އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޞިއްޙަތާއި ދުޅަހެޔޮކަން
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 26/08/2019

ލޮލަށް އެއްޗެއް ވަދެއްޖެ ނަމަ ކަންތައް ކުރާނީ ކިހިނެއް؟

އަޅުގަނޑުމެން އެންމެންނަށްވެސް އެތަކެއް ފަހަރު ދިމާވެފައިވާ ކަމެކެވެ. ނަމަވެސް ލޮލަށް ވަންނަ އެއްޗެއް ނަގަން އޮންނަ އެންމެ ރަގަނޅު ގޮތަކީ ކޮބަ؟
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 26/08/2019

DhulhaHeyoSihhathu Eye Care
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއީ އަޅުގަނޑުމެން އެންމެންވެސް ތަޖުރިބާ ކޮށްފައިވާ ކަމެކެވެ. ލޮލަށް އެއްޗެއް ވަނުމާއެކު، ލޮލުން ފެން އައިސް ލޯ ކަހަން ފެށޭނެއެވެ. އަދި ގިނަގިނައިން އެސްފިޔަޖަހާ އެއެއްޗެއް ބޭރުކުރެވޭތޯ މަސައްކަތް ކުރެވެއެވެ. އަދި މިކަމުންވެސް ރަނގަޅު ނުވިއްޔާ އިނގިލިތައް ލޮލަށް ބާނައިގެން ވިއަސް ހައްލެއް ހޯދާނެއެވެ. 

އެހެންނަމަވެސް ސިއްހީ ގޮތުން އެންމެ ރަގަނޅު ގޮތަކީ މިއީތޯ؟

ލޮލަށް ވެއްޓޭ އެއްޗެއް ބޭރުކުރުމަށްޓަކައި ގުދުރަތީ ގޮތުން ލޯ ރައްކާތެރިކޮށްދޭ ނިޒާމަކީ ކަރުނައެވެ. ގިނަފަހަރަށް އެގޮތަށް ވެއްޓޭ އެއްޗެއް ކަރުނަ އާއި އެކީ ބޭރުވެއެވެ. އެހެންނަމަވެސް ބޭރު ނުވާ ހާލަތެއްގައި ކަންތައް ކުރަން ޖެހޭ ގޮތް ތިރީގައި ބަޔާން ކުރެވިފައިވާނެއެވެ.

 

ލޯ ނުއުނގުޅާ އަދި ލޮލަށް އެއްޗެއް ނުކޮއްޕާ

ލޮލުތެރޭގައި އެއްޗެއް އޮއްވާ ލޯ އުނގުޅުމުގެ ސަބަބުން ލޮލުގެ އެންމެ ބޭރު ފަށަލައިގައި ކޫރުމެއް އަޅުން ގާތެވެ. މި ފަށަލައަށް ކިޔަނީ ކޯނިޔާ (cornea) އެވެ. ކޫރުމެއްގެ ސަބަބުން ލޮލުގައި ރިއްސާ، އުނދަގޫ އިހުސާސްވެ، ރަތްވުން އަދި އައްޔަށް ސެންސިޓިވް ވުން ހިމެނެއެވެ.

ބައެއް މީހުން ލޮލަށް ވަންނަ އެއްޗެއް ނެގުމަށްޓަކައި ކަފަބުރު އަދި ޓްވީޒާ ބޭނުންކުރެއެވެ. މިފަދަ އެއްޗެހި ބޭނުން ނުކުރާށެވެ. އަދި ޓްވީޒާގެ ސަބަބުން ކޫރުމެއްވެސް އެޅިދާނެއެވެ.

މީގެ އިތުރުން، ބޮނބިނަރު ފަދަ ތަކެތި ބޭނުން ނުކުރުންވެސް މުހިއްމެވެ. ސަބަބަކީ އޭގައި ހުރެދާނެ ޖަރާސީމެއްގެ ސަބަބުން އިންފެކްޝަންއެއް ދިމާވެދާނެތީވެއެވެ.

އަދި ކޮންޓެކްޓް ލެންސް ލައްވާ މީހުން، މިއެއްޗެހި އަވަހަށް ނެގުން ވެސް މުހިއްމެވެ.

 

އަތްދޮވުން

ދިރާސާތައް ދައްކާ ގޮތުގައި 3000 އަށް ވުރެ ގިނަ ޖަރާސީމް އަތުގައި ހުރެއެވެ. ލޮލު ތެރޭގައި އަތް ނުދޮވެ އަތް ލުމުން އިންފެކްޝަންއެއް ޖެހިދާނެއެވެ. އިންފެކްޝަންގެ ބައެއް ނިޝާންތަކަކީ ލޯ ރަތްވުމާއި، ދުޅަވުމާއި، ކެހުމެވެ.

އެހެންކަމުން ސައިބޯނި ލައިގެން އަތް ރަގަނޅަށް ދޮވުން މުހިއްމެވެ.

 

ލޮލު ތެރެ ރަގަނޅަށް ބެލުން

ލޮލަށް ވެއްޓޭ އެއްޗެއް އޮތީ ކޮންތާކުތޯ ރަނގަޅަށް ބަލަން ވާނެއެވެ. އޭރުން އެއެއްޗެއް ނަގަން ފަސޭހަ ވާނެއެވެ. 

ލޯގަނޑު ކުރިމަތީގައި ހުއްޓިހުރެ ލޯ ރަގަނޅަށް ހުޅުވާލާށެވެ. ކަނާތް ފަރާތަށާއި ވާތް ފަރާތަށް ކަޅި ހިންގާލާށެވެ. އަދި މައްޗަށާއި ތިރިއަށްވެސް ކަޅި ހިންގާލާށެވެ. 

މިއަށްފަހުވެސް އެއެއްޗެއް ނުފެންނަ ކަމުގައި ވަނީ ނަމަ، ދެން އެއެތި އޮތުން އެންމެ ގާތީ ލޮލުގެ މަތީ ބޮނޑި ނޫނީ ތިރީ ބޮނޑިގެ ދަށުގައެވެ.

ލޮލަށް ވެއްޓޭ އެއްޗެއް ހޯދަން އުނދަގޫ ވާނަމަ އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ. ފަހަރުގައި އެއްޗެއް ވެއްޓިފައި ނެތި ހިނގައިދާނެއެވެ. ލޯ ހިކުމުގެ ސަބަބުން އެއްޗެއް ލޮލު ތެރޭ އުޅޭކަމުގެ އިހުސާސް ވާނެއެވެ. ޑޮކްޓަރު ރަނގަޅަށް ބަލާފައި ކިޔައިދޭނެއެވެ.

 

ކުޑަ ކުޑަ އެއްޗެއް ނަމަ އަމިއްލައަށް ނަގާ

ލޮލަށް ވަންނަ އެއްޗަކީ ކުނޑި ކޮޅެއް، މޭކަޕް ކޮޅެއް ނުވަތަ އެސްފިޔައަކަށް ވެސް ވެދާނެއެވެ. މިފަދަ ހާލަތުގައި އަމިއްލައަށް އެއެއްޗެއް ނެގޭތޯ މަސައްކަތްކުރެވޭނެއެވެ.

މިގޮތުން އެންމެ މޮޅު ގޮތަކީ ލޯ ދޮވެލުމެވެ. ބޯތައްޓަކަށް ފެން އެޅުމަށްފަހު ފެނުގެ ކައިރިފަށާއި ލޯ ހަމަކޮށްލާށެވެ. އެއަށް ފަހު ލޯ މަރާ ހުޅުވާލާށެވެ. އޭރުން ލޮލުތެރޭ އުޅޭ އެތި ނުކުންނާނެއެވެ.

މިގޮތުންވެސް ބޭރުނުވާ ކަމުގައި ވަނީ ނަމަ އިސްކުރުން އަންނަ ފެނާއި ލޯ ކައިރި ކޮއްލާ ދޮވެލާށެވެ. ނުވަތަ ތާފަނާ ފެނުން ލޯ ދޮންނާށެވެ.

 

ބޭރުނުކުރެވޭ ހާލަތެއްގައި ނުވަތަ ބޮޑު އެއްޗެއްނަމަ ވަގުތުން ސިއްހީ ފަރުވާ ހޯދާ

ލޮލަށް ވަންނަ އެއްޗެއް ބޭރުނުކުރެވޭނަމަ ނުވަތަ ލޮލުގެ ފެނުން ފަނޑުވާ ނަމަ ވަގުތުން ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ. މީގެ އިތުރުން ލޮލަށް ވަންނަ އެތި ބޭރުކުރާތާ 30 މިނަޓު ހަމަވުމަށްފަހު ލޮލުގައި ރިއްސާ، އުނދަގޫ ވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.

ލޮލުގެ ބޭރު ފަށަލަ ކަމުގައިވާ ކޯނިޔާއަށް ވަދެފައިވާ އެއްޗެއްނަމަ އަމިއްލައަށް ނަގަން ނޫޅެއްޗެވެ. އެފަދަ ކަމެއް ކުރަނިކޮށް އިތުރު ޒަހަމްތަކެއް ވުން ގާތެވެ.

ލޮލަށް އެއްޗެއް މިއަށް ވުރެ ފުންކޮށް ވަނުންވެސް އެކަށީގެންވެއެވެ. އެއީ ކޯނިޔާ އަދި ރެޓީނާ އާއި ދެމެދުއެވެ. ލޮލަށް ވަންނަ އެއްޗަކަށް ބަލާފައި ޑޮކްޓަރު ޓެސްޓާއި ސްކޭން ހައްދަން ހަވާލުކުރާނެއެވެ. އެއީ ލޮލަށް ވަން އެތި އޮތް ތަން ޔަގީންކުރާށެވެ.

ފުންކޮށް ލޮލަށް ވަންނަ އެއްޗެއްގެ ސަބަބުން އައިބެއްވުން އެކަށީގެންވެއެވެ. މިފަދަ އެއްޗެހި ލޮލުން ނަގާނީ ވިޓްރިއޯ ރެޓީނަލް ސަރޖަން އެކެވެ. މި އޮޕަރޭޝަންއަކީ އަގުބޮޑު އޮޕަރޭޝަންއެކެވެ. މިހެންކަމުން ގެއްލުމެއް ލިބުން ގާތް މަސައްކަތްކުރާ މީހުން ސަލާމަތީ ފިޔަވަޅު އެޅުން ވަރަށް މުހިއްމެވެ.

މިލިޔުން ބަލާ ފާސް ކޮށްފައިވަނީ ޑރ. އަބްދުﷲ ޖުނައިދް (ލޮލުގެ ހާއްސަ ޑޮކްޓަރ)

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ކެޓެގަރީ ޞިއްޙަތާއި ދުޅަހެޔޮކަން
ޑިޕްރެޝަން ޖެހުމަށް މެދުވެރިވަނީ ކީއްވެ؟
ކެޓެގަރީ ޞިއްޙަތާއި ދުޅަހެޔޮކަން
ރޯދަ ހިފުމުގެ ސަބަބުން ލިބޭ ޞިއްޙީ ފައިދާތައް
ކެޓެގަރީ ޞިއްޙަތާއި ދުޅަހެޔޮކަން
ޑެންގީ ހުމުގެ ބިރުން ސަލާމަތްވުން
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ