އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 05/07/2020

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކޮވިޑް-19އަށް ޓެސްޓުކުރަން ފަށައިފި

ކުޅުދުއްފުށީގައި ޕީސީއަރު މެޝިން ޤާޢިމްކޮށްފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފަންޑުކޮށްގެންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 05/07/2020

Kulhudhuffushi Regional Hospital
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކޮވިޑް-19އަށް ޓެސްޓުކުރާ ޕީސީއާރު މެޝިން ބަހައްޓައި، ޓެސްޓް ކުރަން ފަށައިފި އެވެ.

ޕީސީއާރު ޓެސްޓު ހަދަން ފެށުމަށްޓަކައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ލެބް ޓެކްނޮލޮޖިސްޓުން ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ތިން ހަފުތާގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކޮށްފަ އެވެ.

އަދި މި މެޝިނުން ދުވާލެއްގެ މައްޗަށް މަދުވެގެން 72 ސާމްޕަލް ޓެސްޓު ކުރެވޭނެކަމަށް އެ ހޮސްޕިޓަލުގެ ހެލްތް ސާވިސް މެނޭޖަރ އަހްމަދު ދާއޫދު ވަނީ ވިދާޅުވެފަ އެވެ.

އެހެންނަމަވެސް އަދި ކުޅުދުއްފުށީގައި ތަމްރީން ލިބިފައި ހުރީ ދެ ލެބް ޓެކްނޮލޮޖިސްޓުންނަށް ކަމަށްވުމުން ފުލް ކެޕޭސިޓީގައި ޕީސީއާރު މެޝިން އޮޕަރޭޓް ނުކުރެވޭނެ ކަމަށާއި، ނަމަވެސް ކުރިއަށް އޮތްތަނުގައި މުވައްޒަފުން ތަމްރީން ވެގެން ދާނޭކަމަށް އޭނާވަނީ ވިދާޅުވެފަ އެވެ.

ކުޅުދުއްފުށީގައި ޕީސީއަރު މެޝިން ޤާޢިމްކޮށްފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފަންޑުކޮށްގެންނެވެ. އަދި މި ޕީސީއާރު ލެބްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ވޭވް ލެންތު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ. ލެބްގެ އަމަލީ މަސައްކަތް ނިންމާލެވިފައިވަނީ މިދިޔަ މަހުގެ 4 ވަނަ ދުވަހުގަ އެވެ.

ދާއޫދު ވިދާޅުވީ ޕީސީއާރު މެޝިނާއި ގުޅޭ ސާމާނުތައް އެ ހޮސްޕިޓަލަށް ލިބިފައިވަނީ ޖޫންމަހުގެ 17 ވަނަ ދުވަހުގައި ކަމަށެވެ. އަދި މިދިޔ ތިން ހަފްތާއިން ފެށިގެން އެ ހޮސްޕިޓަލުން ވަނީ މި ކޮވިޑަށް ޓެސްޓް ކުރުމަށް ތައްޔާރުވުމުގެ ގޮތުން މެޝިން ވެލިޑޭޓް ކުރުމުގެ މަސައްކަތާއި، އޮންލައިންކޮށް އިތުރު ތަމްރީންތައް ކުރިއަށް ގެންގޮސްފަ އެވެ.

"މިހާރު މި ހޮސްޕިޓަލުން ރިއަލް ޓައިމް ޕީސީއާރު ޓެސްޓު ކުރެވޭނެ. މިއީ މި ސަރަހައްދުގެ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު ލުއި ފަސޭހައެއްކަން ޔަގީން." އަލަށްފެށި މި ހިދުމަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ދާއޫދު ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ކުރިއަތް އޮތްތަނުގައި ޖީން އެކްސްޕާޓް ކާރޓްރިޖްތައްވެސް އެ ހޮސްޕިޓަލަށް ލިބޭނެކަމަށް ދާއޫދު ވިދާޅުވިއެވެ. އަދި ޖީން އެކްސްޕާޓް މެޝިންތަކުން ޓެސްޓުކުރުމަށް ވާޏްޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާކަމަށް ދާއޫދު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން މީގެ ކުރިން ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް-19އަށް ޓެސްޓުކުރުމުގެ ވަސީލަތްތައް ޤާއިމްކުރާނޭކަން އިއުލާންކޮށްފައެވެ. އަދި އޭގެތެރެއިން ގިނަ ސަރަހައްދުތަކެއްގައި މިހާރުވަނީ ޕީސީއާރު މެޝިން ބަހައްޓާ ޓެސްޓުކުރަން ފަށާފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ