އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޞިއްޙަތާއި ދުޅަހެޔޮކަން
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 22/09/2019

ރޯދަ ހިފުމުގެ ސަބަބުން ލިބޭ ޞިއްޙީ ފައިދާތައް

މުސްލމުންނަކީ ގިނަގިނައިން ރޯދަ ހިފާ ބައެކެވެ. ރީސަރޗްއިން ދައްކާ ގޮތުގައި ރޯދަ ހިފުމުގެ ސަބަބުން ބައިވަރު ފައިދާތަކެއް އެކުލެވިގެނެަ ވެއެވެ.
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 22/09/2019

DhulhaHeyoSihhathu Fasting Dr Asima Ahmed
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރޯދަ ހިފުމަކީ އިސްލާމް ދީނުގެ 5 ޝަރުތުތަކުގެ ތެރެއިން ޝަރުތަކަށް ވާތީވެ އެއީ މުސްލިމުން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. ރޯދަ މަހުގައި ރޯދަޔަށް ހުރުމަކީ އެންމެ މުހިއްމު އެއް ފަރުޟެވެ. ފަތިހުގެ ބަންގިން ފެށިގެން އިރުއޮއްސެންދެން ކެއުން ބުއިމުންނާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ޖިމާޢުވުން ފަދަ ކަންކަމުން ދުރުވެހުރުމަކީ މުސްލިމުން ރޯދައަށް ހުރުމުގެ މައިގަނޑު އުސޫލެވެ. މުސްލިމުން މިގޮތަށް ރޯދަ ހިފާތާ 1400 އަހަރަށް ވުރެ ގިނަ އަހަރުވެއްޖެއެވެ. މިކަމުގެ ސަބަބުން އެމީހެއްގެ އީމާންކަން ރަނގަޅުވެ އަދި ހަށިގަނޑަށް އެތަށް ފައިދާ ތަކެއް ލިބެއެވެ. ރޯދަ ހިފުމުން ސިއްޙީގޮތުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. އަދި މިކަންކަމަށް ހެކިދޭ ސައެންސްގެ ސަބަބުން ގިނަ ގިނައިން ރޯދަ ހިފުމަށް އިތުރަށް ޝައުގުވެރިކަމެއް ލިބިދާނެއެވެ.

ސިކުނޑީގެ މަސައްކަތް ރަނގަޅުވުން

ރޯދައަށް ހުރުމުގެ ސަބަބުން ސިކުނޑި އާއި މުޅި ހަށިގަނޑަށް ފައިދާ ކުރެ އެވެ. "ބްރެއިން-ޑިރައިވްޑް ނިއުރޮޓްރޮފިކް ފެކްޓަރ" (ބީ.ޑީ.އެން.އެފް) އަކީ ރޯދައާއި ގުޅިގެން އަންނަ ބަދަލުތައް ގެނުވައިދޭ އެއްޗެވެ. އެއީ ކެއުމުގެ ދެމެދުގައި ނުކައި ގިނަ ވަގުތުތަކެއް ވާތީ މިފެކްޓަރ ނުވަތަ ޕްރޮޓީން ހަރަކާތް ކުރަން ފަށާތީވެއެވެ. ބީ.ޑީ.އެން.އެފް އިންނާނީ ސިކުނޑީގެ ކެއުން ބުއިން އަދި ބަރުދަން ކޮންޓްރޯލް ކުރާ ތަންތާނގައެވެ. ބީ.ޑީ.އެން.އެފްގެ ސަބަބުން ސިކުނޑީގައި ހުންނަ ސްޓެމް ސެލްތައް އެކްޓިވޭޓް ވެ، އެސެލްތައް ސިކުނޑިއާއި ގުޅިފައިވާ ނާރުތައް ބަދަލުވުމަށް އެހީވެ އެ ނާރުތައް ރަނގަޅަށް ބޮޑުވުމަށް އެހީވެދޭ ބައެކެވެ. މިފެކްޓަރ ނުވަތަ ޕްރޮޓީން އަކީ ދެ ނާރު ގުޅުވައިދޭ "ސިނެޕްސް" ވެސް އެކްޓިވޭޓްކޮށްދޭ ބައެކެވެ. މި އެކްޓިވޭޓް ކުރުން ތަކުގެ ސަބަބުން ބީ.ޑީ.އެން.އެފް އެއަށް ފަރިތަވެފައި އެކަމަށް މޮޅުވުމަކީ އުނގެނުމާއި ހަނދާން ގަދަވުމުގެ ސިއްރެވެ. އާނމު ގޮތަކަށް ބުނާނަމަ، ސިކުނޑީގެ "ބޭސިކް ބިލްޑިން ބުލޮކްސް" އުފެދިގެން އަންނަނީ އަދި ސިކުނޑީގެ ބައިބައި އައުވަނީ ބީ.ޑީ.އެން.އެފް ގެ ސަބަބުންނެވެ. މީގެ އިތުރުން، އަލްޒައިމަރ އަދި ޕާކިންސަންގެ ބަލިތަކުން ބީ.ޑީ.އެން.އެފް ރައްކާތެރިކޮއްދެއެވެ.

ހަނދާން ގަދަކުރުވައިދޭ އަދި ސިކުނޑީގެ ބަލިތަކުންނާއި ސްޓްރޯކް ޖެހުމަށް ފަހު ހަށިގަނޑު ގަދަކޮށްދިނުމުގެ ގާބިލުކަން ރޯދަހިފުމުގައި ހުރިކަން 2015ގެ ސޮސައިޓީ ފޯ ނިއުރޯސައެންސްގެ ބައްދަލުވުމެއްގައި ދެއްކި ދިރާސާއަކުން އެނގައިދެއެވެ. އެއީ ނާރުތައް ބޮޑަށް އުފެދުމަށް މަގުފަހި ކޮއްދޭތީވެއެވެ. އަދި މިކަމަށް ހެކިދޭ އެހެން ދިރާސާތަކެއްވެސް މިހާތަނަށް އެކުލަވާފައިވެއެވެ. 

ހިތުގެ ބަލިތައް

ދުނިޔޭގެ އާބާދީގެ ނިސްބަތުން 31.5% މަރުގެ ސަބަބަކީ ހިތުގެ ބައްޔެވެ. ރޯދަ ހިފުމަކީ ހިތުގެ ބަލިން ސަލާމަތް ކޮށްދޭ ކަމެކެވެ. އިލިނޮއިސްގެ ޔުނިވަރސިޓީގައި ކުރި ދިރާސާ އަކުން ދައްކައިދޭ ގޮތުގައި 8 ހަފްތާ ވަންދެން ދެދުވަހުން އެއްދުވަހު ރޯދައަށް ހުރުމުން "ގޯސް" އެލް.ޑީ.އެލް ކޮލެސްޓޮރޯލް 25% އަށް ތިރިވެ ލޭގެ ފެޓް (ޓްރައި ގްލީސެރައިޑް)ގެ އަދަދު 35% އަށް ތިރިވެއެވެ. އެހެން ދިރާސާ އަކުން ދައްކައިދޭ ގޮތުގައި ބަރުދަން އިންތިހާއަށް އިތުރު ވެފައިވާ ބޮޑެތިމީހުން 3 ދުވަހަށް ރޯދައަށް ހުރުމުން ލޭގެ ޕްރެޝަރާއި، ލޭގެ ފެޓް (ޓްރައި ގްލީސެރައިޑް)ގެ އަދަދާއި، ކޮލެސްޓެރޯލް އަދި "ގޯސް" އެލް.ޑީ.އެލް ކޮލެސްޓޮރޯލް މަދުވެއެވެ.

މީގެއިތުރުން، 2001 ވަނަ އަހަރު އެމެރިކާގެ ޔޫޓާގެ ދިގު ދިރާސާއެއްގައި ރޯދަ ހިފާ މީހުންގެ ހަކުރު ބަލީގެ ރިސްކު ދައްވެފައިވާކަމުގެ އަލާމާތެއް ފެންނަކަމަށް ބުނިއެވެ.

ހަން ރަނގަޅުވެ އައުވުން

ހަށިގަނޑަށް އެންމެ ރަނގަޅުގޮތަށް ރޯދައަށް ހުރުމަކީ ހަމަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްދޭ ކަމެކެވެ. ރީސާޗަރުން ރިޕޯޓުކުރާ އައު ރިޕޯޓުތަކުން ދައްކައިދޭ ގޮތުގައި، ކެލޮރީ މަދު ކުރުމުގެ ސަބަބުން ހަމުގެ ސެލްތައް ބަދަލުވެއެވެ. ރޯދައަށް ހުރުމުގެ ސަބަބުން ބަނޑުގެ "މައިކްރޯ ބައޮމް"، އެއީ ހަށިގަނޑުގެ ބައެއް ތަންތަނުން ދުޅުކަން އުފައްދާ، އައުވެފައި މި ދުޅަކަން އަފެދޭ ނިޒާމު ކުޑަކުރެއެވެ. ހަން މުސްކުޅިވުން އަދި މިހި އުފެދުމަކީ ހަން ދުޅަވުމުގެ ދަށުން އަންނަ ކަންކަމެވެ. މީގެއިތުރުން، ރޯދަޔަށް ހުރުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ހަކަތަ ގެންދާނީ ގޮހޮރުގެ ބަދަލުގައި މޭ، ގުރުދާ (ކިޑްނީ) އަދި ހަންފަދަ އެހެން ގުނަވަންތަކަށެވެ. މީގެ ސަބަބުން ހަމުގެ ސެލްތަކުގެ ތެރެއިން ކުރީގެ ސެލްތައް ހަލާކުލޮއްފައި އައު ސެލް ހެފުމަށް މަގުފަހިވެ އަވަހަށް ލަކުނު ފިލަން މެދުވެރިވެ. ހަން ރީތިކޮށްހުރެއެވެ.

ދިފާއީ ނިޒާމް ވަރުގަދަވުން

ދިފާއީ ނިޒާމަކީ ހަށިގަނޑަށް ރައްކާތެރިކަން ގެނެސްދޭ ސިސްޓަމެވެ. އެއީ އަނިޔާވެރި ބެކްޓީރިއާ އަދި ބަލިތަކުން ދިފާޢުކޮއްދޭ ސިސްޓަމެވެ. މީގެ އެންމެ ބޮޑު ރޯލެއް އަދާ ކުރަނީ ލޭގެ ހުދު ސެލް އެވެ. ރޯދަ ހިފުމުގެ ސަބަބުން ހަށިގނޑު ގިނައިން ހުދު ސެލް އުފައްދައެވެ. ޔޫ.އެސް.ސީ. ލޯންޖިވިޓީ އިންސްޓިޓިއުޓް ގައި ކުރި ދިރާސާއަކުން ބުނެފައިވަނީ ތިން ދުވަހުގައި ރޯދަޔަށް ހުރުމުގެ ސަބަބުން މުޅި އިމިއުން ސިސްޓަމް އެއްކޮއް އައުކުރުވައެވެ. މީގެއިތުރުން ކެންސަރ ސެލް މަދުކޮށްދީ ދުޅަކުޑަކޮށްދެއެވެ. 

ނިންމުން

ރޯދައަށް ހުރުމަކީ ގިނަ ފައިދާތަކެއްވާ ކަމެކެވެ. މީގެތެރެއިން ސިއްހީ ގޮތުން ބައިވަރު ފައިދާވެސް ހިމެނެއެވެ. މީގެ ސަބަބުން ރޯދަ ހިފުމުގައި ގިނަ ޕޮޓެންޝަލްއެއް ހުރުމުން އެއީ ނަގަން ވާނެ މުހިއްމު ފިޔަވަޅެކެވެ. މިހެންކަމުން ޑޮކްޓަރުންގެ ލަފާ އާއިއެކު ގިނަ ގިނައިން ރޯދަ ހުފުމުގެ ދިރިއުޅުމެއް ފަށަމާތޯއެވެ.

މިލިއުން ބަލާ ފާސް ކުރެއްވީ ޑރ. އާސިމާ އަހްމަދު (އެމް.ޑީ)

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ކެޓެގަރީ ޞިއްޙަތާއި ދުޅަހެޔޮކަން
ޑިޕްރެޝަން ޖެހުމަށް މެދުވެރިވަނީ ކީއްވެ؟
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ