އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 29/08/2020

 ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އޯޕީޑީ ހިދުމަތް މެދުކަނޑާލައިފި

ކުޅުދުއްފުށީ ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެ ފޮނުވާލި 7 އަހަރުގެ ކުއްޖަކު އައިޖީއެމްއެޗުން ހެދި ފުރަތަމަ ޓެސްޓުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ،
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 29/08/2020

Kulhudhuffushi Regional Hospital
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީގެ ހިދުމަތް އަނެއްކާވެސް މެދުކަނޑާލައިފި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެ ފޮނުވާލި 7 އަހަރުގެ ކުއްޖަކު އައިޖީއެމްއެޗުން ހެދި ފުރަތަމަ ޓެސްޓުން ކޮވިޑަށް ޕޮޒިޓިވްވުމާއެކު ކުޅުދުއްފުށި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިންގ އަށް ލާފައި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، މިހާލަތުގައި ކުޅުދުއްފުށީ ހޮސްޕިޓަލްގެ އޯޕީޑީގެ ހިދުމަތް ވަގުތީ ގޮތުން ކުރިއަށް އޮތް ދެދުވަހަށް މެދުކަނޑާލެވިފައިވާކަމަށާއި، ނަމަވެސް ޑޮކްޓަރަށް ދައްކަން އަންނަ ބޭނުންވާ ފަރާތްތަކުން އެރަށްރަށުގެ ހެލްތް ސެންޓަރުތައް މެދުކޮށް، ކުޅުދުއްފުއްޓަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

އަދި އޯޕީޑީގެ ހިދުމަތް މެދުކަނޑާލި ނަމަވެސް ޓެލެކޮންސަލްޓޭޝަންގެ ހިދުމަތް ކުރިއަށްދާނެ ކަމަށް އަހުމަދުވަނީ ވިދާޅުވެފަ އެވެ.

އަހުމަދު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ ފަރާތްތަކުން ފަރުވާ ދިނުމަށް ފޮނުވާލަން ހަމަޖެހިފައިވަނީ ށ. ފުނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ކަމަށެވެ. އެ ފެސިލިޓީއަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަކޮށްފައިވާ ކަމަށާއި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެކަން ކުރިއަށްދާނެ ކަމަށެވެ.

ހދ. ކުޅުދުއްފުއްށި މުހާރު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެހެންކަމުން ކުޅުދުއްފުށީގައި މިވަގުތު ތިބި އެއްވެސް ފަރާތަކަށް އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި ހުއްދަނެތި އެއްވެސް މީހަކަށް ރަށަށް އެރުންވެސް މަނާ ވާނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ