އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 26/08/2019

ނޭވާގެ ޒަރިއްޔާ އިން ނަފްސާނީ ބަލިތައް ފެތުރޭ ހެއްޔެވެ؟

ފަހުގެ ދިރާސާ ތަކުން ދައްކާ ގޮތު ގައި އެފަދަ ބަލިތަށް ދިމާވުމާ ވައިގެ ނުސާފުވުމާ ގުޅުން ތަކެއް ވާކަމަށް ފާހަގަވެއެވެ.
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 26/08/2019

Mental Health
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިންސާނާ ނޭވާލުމުގެ ސަބަބުން ނަފްސާނީ ބަލިތަކަށް މަގު ފަހިވެދާނެ ކަމަކީ ގަބޫލު ކުރަން ވަރަށް ދަތި ހިޔާލެކެވެ.  މިއީ ބޯދާ ވާހަކަ އޭ ބުނާ ނޭ މީހުން މަދެއް ނުވާނެއެވެ. އެހެން ނަމަވެސް ފަހުގެ ދިރާސާ ތަކުން ދައްކާ ގޮތު ގައި އެފަދަ ބަލިތަށް ދިމާވުމާ ވައިގެ ނުސާފުވުމާ ގުޅުން ތަކެއް ވާކަމަށް ފާހަގަވެއެވެ. ހާއްސަކޮށް ކުޑަ އިރު ނުސާފު ވައިގެ ތެރޭ ގިނަ ވަގުތު ހޭދަ ކޮށްފައި ވާނަމަ ސްކިޓްސޮފްރީނީއާ އަދި ޑިޕްރެށަން ޖެހުމުގެ ފުރުސަތު ބޮޑު ވާނެ ކަމަށް ވެސް މި ދިރާސާތަކުގެ އަލީގައި ފާހަގަވެއެވެ.

ނަފްސާނީ ބަލިމަޑުކަން ފެތުރުމުގައި ނުސާފު ވައި ކުޅޭ ރޯލު އިގެން އޮތީ އެމެރިކާގެ ޖަމިއްޔާ އެއް ކަމަށް ވާ އީ.ޕީ.އޭ އިންނެރުނު ބަޔާން ތަކަކުންނެވެ. ޑެންމާރކް ގެ ހޯދުން ތަކުން މިދެން ނެވި ބަލިމަޑުކަން އެންމެ ބޮޑަށް ފެނިގެން ދަނީ އިންސާނާ ގެ ހަޔާތުގެ ފުރަތަމަ ދިހަ އަހަރު ނުސާފު ވައިގެ ބޮޑު އަސަރެއް ކުރީމާކަމަށް އެނގެއެވެ. މިދިރާސާތައް ކޮށްފައިވަނީ 151 މިލިއަން އަށްވުރެ ގިނަ އަދަދެއް ގެ ހާދިސާ ތަކަކަށް އަދި 87 ތަފާތު ވަށްތަރުގެ ޓެސޓްތަކަކަށް ބިނާ ކޮއްފައެވެ.

މިދާއިރާގެ މާހިރެއް ކަމަށް ވާ އާތިފް ކާން މިކަމާދޭތެރޭ ވިދާޅުވެފައި ވަނީ އަޅުގަނޑު މެންގެ ތިމާވެށީގެ ސަބަބުން ދިމާވާ ނިއުރޯލޮޖިކަލް އަދި ސައިކިއެޓްރިކް ބަލިތައް ދެނަގަތުމަށް ވައިގެ ކޮލިޓީއާ ބެހޭ އިތުރު ދިރާސާ ކުރުން ވަރަށް މުހިންމު ކަމަށެވެ. މިއީ އަޅުގަނޑުމެންގެ ސަމާލުކަން ބޭނުންވާ ޒަމާނީ މައްސަލައެކެވެ. މިމައްސަލަ މިހާ މުހިންމު ވާން ދިމާވާ އަނެއް ސަބަބަކީ ދުނިޔޭގެ ފުށްޕާމޭކަމަށްވާ އެމަޒަން ޖަންގަލި ރޯވެގެން ދިޔަ ހިތާމަވެރި ހާދިސާ އެވެ.

ދިވެއްސެކަށް ވެހުރެ ދެން ކުރެވޭ ސުވާލަކީ އަޅުގަނޑުމެން ގެ ޤައުމު ފަދަ ޕޮލިއުށަން ގެ ލެވަލް ކުޑަ ޤައުމަކަށް މީގެސަބަބުން އަސަރުކުރަން ވީކީއްވެތޯއެވެ. މިފަދަ އަސަރުތަކެއް ކުރަން ވައިގެނުސާފުކަން ވަރަށް ބޮޑުތަން އިތުރުވާން ޖެހެއެވެ. ހިތާމައަކީ ވައިގެ ނުސާފު ކަމަކީ އޭގެ ޒާތުގައި ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް ފެތުރޭ އެއްޗެއް ކަމުގައި ވީ މައެވެ. ޗައިނާގެ ފެކްޓްރީތަކުން ނުކުންނަ ދުމުގެ އަސަރު އަޅުގަނޑު މެންނަށް ވެސް ކުރާނެއެވެ.

މި ދިރާސާތަކާ އިދިކޮޅަށް ވާހަކަ ދައްކާ ބައެއް މީހުން އެބައުޅެއެވެ. އެގޮތުން ޕްރޮފެސަރ ލޯނިޑިސް ވިދާޅުވާގޮތުގައި ޓެސްޓްތައް ނަގައިފައިވާ އަދަދު ގިނަ ނަމަވެސް ލިބިފައިވާ ނަތީޖާގައި ބައިވަރު ކުށް އެބަހުއްޓެވެ. މީގެ އިތުރުން ދިރާސާ އާ މެދު ޝައްކު އުފެދޭ ފަދަ ބައިވަރު ކަންތައްތްކެއްވެސް އެބަހުއްޓެވެ. އެހެންވީމާ މި ދިރާސާ އިތުރަށް ޓެސްޓް ކުރުމަށާއި ދިރާސާކުރަން ޖެހޭކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ނިންމާލަމުން ދަންނަވާލަން އޮތީ ކައިރި މުސްތަޤްބަލެއްގައި ނޭވާލުމަށް ވައި ފިލްޓާ ކުރާ އެއްޗެއް މޫނުމަތީގައި އަޅަން ނުޖެހުނުކަމުގައި ވިޔަސް މި މައްސަލަ އަކީ މުހިންމުކަން ދޭންޖެހޭ މައްސަލައެއްކަމެވެ. އަދި ނުދީފިނަމަ އޭގެ ހިތި ނަތީޖާ އަޅުގަނޑުމެން އެންމެން ތަޖުރިބާކުރަން ޖެހިދާނޭ މައްސަލައެއް ކަމަވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ކެޓެގަރީ ޞިއްޙަތާއި ދުޅަހެޔޮކަން
ޑިޕްރެޝަން ޖެހުމަށް މެދުވެރިވަނީ ކީއްވެ؟
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ