އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ދިވެހި ބޭސް
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 27/08/2019

ވިހިވަނަ ގަރުނު ދިވެހިރާއްޖޭގައި ޑިޕްރެޝަން

ވިހިވަނަ ގަރުނުގައި ޑިޕްރެޝަންއަށް ދިން އަހައްމިއްޔަތުކަމެއް މިައދު އަޅުގަނޑުމެންނަކަށް ނުދެވެއެވެ.
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 27/08/2019

Mental Health Depression
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިހާރުގެ މުޖުތަމައުގައި ނަފްސާނީ ބަލިތަކާމެދު ހިޔާލުތަފާތު ވުންތަކެއް އޮންނަކަމީ ގަބޫލުކުރަން ދަތި ކަމެއް ނޫނެވެ. ގިނަބަޔަކު މި ބަލިތަކަށް މުހިންމުކަން ނުދޭ މިޒަމާނުގައި، ވިހި ވަނަ ގަރުނުގައި ސިއްހީ އިދާރާ ތަކުން ޑިޕްރެޝަން މާ ނަކޮށް ފައިވާ ގޮތް ބަލާލާއިރު ވަރަށް ވެސް ޝައުގުވެރި ވާ ފިލާވަޅެއް ފެން ނަން އޮވެއެވެ. ގަބޫލުކުރަން ދަތި ނަމަވެސް ފެންނަން އޮތް ހަޤީޤަތަކީ އެޒަމާނުގައި މިބަލި ތަކަށް ދިވެހީން މުހިން މުކަމެއް ދީފައި ވާކަމެވެ. އެގޮތުން ބަލާލާ އިރު ދިވެހި ބޭހުގެ މާހިރެއް އަދި "ދިވެހި ބޭސް ވެރި ކަމަށް ހަދިޔާއެއް" މިފޮތުގެ ލިޔުންތެރިޔާ އަބްދުއްﷲ މަޖީދް މާހިރް ގެ ލިޔުން ތަކުން ލިބިގެންދާ އިލްމަށް ބިނާ ކޮށް މިބައްޔަށް އިތުރު މުހިންމުކަމެއް މިއަދުގެ މުޖްތަމައުގައި ދޭންޖެހެއެވެ.

ޒަމާނީ ސައިންސުގެ އެހީގައި ޑިޕްރެޝަން މާނަ ކުރަނީނަމަ އެއީ، އިންސާނާގެ ހަށިގަނޑު ގައި ހޯމޯންސް ހުން ނަން ޖެހޭމިން ވަރާ ހިލާފަށް ހުރުމުގެ ސަބަބުން އެމީހެއްގެ ހަށިގަނޑަށް ދިމާވާ "ކެމިކަލް އިންސްޓޭބިލިޓި އެކެވެ". މި ހޯމޯންސް ތަކުގެ ތެރެއިން އެންމެފާހަގަ ކޮށްލެވޭ ދެ ވައްތަރަކީ "ޑޯޕަމިން" އާއި "ސެރަޓޯނިން" އެވެ. މި ބަލީގެ ސަބަބުން ބަލިމީހާއަށް ހިތާމަވެރި ވިސްނުންތަކެއްގެ ހިޔާލުކުރެވުމުގެ އިތުރުން އުޅުމަށް އަންނަ ބަދަލުތައް ފާހަގަ ވެގެން ދެއެވެ. މިބައްޔަށް އާންމުގޮތެއް ގައި ދޭ ފަރުވާ އަކީ ސާރމޮންޓިލް ފަދަ "އެންޓިޑިޕްރެސެންސް" އެވެ.

ނަމަވެސް ލިޔުންތެރިޔާ މަޖީދް ގެ ދުލުން ޑިޕްރެޝަން މާނަކުރެވިފައިވަނީ ޅެންވެރިޔެއްގެ ބަސްތަކުންނެވެ. އެގުތުން ޑިޕރެޝަން ގެ ފުރިހަމަ މާނަނެގެނީ "މެލެންކޯލިޔާ" މިބަހުން ކަމައް މަޖީދް ވިދާޅުވެ އެވެ. "މެލެން" ގެ އަސްލީމާނަ ކަޅު ކަމަށް ވާ އިރު "ކޯލިޔާ" ގެ މާނަ އަކީ "ފޮތިގަނޑެއް" ކަމަށް ވެއެވެ. ދެބަސް އެއްކޮށް ލުމުން ލިބޭ ކަޅުފޮތިގަނޑަކީ ބަލިމީހާ އޭނާގެ ހިޔާލުތައް އަނދިރި ކޮށްލާ ވަސީލަތް ކަމަށް އެބޭފުޅާ ވިދާޅުވެއެވެ.

އެޒަމާނުގައި ޑިޕްރެޝަންއށް އެކިގޮތް ގޮތުން ފަރު ވާކުރަމުން އައިރު ސިހުރާއި ފައިތް ޕިލާވެއްޔަކީ މައިގަނޑު ދެ ގޮތެވެ. އެގޮތުން ފާހަގަކޮށް ލެވޭ އެއް ފަރުވާ އަކީ ޒައްގޫމް ގެ ފަތެވެ. ޒައްގޫމަކީ ގިނަމީހުން އަޑުއަހާފައިވާ އޯޕިއަމް ޕޮޕީގެ އާއިލާގެ ބާވަތެކެވެ. ޒައްގޫމް ގަހުގެ ފަތް ކެއްކުމަށްފަހު ރީނދޫގުޅަ ތަކަކަށް ހަދަނީއެވެ. އެއަށްފަހު އެއްގުޅަ ކަނީ ވާރޭފެން ނުވަތަ ހޫނު ކިރު ފޮދަކާ އެކީ އެވެ. މިއީގަބޫލުކުރަން ދަތި ހައްލެއް ކަމުގައިވީނަމަވެސް އޭގެ ފަހަތުގައި އިލްމެއްވެއެވެ. ޒައްގޫމް އަކީ ތަދުމަޑު ކުރުމުގެ ބާރުގެ އިތުރުން "ތެރަޕިއުޓިކް" ބާރެއް ލިބިފައިވާ ގަހެކެވެ. ސަބަބަކީ އެގަހުގައި "ސެންގުއިނަރިން" ކިޔާމާއްދާ އެއް ވާތީއެވެ.

ކަން މިހެން ހުރިނަމަވެސް އޭރާއި މިހާރުގެ ބޭސް ވެރިން އެއްބަސް ވާކަމަކީ ޑިޕްރެޝަން ގެ ފަރުވާގެ އެންމެ މުހިންމު ނުކުތާ އަކީ ފުރަތަމައިނުން ތިމާ އަކީ ބަލި މީހެއް ކަން އަމިއްލައަށްގަބޫލުކުރުމެވެ. 

 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ކެޓެގަރީ ޞިއްޙަތާއި ދުޅަހެޔޮކަން
ޑިޕްރެޝަން ޖެހުމަށް މެދުވެރިވަނީ ކީއްވެ؟
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ