އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 24/05/2020

ކޯވިޑް-19 އާއި ގުޅިގެން 80 މިލިޔަނަށް ވުރެ ގިނަ ތުއްތުކުދިން ވަނީ ޅައިރު ދޭންޖެހޭ ވެކްސިނުން މަހްރޫމްވެފައި: ޑަބްލިޔުއެޗްއޯ

ކޮރޯނާވއިރަހުގެ ސަބަބުން މިހާތަނަށް މަދުވެގެން 68 ޤައުމެއްގެ ވެކްސިން ދިނުމުގެ ޕްރޮގްރާމަށް ބުރޫ އަރާފައި ވާކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 24/05/2020

WHO
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ޕެންޑަމިކްގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުން 80 މިލިޔަނަށް ވުރެ ގިނަ ތުއްތުކުދިންނަށް، ޅައުމުރުގައި ދޭންޖެހޭ ވެކްސިންތައް ދިނުމަށް ހުރަސް އެޅިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ.

އެގޮތުން ޑަބްލިޔުއެޗްއޯ އާއި ގްލޯބަލް ވެކްސިން އިނީޝިއޭޓިވް (ގާވީ) ގެ އިތުރުން ޔުނައިޓެޑް ނޭޝަނަލް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ނުރައްކާތެރި ކޮރޯނާވއިރަހުގެ ސަބަބުން މިހާތަނަށް މަދުވެގެން 68 ޤައުމެއްގެ ވެކްސިން ދިނުމުގެ ޕްރޮގްރާމަށް ބުރޫ އަރާފައިކަމަށް ބުނެފަ އެވެ. މި 80 މިލިޔަން ކުދިންނަކީ އުމުރުން އެއް އަހަރުން ދަށުގެ ކުދިންކަމަށް ވަނީ ބުނެފަ އެވެ.

"މިހާރު ދުނިޔޭގައި އޮތް ނުރައްކާތެރި އައުޓްބްރޭކް އާއި ގުޅިގެން އިތުރު އައުޓްބްރޭކް އަކަށް އަހަރެމެންނަކަށް ފުރުސަތެއް ނުދެވޭނެ". ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔުނިސެފްގެ އެގްޒެކްޓިވް ޑިރެކްޓަރ ހެންރިއެޓާރ ފޯރ ވަނީ ވިދާޅުވެފަ އެވެ.

ޑަބްލިޔުއެޗްއޯއިން ވަނީ ކޯވިޑް-19 ޕެންޑަމިކްގައި ޤައުމުތަކުން ވެކްސިން ޕްރޮގްރާމް ހިންގާނޭ ގޮތުގެ ގައިޑްލައިނެއްވެސް ނެރެފަ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޑަބްލިޔުއެޗްއޯގެ ވެކްސިން ޑިރެކްޓަރ ޑރ. ކޭޓް އޯ'ބްރިއަން ވިދާޅުވީ ވެކްސިން ދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަމިއްލަ ސިއްހަތަށާއި އަދި ސިއްހީ އެހިތެރިން ސިއްހަތަށް ވިސްނައި، ގިނަ މީހުން ވެކްސިން ޖަހަން ނުދިއުމެވެ. އަދި އާއްމު ގޮތެއްގައި ވެކްސިން ޑެލިވަރީކުރާ ސިއްހީ އޮފިޝަލުންނަށް އަޅާފައިވާ ހަރުކަށި ފިޔަވޅުތަކުގެ ސަބަބުން ވެކްސިން ފޯރުނުކޮށްދެވުން ވެސް އޭގެ ސަބަބެއްގެ ތެރޭގައި ހިމެނެ އެވެ.

"ކޯވިޑް-19ގެ ސަބަބުން އެތައް ޤަރުނެއްގެ ބުރަ މަސައްކަތުން ކޮންޓްރޯލް ކުރެވިފައިވާ މީސަލްސް ފަދަ ބަލިތައް އަލުން ފެތުރުމުގެ ބިރު ބޮޑުވެއްޖެ" ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ފޯރ ވަނީ އެންމެ ބައްޔެއްގެ ސަބަބުން ދިގުމުއްތަކަށް ހަނގުރާމަކޮށް ކާމިޔާބީ ހޯދާފައިވާ ބަލިތައް އަލުން ފެތުރުމުގެ ފުރުސަތު ދެވެން ނެތްކަމަށް ވިދާޅުވެފަ އެވެ. އަދި ހާލަތު ނިޔާކުރި ގޮތުން ވެކްސިން ދިނުމަށް ހުރަސް އެޅިފައިވީނަމަވެސް ނުރައްކާތެރި ޕޯލިއޯ، މީސަލްސް އަދި ކޮލެރާ ފަދަ ބަލިތަކަށް ހާއްސަ ވެކްސިން އެބަހުރިކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މިހާތަނަށް މީސަލްސް އާއި ދެކޮޅަށް ވެކްސިން ދެމުންދިޔަ 27 ޤައުމެއްގައި ކެމްޕެއިން ހުއްޓިފައިވާއިރު، 38 ޤައުމެއްގައި ތުއްތުކުދިންނަށް ޕޯލިއޯ އާއި ދެކޮޅަށް ދެމުންދިޔަ ވެކްސިން ވަނީ ހުއްޓިފަ އެވެ.

ޑަބްލިޔުއެޗްއޯ އިން ބުނީ ބައިނަލްއަޤްވާމީ ގޮތެއްގައި ހިންގަމުން އައި މީސަލްސް ވެކްސިން ޕްރޮގްރާމް ހިންގުމަށް ހުރަސްތަކެއް ކުރިމަތިވުމުގެ ނަތީޖާއެއްގެ ގޮތުން މިހާތަނަށް 140،000 މީހުން މަރުވެފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި ގިނައީ ތުއްތު ކުދިންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ