އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 11/01/2021

އިނިރޭސިވިލާތުން ކޮވިޑް-19ގެ ތިންވަނަ ވެކްސިން ބަލައިގެންފި

އިނގިރޭސިވިލާތުން ވަނީ މޮޑަރނާ ވެކްސިނުގެ 17 މިލިޔަން ޑޯޒަށް މިހާރު ޕްރި-އޯޑަރ ދީފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 11/01/2021

Vaccine Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާ އިނގިރޭސިވިލާތުން ވައިރަހުގެ ތިންވަނަ ވެކްސިނެއް ބަލައިގެންފައިވާކަމަށް ބުނެފިއެވެ.

އިނގިރޭސިވިލާތުން މިފަހަރު ބަލައިގެންފައިވަނީ އެމެރިކާގެ މޮޑަރނާ ކުންފުނިން އުފައްދާފައިވާ ވެކްސިނެކެވެ. އަދި އަލަށް ބަލައިގަތް ވެކްސިނަކީ ފައިޒާ ވެކްސިނެކޭ އެއްގޮތަށް މަސައްކަތް ކުރާ ވެކްސިނެކެވެ. 

އިނގިރޭސިވިލާތުން ވަނީ މޮޑަރނާ ވެކްސިނުގެ 17 މިލިޔަން ޑޯޒަށް މިހާރު ޕްރި-އޯޑަރ ދީފައެވެ. އެހެންނަމަވެސް އޭގެތެރެއިން 10 މިލިޔަން ވެކްސިން ޑޯޒް ލިބޭނެ ތާރީހެއް އަދި ޔަގީން ނުވާކަމަށް އިނގިރޭސިވިލާތުން ވަނީ ބުނެފަ އެވެ.

މޮޑަރނާ އަކީ އެންމެފަހުން ފައިނަލް ޓްރަޔަލް ޑާޓާ ނިންމި ވެކްސިނެވެ. ކޮވިޑް-19އަށް އެތައް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިޔަށެވެ.

އިނގިރޭސިވިލާތުގައި މިހާރު ދެމުން ގެންދަނީ ފައިޒާ ވެކްސިނާއި، އަސްޓްރާޒެނެކާގެ ވެކްސިނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ