އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 13/03/2020

ކޮރޯނާވައިރަސްގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރަށް ސަމާލުވުން މުހިއްމު

މީގެ ވާހަކަ ދެކެވެމުން އަންނަ އިރު ގިނަ ބަޔަކަށް ސަމާލުކަން ނުދެވޭ އެއް ކަމަކީ މިވައިރަސްގެ ސަބަބުން އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 13/03/2020

Mental Health Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްއަކީ ބާރުމިނެއްގައި ގިނަ ގައުމު ތަކުގައި ފެތުރެމުން އަންނަ ވައިރަސްއެކެވެ. އެކި ހިސާބު ތަކުގައި މި ވައިރަސްއިން ސަލާމަތްވުމަށް އެކި ފިޔަވަޅުތައް އަޅަމުން ދެއެވެ. 

މީގެ ވާހަކަ ދެކެވެމުން އަންނަ އިރު ގިނަ ބަޔަކަށް ސަމާލުކަން ނުދެވޭ އެއް ކަމަކީ މިވައިރަސްގެ ސަބަބުން އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރެވެ. ދުނިޔޭގައި ކަންތައްތައް ހިނގަމުންދާގޮތް ހަބަރު ތަކުންނާއި ސޯޝަލް މީޑިއާއިން ފެންނަން ފެށުމުން ބައެއް މީހުން ކަންބޮޑުވެ ހާސްވާން ފަށައެވެ.

މި ވައިރަސްގެ ސަބަބުން އެކި މީހުންނަށް ދިމާވެދާނެ ކަންކަމުގެ ވާހަކަ ދައްކަވަމުން ތިބާ ސައިކޮލޮޖީގައި މަސައްކަތް ކުރައްވަމުން އަންނަ ސައިކޮލޮޖިސްޓް އެއް ކަމަށްވާ ނަދާ ޝަރީފް ވިދާޅުވެފައިވަނީ މި ވައިރަސްގެ ސަބަބުން އެކި މީހުންނަށް އެކި ގޮތްގޮތަށް އަސަރު ކޮށްފާނެ ކަމަށެވެ. 

އެގޮތުން މި ވައިރަސް ފެތުރެމުންދާ ބާރުމިނުގެ ސަބަބުން ބިރުގަނެ، ސްޓްރެސް ވެދާނެއެވެ. ނުވަތަ ދެރަވެ، އެކި ކަންކަން ކުރާހިތް ނުވެދާނެއެވެ. 

އެކި ކަންކަމާ ރުޅި އާދެވި އުނދަގޫވެސް ވެދާނެއެވެ. އެންޒައިޓީ، ކަންބޮޑުވުން ނޫނީ އާންމުކޮށް ކޮންމެ ދުވަހަކު ކުރަމުން އަންނަ ކަންތައް ކުރަން އުނދަގޫވެދާނެއެވެ. ބޭރަށް ނުކުތުމަށާއި މީހުން ގިނަ ތަންތަނަށް ދާން ބިރު ގަނެ، މީހުންނާ ދުރުވެވިދާނެއެވެ.

މިފަދަ ކަންކަން ކުރިމަތިވަމުން ދާނަމަ ކަންކުރަންވީ ގޮތްވެސް ވަނީ ސައިކޮލޮޖިސްޓް ނަދާ ކިޔައިދެއްވާފައެވެ. އަމިއްލަ މީހާގެ އިހުސާސްތަކަށް ސަމާލުވެ، މީހުންނާ ހިއްސާކުރާށެވެ. ނުވަތަ، ޖާރނަލްއެއްގައި ލިޔުންވެސް ރަނގަޅުވާނެއެވެ. ދުޢާކޮށް، މެޑިޓޭޓް ކުރުމަކީ ވެސް މިހެން ހީވާނަމަ ކުރުން ރަނގަޅު ކަމެކެވެ. 

މީގެ މުހިންމު ކަމަކީ އަމިއްލައަށް ހީވަމުން އަންނަ އެއްޗެހި ގަބޫލުކޮށް އެކަން ރަނގަޅު ކުރަން މަސައްކަތް ކުރުމެވެ. ދުނިޔޭގައި ހިނގަމުންދާ މި ކަހަލަ ހާލަތްތަކުގައި މިފަދަ ހިޔާލުތައް އައުމަކީ އާންމު ކަމެކެވެ. 

މީގެ އިތުރުން އާއިލާއާއި ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކުރަންވެސް ނަދާ ވިދާޅުވިއެވެ. އަދި ކޮންމެ ދުވަހަކުވެސް ކަންތައްކުރާގޮތަށް ނުވަތަ ކޮންމެ ދުވަހެއްގެ ޑެއިލީ ރޫޓީން ކުރިއަށް ގެންދާށެވެ. 

ހަމައެއާއެކު މިފަދަ ދަނޑިވަޅެއްގައި ބިރު ނުގަނެ ހާސްނުވުމަށް ތެދު މައުލޫމާތު ހޯދުމަކީ މުހިންމު ކަމެއްކަންވެސް ފާހަގަ ކުރެއްވިއެވެ. އެގޮތުން މި ވައިރަސް އާއި ގުޅިގެން ތެދު މައުލޫމާތު ދެމުން އަންނަ ފަރާތްތަކުގެ ވާހަކަ ގަބޫލު ކުރުން މުހިންމު ވާނެއެވެ. 

ސޯޝަލް މީޑިއާއިން ލިބެމުންދާ މައުލޫމާތުތަކަށް ބުރަ ނުވާށެވެ. އަދި ސޯޝަލް މީޑިއާއިން ލިބޭ މައުލޫމާތުތައް ލިމިޓް ކުރާށެވެ. އަދި ދިރިއުޅުމުގައި ޕޮޒިޓިވް ކަންކަމަށް ވިސްނައިގެން އުޅުން މުހިންމު ވާނެއެވެ. 

މިކަންކަން ކުރުމަށްފަހު އިތުރަށް ގޯސްވާނަމަ އިތުރު އެހީ ހޯދުމަށްވެސް ސައިކޮލޮޖިސްޓް ނަދާ އިލްތިމާސް ކޮށްފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ