އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 08/02/2020

ދަރިމައިވުމުގެ މަރުހަލާގައި ދަތިތައް ކުރިމަތިވާ އަންހެނުންނަށް ހާއްސަކޮށް ބޭއްވި މައުލޫމާތު ސެޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

ފާޓިލިޓީ ސަޕޯޓް ގްރޫޕުން އިސްނަގައިގެން މިއީ ބޭއްވި 3 ވަނަ ސެޝަން އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 08/02/2020

PCOS Endometriosis IVF Support Group
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ފާޓިލިޓީ ސަޕޯޓް ގްރޫޕުން އިސްނަގައިގެން ދަރިމައިވުމުގެ މަރުހަލާގައި ދަތިތައް ތަހައްމަލްކުރަމުންދާ އަންހެނުންނަށް ހާއްސަކޮށް ބޭއްވި ތިންވަނަ ސެޝަން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. މިސެޝަން ކުރިއަށް ގެންގޮސްފައިވަނީ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން އާއި ގުޅިގެންނެވެ.

ފާޓިލިޓީ ސަޕޯޓު ގްރޫޕުން އިއްޔެ ކުރިއަށް ގެންދިޔަ ސެޝަން އާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މި ގްރޫޕްގެ ފައުންޑަރ އާޝާ ހުސެއިން ވިދާޅުވީ މިއީ މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ސަޕޯޓު ސެޝަން ކަމަށެވެ. އަދި މިއަދު ސެޝަން އަކީ ވަރަށް ވެސް ކާމިޔާބު ސެޝަނެއްގެ ގޮތުގައި އާޝާ ވަނީ ފާހަގަކުރައްވާފައެވެ. 

ޝީ ބިލްޑިންގްގައި ކުރިއަށް ދިޔަ މި ސެޝަންތަކުގެ ފުރަތަމަ ބައި ހާއްސަކޮށްފައިވަނީ މި ސެޝަނުގެ ބައިވެރިންގެ މެދުގައި ވާހަކަދައްކާ އަދި އެމީހެއްގެ އަމިއްލަ އިހްސާސްތައް އެކަކު އަނެކަކާއި ހިއްސާކުރުމުގަ އެވެ.

އެގޮތުން މި ސެޝަންގައި ބައިވެރިވި ބައިވެރިންވަނީ ދަރިމައިވުމުގެ މަރުހަލާގައި އެމީހަކަށް ދިމާވެފައި ހުރި ދަތިތައް އެކަކު އަނެކަކަށް ހިއްސާކޮށްފަ އެވެ. މި ސެޝަންގައި ބައިވެރިވެފައިވަނީ ދަރިމައުވުމުގެ މަރުހަލާގައި ދަތިތަކާއި ކުރިމަތިވެފައިވާ އަންހެނުންގެ އިތުރުން އައިވީއެފް ހެދުމަށް ތައްޔާރުވަމުންދާ މީހުންނެވެ.

"މިއީ އަސްލު ވަރަށް ރަނގަޅުކަމެއް. ރާއްޖޭގައި މިހާރު ޕީސީއޯއެސް، އެންޑިއޯމެޓްރޯސިސް، އިންފާރޓިލިޓީ ސަފަރ ކުރާ މީހުން ވަރަށް ގިނަ. ވަރަށް ގިނަ ރައްޓެހިންވެސް އެބަތިބި އެކަން ސަފަރކުރާ. އެކަމަކު އެވާހަކަތައް ގޮއްސަ ޝެއާކުރާނެ މީހުންނެއް ނުތިބޭ. ހިތަށް އަރާނެ ކާކަށްހޭ އެޕްރޯޗްކުރާނީ؟ މީހުން ތިމަންނަ ޖަޖްކުރާނޭ! އަހަރެން އަހަރެންގެ ވާހަކަތައް ވަރަށް އިމޯޝަނަލްވެގެން އެހެންމީހުން ގާތުގަ ދެއްކީމަ ދެން ހުންނަ މީހާ ވަރަށް ޖަޖްމެންޓަލްވޭ އެބަ. އެކަމަކު މިގޮތަށް ސަޕޯޓު ގްރޫޕެއް ކުރިއަށް ގެންގޮސްގެން އޭގެތެރެއަށް ޕްރޮފެޝަނަލް ސައިޑުން މައުލޫމާތު ދޭކަމަށް ވަންޏާ އެމީހުންނަށް ދާނެ ސޭފް ޕްލޭސް އެއް އޮންނާނެ" މިއަދު ކުރިއަށް ދިޔަ ސެޝަންއަށް ފަހު ބައިވެރިޔަކު ބުނެފައި ވެއެވެ.

 މި ގްރޫޕްގެ ފައުންޑަރ އާޝާ ހުސެއިން ވިދާޅުވީ މިއީ މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ސަޕޯޓު ސެޝަން ކަމަށް

ދެ ގަޑިއިރަށް ކުރިއަށް ދިޔަ މި ސެޝަންގެ ދެވަނަ ބައި ފުރިހަމަކޮށްދެއްވާފައިވަނީ ރާއްޖޭގެ މަޝްހޫރު ޑައިޓީޝަން އިއާޝާ ހުސެން އެވެ. އެގޮތުން އިއާޝާވަނީ ބައިވެރިންނަށް ދަރިމައިވުމުގެ މަރުހަލާގައި ދަތިތައް ތަހައްމަލްކުރަމުންދާ އަންހެނުންނަށް ދުޅަހެޔޮ ލައިފްސްޓައިލެއް އަދި ނިއުޓްރިޝަން އާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފަ އެވެ.

މިގްރޫޕްގެ ފައުންޑަރ އާޝާ އިތުރަށް ވިދާޅުވިގޮތުގައި ޕީސީއޯއެސް ތަހައްމަލްކުރާ ގިނަ މީހުންނަކީ އެމީހުންގެ އިހްސާސްތައް އެހެން މީހުންނަށް ކިޔައިދޭން ފަސްޖެހޭ މީހުންނެވެ. އެހެންކަމުން މި ސަޕޯޓް ގްރޫޕް ސެޝަން މެދުވެރިކޮށް މި އިހްސާސްތައް އެކަކު އަނެކަކާއި ހިއްސާކުރެވުމަކީ ވަރަށްވެސް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެކޭ ކަމަށް އާޝާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކޮންމެ މަހަކު އެއްފަހަރު ފާޓިލިޓީ ސަޕޯޓު ގްރޫޕް ސެޝަނެއް ބާއްވާނެކަމަށް އާޝާ ވަނީ ވިދާޅުވެފަ އެވެ. އަދި މުސްތަޤްބަލްގައި ފާޓިލިޓީ ސަޕޯޓު ގްރޫޕް (އެންޖީއޯ) އެއްގެގޮތަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އާޝާ ވަނީ ވިދާޅުވެފަ އެވެ.

ފާޓިލިޓީ ސަޕޯޓު ގްރޫޕުގެ އިތުރު ސެޝަން އެއް މާރޗް މަހު ކުރިއަށް ދާނެ ކަމުގެ ޔަޤީންކަން އާޝާ ވަނީ ދެއްވާފައެވެ. މިސެޝަންގައި ބައިވެރިވުމުގެ ފުރުސަތު އެމަހު ހުޅުވާލާނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (1)
User image
ނާ
08/02/2020 09:44
އިއުލާނުކުރިކަން އެނގޭނެ ގޮތެއް އޮންނާނެތަ ، މިބުނީ އެއްވެސް ވައިބާ ގްރޫޕެއް، ނޫނީ ފޭސްބުކް ޕޭޖެއް ކަހަލަ، އިނގޭ މީހަކު ޕްލީސް މައުލޫމާތު ދީބަލަ. ސަިޓެއް ހުރިނަމަވެސް.😢🙏🙏🙏🙏
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ