އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 07/04/2020

ދުނިޔޭގެ ސިއްހަތު ދުވަސް 2020: ޑަބްލިޔުއެޗްއޯއިން ސިއްހީ ނުރައްކާތެރި މި ދަނޑިވަޅުގައި މަސައްކަތްކުރަމުންދާ ނަރުހުންނާއި ފޫޅުމައިންގެ އަގުވަޒަން ކޮށްފި

މިއަހަރުގެ ސިއްހަތު ދުވަހާއި ގުޅުވައިގެން ޑަބްލިޔުއެޗްއޯއިން މީގެކުރިން ނިންމާފައިވަނީ 2020 ވަނަ އަހަރު އެއްކޮށް ނަރުހުންނާއި ފޫޅުމައިގެންނަށް ހާއްސަ ކުރުމަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 07/04/2020

WHO World Health Day
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)އިން ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް މަހުގެ 7 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގަ އެވެ. މިއީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި، ނަރުހުންގެ އިތުރުން ސިއްހީއެހީތެރިންގެ އަގުވަޒަންކުރުމަށް ފާހަގަކުރަމުންދާ ދުވަހެކެވެ.

މިއަހަރުގެ ސިއްހަތު ދުވަހާއި ގުޅުވައިގެން ޑަބްލިޔުއެޗްއޯއިން މީގެކުރިން ނިންމާފައިވަނީ 2020 ވަނަ އަހަރު އެއްކޮށް ނަރުހުންނާއި ފޫޅުމައިގެންނަށް ހާއްސަ ކުރުމަށެވެ.

އެހެންނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުންފެށިގެން މިއަހަރުގެ މިއަދާއި ހަމަޔަށް ކޮންމެ ދުވަހެއްވެސް ވެފައިވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި ސިއްހީ އެހީތެރިންނަށް ޗެލެންޖަ މިއަހަރުގެ ސިއްހަތު ދުވަހާއި ގުޅުވައިގެން ޑަބްލިޔުއެޗްއޯއިން މީގެކުރިން ނިންމާފައިވަނީ 2020 ވަނަ އަހަރު އެއްކޮށް ނަރުހުންނާއި ފޫޅުމައިގެންނަށް ހާއްސަ ކުރުމަށެވެ. ކަށެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދަ ކޮރޯނާވައިރަސް ޕެންޑަމިކް ސަބަބުން ދުނިޔެ މިހަރު ކުރިމަތިލަމުންދަނީ ބޮޑު ސިއްހީ ކާރިސާއަކާއެވެ އަދި މި ދަނޑިވަޅުގައި ފުރާނަތައް ސަލާމަތްކުރުމަށް މި ހަނގުރާމައިގެ ކުރީ ސަފުގައި ނަމޫނާދައްކަމުންދާ ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި ސިއްހީ އެހީތެރިންގެ ސަބަބުން 2020 ވަނަ އަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް އިތުރަށް ހާއްސަވެގެން ދެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް (07 އޭޕްރިލް 2020)

މިއަހަރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރަމުން މިދަނީ 70 ވަނަ ސިއްހަތު ދުވަހެވެ. މި ދުވަސް އެންމެ ފުރަތަމަ ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 1948 ވަނަ އަހަރު ބޭއްވި އެންމެ ފުރަތަމަ ހެލްތް އެސެމްބްލީގައި ކުރި މަޝްވަރާތަކަށްފަހު 1950 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 7 ވަނަ ދުވަހު އެވެ.
 
އޭގެފަހުން ކޮންމެ އަހަރަކުވެސް ތަފާތު ޝިއާރެއްގެ މައްޗަށް ބިނާކޮށް ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކޮށް ސިއްހީ ނިޒާމުގައި ރަނގަޅުކުރަންޖެހޭ ކަންތައް ދެނެގަނެ އެކަންކަން ރަނގަޅުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މި އިސްނެގުމާއި މަސައްކަތުގެ އަލީގައި މިއަހަރުގެ ދުނިޔޭގެ ސިއްހީ ނިޒާމުވަނީ "ނަފްސާނީ ބަލިތަކާއި، މައިންނާއި އަދި ތުއްތުކުދިންނަށް އަޅާލުމުގެ އިތުރުން، މޫސުމީ ބަދަލުތަކަށް"ވެސް ހޭލުންތެރިވެފަ އެވެ.

މިއަހަރުގެ ޝިއާރަކީ ކޮބާ؟

މިއަހަރު ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ ޝިއާރަކީ "ނަރުހުންނާއި ފޫޅުމައިންގެ އަގުވަޒަން ކުރުމެވެ". 

އެހެންނަމަވެސް މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާއި ގުޅިގެން ޑަބްލިޔުއެޗްއޯއިން ވަނީ މިއަހަރުގެ ސިއްހަތު ދުވަހު "ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ނަރުހުންގެ މިހާރުގެ ހާލަތް" ވެސް ގެނެސްދިނުމަށް ނިންމާފަ އެވެ.

މިގެއިތުރުން ޑަބްލިޔުއެޗްއޯއިން ވަނީ ނަރުހުންނާއި ފޫޅުމައިންގެ އަގުވަޒަންކޮށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން މިއަހަރު ވައުދުތަކެއްވެސް ވެފައެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަނީ ކީއްވެ؟

ކުރުގޮތަކަށް ބުނާނަމަ ނަރުހުންނާއި ސިއްހީ އެހީތެރިންގެ އެއްބާރުލުމެއްނެތި ކޯވިޑް-19އިން ފެށިގެން އަދި އިތުރު އާންމު ސިއްހީ ކުއްލި ހާލަތްތަކުން ދުނިޔެއަށް އަރައެއްނުގަނެވޭނެ އެވެ.

އެހެންކަމުން ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި މިއަދު ނަރުހުންނާއި ފޫޅުމައިގެން އަގުވަޒަން ކުރަމުންދާ ސަބަބަކީ "މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ވެސް ދުނިޔެ ދުޅަހެޔޮކޮށް ބޭއްވުމަށް އެމީހުން ކުރަމުންދާ މަސައްކަތް ދުނިޔޭގެ ބޮޑެތި ލީޑަރުންނަށް ހަނދާންކޮށް ދިނުމުގެ" ގޮތުންނެވެ.

ޑަބްލިޔުއެޗްއޯއިން ވަނީ މިއަހަރުގެ ސިއްހަތު ދުވަހާއި ގުޅުވައިގެން "ދުނިޔޭގެ ނަރުހުންގެ ހާލަތު 2020"އަށް ބިނާކޮށް ރިޕޯޓެއްވެސް ތައްޔާރުކޮށްފަ އެވެ.

މި ރިޕޯޓުގެ ޒަރިއްޔާއިން ޕޮލިސީ އޮޕްޝަން ތަކާއި ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތާއި އަދި މިއަދާއި ހަމަޔަށް ދުނިޔޭގެ ނަރުސް ފޯސް އާޢި ގުޅޭގޮތުން މައުލޫމާތު ވަނީ ހިމަނާފައެވެ.

ހަމައެހެންމެ މި ރިޕޯޓަކީ ނަރުސްކަން ކިޔަވަމުންދާ ދަރިވަރުންނާއި، ވަޒީފާ އަދާކުރަމުންދާ ނަރުހުންގެ އިތުރުން ލީޑަރުންނަށްވެސް ގިނަ ކަންކަން އޮޅުންފިލާނޭގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ