
އެބޯލާ އައުޓްބްރޭކްއިން އަރައިގަތުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ގިނީއަށް 11،000 އެބޯލާ ވެކްސިން ޑޯޒް ފޮނުވައިފި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެފްރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ މަޝީދިސޯ މޮއެޓީ ވިދާޅުވި ގޮތުގައި މި 11،000 ޑޯޒް ފޮނުވާފައިވަނީ ޖެނީވާއިންނެވެ. މީގެއިތުރުން، އިތުރު 8،600 ވެކްސިން ޑޯޒް އެމެރިކާ މެދުވެރިކޮށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް އޭނާވަނީ ވިދާޅުވެފަ އެވެ.
ގިނީގެ ހެލްތް މިނިސްޓަރގެ އެޑްވައިސަރ މުހައްމަދު ލަމީން ވިދަޅުވިގޮތުގައި މިއަދު މި ވެކްސިން ދިނުމުގެ ކެމްޕެއިނެއް ގިނީގައި ފަށާނެއެވެ. އަދި މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް ގިނަ ބަޔަކަށް ވެކްސިން ދިނުމަށްކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ގިނީއިން އެބޯލާ ބަލިމަޑުކަން އިއުލާންކޮށްފައި ވަނީ ގޮއެކާގައި އޮތް އެއްވުމަކަށް ދިއުމަށްފަހު އެޤައުމުން 14 މީހުން ބޭރަށްހިންގައި، ހޮޑާއެކު ލޭލާން ފެށުމުންނެވެ. މިހާތަނަށް މި ބަލީގައި ފަސް މީހުން ވަނީ މަރުވެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)