އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 11/06/2020

ހދ އަތޮޅުގެ ހުރިހާ ރަށެއްގައި ގައިނިކޮލޮޖިސްޓުން ހިމެނޭ ގޮތަށް ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ ޕްރޮގުރާމެއް ހިންގަނީ

މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހު 13 ވަނަ ދުވަހުއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 11/06/2020

Kulhudhuffushi Regional Hospital
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން (ކޭއާރްއެޗް) އިސްނަގައިގެން އެ އަތޮޅުގެ ހުރިހާ ރަށެއްގައި ގައިނިކޮލޮޖިސްޓުން (އަންހެނުންގެ ހާއްސަ ޑޮކްޓަރުން) ހިމެނޭ ގޮތަށް ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކޭނެ އައުޓްރީޗް ޕްރޮގުރާމެއް ހިންގަން ނިންމައިފި އެވެ.

މި މަހުގެ 13 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ މަޤްސަދަކީ ހދ އަތޮޅުގެ ރައްޔިތުންނަށް ފުރަބަންދުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި ވާތީ އަދި ފެރީ ދަތުރުތައް ނުފަށާތީ ހުރިހާ ރަށަކަށް  ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަގެ މެނޭޖަރ ހެލްތު ސަރވިސަސް އަހްމަދު ދާއޫދު ވަނީ ވިދާޅުވެފަ އެވެ.

އަހުމަދު ވިދާޅުވީ މި ދަތުރުތަކުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރުންގެ އިތުރުން އެ ރަށަކުން ރިކުއެސްޓްކުރި ސްޕެޝަލިސްޓްވެސް ހިމަނާފައި ވާނެކަމަށެވެ.

މި ދަތުރުތައް އެންމެ ފުރަތަމަ ފަށަން ނިންމާފައިވަނީ އެންމެ ދުރުގައި އޮންނަ މަކުނުދޫ އިންނެވެ.

އަދި ކޭއާރްއެޗްގެ އަމާޒަކީ  ޕޯޓަބްލް ސްކޭން މެޝިންއަކާއެކު ސްކޭން ވެސް ކުރެވޭނޭހެން މި ދަތުރުތައް އެޅުންކަމަށް އަހުމަދު ވަނީ ވިދާޅުވެފަ އެވެ.

މި ދަތުރުތަކުގައި ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ޖުމްލަ 12 ރަށަކަށް އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ހިމެނޭގޮތަށް ސްޕެޝަލިސްޓުން ދަތުރުކުރައްވާނެ އެވެ.

ރިކޯޑުތަކުން ދައްކާގޮތުގައި ކުޅުދުއްފުށި ނުލައި އަތޮޅު ތެރޭގައި މި ވަގުތު 91 މާބަނޑު މީހުން އެބަތިއްބެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ