އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/01/2021

އިންޑިޔާއިން އުފެއްދި ކޮވިޑްޝީލްޑް ވެކްސިން ގިނަ ޤައުމުތަކަކަށް

އިންޑިއާއިން ބުނީ އެސްޓްރަޒެނެކާގެ އޮކްފޯރޑް ޔުނިވަރސިޓީ ކޮލަރބްރޭޓްވެފައިވާ މި ވެކްސިން ކުރިއަށް އޮތްތަނުގައި އިތުރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/01/2021

Vaccine
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ފަސް ޤައުމަކަށް ފޮނުވައިފިއެވެ.

އެގޮތުން އިންޑިޔާއިން ވަނީ މޮރިޝަސްއަށް އެއްލައްކަ ޑޯޒް، މިއަންމާއަށް 1.5 މިލިއަން ޑޯޒް، ސީޝެލްސްއަށް 50 ހާސް ޑޯޒް، ބްރެޒިލް އަދި މޮރޮކޯއަށް ދެ މިލިއަން ޑޯޒް ފޮނިވާފަ އެވެ.   އަދި ރާއްޖެއަށްވެސް ވަނީ މި ވެކްސިން ފޯރުކޮށްދީފަ އެވެ. ރާއްޖެއަކީ އެގައުމުން ވެކްސިން ފޮނުވި ފުރަތަމަ ގައުމެވެ.

އިންޑިއާއިން ބުނީ އެސްޓްރަޒެނެކާގެ އޮކްފޯރޑް ޔުނިވަރސިޓީ ކޮލަރބްރޭޓްވެފައިވާ މި ވެކްސިން ކުރިއަށް އޮތްތަނުގައި އިތުރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ.

އެސްޓްރަޒެނެކާގެ ވެކްސިންތައް އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ގިނަ ގައުމުތަކުގައި ވަނީ ދީފައެވެ. އެގޮތުން އިނގިރޭސިވިލާތް، ޕާކިސްތާން، ބްރެޒިލް އަދި މެކްސިކޯ ފަދަ ގައުމުތައް ހިމެނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ