބުންޏެވެ. 

މިހާރު އުމުރުން 43 އަހަރުވެފައިވާ ކޮބަޔާޝީ އަކީ ނަފްސާނީ ބަލިތަކާއި ގުޅޭގޮތުން ފޮތެއް ލިޔެ އަދި އެންޖީއޯއެއްގައި ރަނގަޅު ވަޒީފާއެއް އަދާކުރަމުންދާ އަންހެނެކެވެ. އެހެންނަމަވެސް ކޮރޯނާވައިރަސް ޕެންޑަމިކް އަނެއްކާވެސް ކޮބަޔާޝީ ގެނެސް ވައްޓާލީ ކުރީގެ ނަފްސާނީ އަނދަވަޅަށެވެ.

“އަހަރެންގެ މުސާރަ ކުޑަކޮށްފި. މިހާރު އަހަންނަށް އެއްވެސް އަލިމަގެއް ފެންނަން ނެތް ކަހަލަ”. އޭނާ ބުންޏެވެ.

ކޮބަޔާޝީ ބުނިގޮތުގައި އޭނާއަށް މިހާރު އަބަދުވެސް އިހްސާސްވަނީ މި ދުވަސްވަރުގެ ސަބަބުން އަނެއްކާވެސް އަހަރެން ކުރީގެ ފަގީރުކަމަށް ރުޖޫއަވާން އުޅޭ ފަދަ އިހްސާސެ ކަމަށެވެ.

ސިއްހީ މާހިރުން މީގެ ކުރިންވެސް ވަނީ ކޮވިޑް-19 ޕެންޑަމިކްގެ ސަބަބުން ނަފްސާނީ މައްސަލަތައް އިންތިހާއަށް އިތުރު ވެދާނޭ ކަމުގެ އިންޒާރު ދީފައެވެ. ސަބަބަކީ ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި، އިޖްތިމާއީ ގައިދުރުކަން ބަހައްޓަން ޖެހުމުގެ ސަބަބުން އެންޒައިޓީ އާއި ކުރިމަތިލާންޖެހޭ މީހުންގެ އަދަދު އިތުރުވުމެވެ.

އެގޮތުން ޖަޕާނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޤައުމުގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދަށްވުރެ، ހުސްވި އޮކްޓޫބަރު މަހު ތަފާތު ނަފްސާނީ މައްސަލަތަކުގައި އަމިއްލައަށް މަރުވި މީހުންގެ އަދަދު އިތުރެވެ. އޮކްޓޫބަރު މަހު އެކަނިވެސް އެޤައުމުން ވަނީ 2،153 މީހުން އަމިއްލައަށް މަރުވެފައެވެ. އެ ޤައުމުން ކޮވިޑު ޖެހިގެން މަރުވެފައި ވަނީ 2،087 މީހުންނެވެ.

ޖަޕާނުގެ ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުަގައި އެ ޤައުމުގައި ގިނައިން އަމިއްލައަށް މަރުވަނީ އަންހެނުންނެވެ. އަދި ދުނިޔޭގެ ސިއްހީ ޖަމިއްޔާގެ 2016 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖަޕާނުގެ ކޮންމެ އެއްލައްކަ މީހުންގެ ތެރެއިން 18.5 މީހުންނަކީ އަމިއްލއަށް މަރުވެފައިވާ މީހުންނެވެ. މި ލިސްޓުގެ ދެވަނާ ގައި އުޅެނީ ސައުތުކޮރެއާ އެވެ.

ޖަޕާނުން ގިނަ މީހުން އަމިއްލައަށް މަރުވުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ގިނައިރު މަސައްކަތް ކުރަން ޖެހުމާއި، ސްކޫލްގެ ޕްރެޝާ، ސޯޝަލް އައިސޮލޭޝަން، އަދި ޘަގާފީ ބައެއް މައްސަލަތަކެވެ. 

މިހާތަނަށް ހަދާފައިވާ ބައެއް ދިރާސާތަކުން ދައްކާގޮތުގައި ފިރިހެނުންނަށްވުރެ ނަފްސާނީ މައްސަލަތަކާއި ގުޅިގެން ރިޕޯޓުކުރާ އަންހެނުންގެ އަދަދު 27 އިންސައްތައަށް އިތުރެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ