އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 02/09/2019

ޓްރެންޑް އަކުން ބިރަކަށް: ވޭޕް ކުރުން

ވޭޕް ކުރުން ދެކެވިފައިވަނީ ސިގިރޭޓު ބުއިމުން ދުރުކޮށްދޭ ކަމެއްގެ ގޮތުގައެވެ. އެހެންނަމަވެސް ވޭޕް ކުރުމުގެ ސަބަބުން މީހަކު މަރުވުމުން އެއާމެދު މީހުން ދެކޭނީ ކިހިނެއްތޯއެވެ؟
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 02/09/2019

Vaping Respiratory Illness
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ވޭޕްކުރުމަކީ އާކަމެއް ނޫނެވެ. މިއީ ފަހުގެ ޖީލު ޝައުގުވެރި ކުރުވައިފައި ވާކަމެކެވެ. ސަބަބަކީ މިއީ އާންމު ސިގިރޭޓުގެ ބިރުވެރިކަމުން ސަލާމަތް ކޮށްދޭ ކަމަކަށް ވާތީއޭ ބުނާއަޑުއަހަމެވެ. އެމެރިކާގައި އެކަނި ވެސް އަހަރަކު 480،000 މީހުން ސިގިރޭޓުގެ ސަބަބުން މަރުވެއެވެ. މީގެތެރެއިން 41،000 މީހުންނަކީ ސެކަންޑް ހޭންޑް ސޯމޯކަރސް އެވެ. ނުވަތަ ސީދާ ސިގިރޭޓު ނުބުޔަސް އޭގެ ދުން ބޮވިފައި ވާމީހުންނެވެ. އީ-ސިގިރޭޓު ނުވަތަ ވޭޕް މަޝްހޫރު ވާން ދިމާވި މައިގަނޑު ސަބަބަކީ މީގެ ކުރިން ވޭޕް ކޮށްގެން އެއްވެސް މީހަކުމަރުވެފައި ނުވާތީއެވެ. ނަމަވެސް މި އޮގަސްޓް މަހު އިލިނޮއިސް ޑިޕާރޓްމެންޓް އޮފް ޕަބްލިކް ހެލްތް އިން ބުނެފައިވަނީ އެމަހުގައި މީހަކު ވޭޕްކޮށްގެން ނޭވާލުމުގެ ނިޒާމަށް ލިބުނު ގެއްލުން ތަކެއްގެ ސަބަބުން އެޑްމިޓް ކޮށްފައި ވާކަމަށެވެ. އަދި މީނާ ވަނީ ނިޔާވެފައި ކަމަށް ބަޔާނުގައިވެއެވެ.

ކަމާގުޅޭ އިތުރު މަލޫމާތެއް ލިބިފައި ނުވާއިރު އެނގެން އޮތް އެއްޗަކީ މިޕޭޝަންޓްއަކީ މީގެކުރިން ވޭޕްކުރުމުގެ ސަބަބުން އެއަވަށުގައި އެޑްމިޓްކުރި 215 މީހުން ގެ ތެރެއިން އެކަކުކަމެވެ. ބޭނުން ކޮށްފައި ވާ ވޭޕް ތަކަކީ މޮޑިފައި ނުވަތަ ބަދަލުތަކެއް ގެނެވިފައި ވާއަދި ވޭޕް ފްލުއިޑް ނޫން ސީ.ބީ.ޑީ އަދި ޓީ.އެޗް.ސީ ފަދަ އެއްޗިހި ބޭނުންކޮށް ފައި ވާކަމަށް ކަމާބެހޭފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. ނޭވާލާން އުނދަގޫވެ، ހޮޑުލުމާއި، ހުން އަދި ވަރުބަލި ވުމަކީ ޕޭޝަންޓުގެ ފަރާތުން ފެންނަން ހުރި ބައެއް ކަންކަމެވެ. އެ 215 މީހުން ތެރޭގައި އުޅެނީ ވިހި އަހަރުން މަތީގެ މީހުންނެވެ. މިފަދައިން ކުއްލިއަކަށް އެހާގިނަމީހުން ބަލިވުމުން ޑޮކްޓަރުން ހައިރާން ވެފައި ވާއިރު ވޭޕްކުރާނަމަ އެއާއެކީ އިތުރު ބާވަތްތުކެގެ އެއްޗިއްސާއި ބައިތައް ބޭނުން ނުކުރުމަށް އެމީހުން ލަފާދެއެވެ.

މިއީ ވޭޕްކޮށްގެން ދިމާވި ފުރަތަމަ މަރުގެ ހާދިސާއަށް ވީއިރު މި މަރުގެ ފަހަތުގައި ވަނީ ސީދާ ވޭޕްކުރުމޭ ބުނަން ދައްޗެވެ. އެހެންނަމަވެސް މިދަންނަވަނީ ވޭޕިން އަކީ އޭގެ ފަހަތުގައި ބިރުވެރިކަމެއް ނެތް ބާވަތެކޭ ނޫނެވެ. އެހެންކަމުން މި ޓްރެންޑް ރާއްޖޭގެ މަގުތަކަށް އެރުމުން ހުއްޓުވުމައް މަސައްކަތް ތަކެއް ކުރުން ވަރަށް މުހިންމެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ