އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/02/2020

ކޮރޯނާވައިރަސް މުޅިދުނިޔެއަށް ފެތުރުމުގެ ބިރު އޮތަސް، އަދި އެ ހިސާބަކަށް ނުދޭ: ޑަބްލިޔުއެޗްއޯ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވަނީ މުޅިދުނިޔެއަށް ކޮރޯނާވައިރަސް ފެތުރޭނެކަމަށް ބަލާ ކްރައިޓީރިއާ އަށް އަދި ހާލަތު ނުފެތޭކަމަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/02/2020

WHO Coronavirus Covid-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އައުޓްބްރޭކްއަކީ މުޅިދުނިޔެއަށް ފެތުރިދާނެކަމުގެ ބިރުއޮތް ބަލިމަޑުކަމަކަށް ވީނަމަވެސް އަދި އެ ހިސާބަށް ހާލަތު ނުދާކަމަށް ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން ބުނެފި އެވެ.

އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރަޔަސަސް ވިދާޅުވީ "ދުނިޔޭގެ ސަމާލުކަމަށް ގެނެސް އާއްމު ސިއްހީ އިމަރޖެންސީ ހާލަތު" އެ ޖަމިއްޔާއިން އިއުލާންކުރި ނަމަވެސް މުޅިދުނިޔެއަށް ކޮރޯނާވައިރަސް ފެތުރޭނެކަމަށް ބަލާ ކްރައިޓީރިއާ އަށް އަދި ހާލަތު ނުފެތޭކަމަށެވެ. 

އަދި މުޅިދުނިޔެއަށް ފެތުރުމުގެ ބިރުއޮތްކަމަށް ނިންމޭނީ ވައިރަސްފެތުރެމުންދާ ދުނިޔޭގެ އެކި ހިސާބުތަކަށް މި ވައިރަސް ފެތުރެމުންދާ މިންވަރާއި އަވަސްމިނަށް ބެލުމަށްފަހުގައި ކަމަށް އޭނާވަނީ ވިދާޅުވެފަ އެވެ.

ހޯމަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ގެބްރަޔަސަސް އިތުރަށް ވިދާޅުވިގޮތުގައި އަދި މިހާތަނަށް މި ވައިރަސް މުޅި ދުނިޔެއަށް ފެތުރޭތަން ފެނިފައެއް ނުވެއެވެ. މީގެއިތުރުން ދުނިޔޭގެ ބޮޑު ސަރަހަކަށް ފެތުރި ގިނަ ބަޔަކު މަރުވަމުން ދާތަންވެސް ނުފެންނަކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން "ޕެންޑެމިކް" (މުޅި ދުނިޔެއަށް ފެތުރުމުގެ ބިރުއޮތުން) ކަމެއްގެ ގޮތުގައި ހާލަތު ސިފަކުރެވޭނީ އެފަދަ ލެވަލްއަކަށް ގޮސްގެންކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.

ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ޖަނަވާރުންގެ ވިޔަފާރިކުރާ މާރުކޭޓަކުންނެވެ. އަދި މި ވައިރަސް ދުނިޔޭގެ ބައެއް ޤައުމުތަކުންވެސް ވަނީ ފެނިފައެވެ. އެގޮތުން ޗައިނާގެ އިތުރުން ދެން އެންމެ ބޮޑަށް މި ވައިރަސް ފެނިފައިވަނީ އީރާނުންނެވެ.

ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށްވަނީ 2،707 މީހެއް މަރުވެފައެވެ. އަދި 80،348އަށް މީހުންނަށްވަނީ މި ވައިރަހުގެ އަސަރުކޮށްފަ އެވެ. އޭގެތެރޭގައި އެއްފަހަރު ވައިރަހުން ރަނގަޅުވުމަށްފަހު ދެވަނަ ފަހަރަށް ޖެހިފައި ތިބި މީހުންވެސް ހިމެނެ އެވެ.

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަކީ ޕެންޑެމިކް އެއްކަމަށް ޑަބްލިއުއެޗްއޯ އިން އިއުލާނު ކުރާނީ އެހެނެހިން ބައިވަރު ކަންތައްތަކަށް ބެލުމަށް ފަހުގައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ