އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ތެދު ވާހަކަ
ލިޔުނީ މޫސާ ޝާމިޚް ޝަރީފް ޝާއިޢު ކުރީ 18/02/2020

ކެތްތެރިކަން - އޭގެ ޒާތުގައި ހިތި... އޭގެ މޭވާ ފޮނި

"ދިމާވާ ހިތްހަމަނުޖެހޭ ކަންތައްތަކުން މުޅި ދިރިއުޅުން ބަދަލު ނުކުރާށެވެ"
Moosa Shamikh Shareef Avatar
މޫސާ ޝާމިޚް ޝަރީފް

ޝާއިޢު ކުރީ: 18/02/2020

PCOS Supraventricular Tachycardia
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ބޮޑު ބައްޔެއްގެ ސަބަބުން ނުވަތަ ދިރިއުޅުމުގައި ދިމާވި ހިތްދަތި ހާދިސާއެއްގެ ސަބަބުން ދުނިޔެ މަތިން ފޫހިވެ ހިތްމަރާލާގެން ދިރިއުޅެމެންދާ އެތައް ބައެއް އަހަރެން ދެކެފީމެވެ.

ދިރިއުޅުމުގައި އަހަރެން ވެސް އެތައް ގޮންޖެހުމަކާ ކުރިމަތިލައިފީމެވެ. ނަމަވެސް ކުޑިއިރުއްސުރެ އަހަރެން ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހެދީމެވެ.  

އުމުރުން 17 އަހަރުގައި – ހިތުގެ ބަލި –  ސުޕްރަވެންޓްރިކިއުލާ ޓަކިކާޑިއާ 

މި ބަލީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެއެވެ. އަދި ހަށިގަނޑުގައި ލޭ ދައުރުވުމުގައި މައްސަލަތަކެއް އުފުދެއެވެ.

ކުޑައިރުއްސުރެ އަހަރެން އުޅެ ބޮޑުވީ ބޭބޭމެންނާ އެއްކޮށެވެ. ނަތީޖާއަކަށްވީ ރައްޓެހިންގެ ގޮތުގައި ވެސް ގިނަ ފިރިހެން ކުދިން ތިބުމެވެ. ކިޔެވުމަށް ވުރެ ބޮޑަށް ޝައުގުވެރިކަން ހުރީ ކުޅިވަރާއި މަޖަލަށެވެ. އެގޮތުން ނެށުމާއި، އެތްލެޓިކްސް، ނެޓް ބޯޅަ، ޓެނިސް، އަދި ބާސްކެޓް ބޯޅަ ކުޅުނީމެވެ. 

ޓަކިކާޑިއާގެ އަލާމާތްތައް އަހަރެންނަށް ފެންނަން ފެއްޓީ ސްކޫލް ނިންމާލުމަށް ފަހުގައެވެ. ވާޒީފާއަކަށް ނިކުމެ، ކުޅިވަރާއި ދުރުގައި އުޅެންފެއްޓި ހިސާބުންނެވެ. ޑޮކްޓަރުން ލަފާދެއްވީ ސާރޖަރީއެއް ހަދާށެވެ.  

ސާރޖަރީއަށްފަހު 6 މަސްދުވަސް ހޭދިކުރަން ޖެހުނީ އެދުމަތީގައެވެ. މަޑުމަޑުން ބަލި ފަސޭހަވަމުން އައެވެ. ޑޮކްޓަރުން ލަފާދެއްވީ 6 މަހަށް ފަހު ކަސްރަތު ކުރަން ކަމަށް ވުމުން މާލެ އައިސް ޒުމްބާ ކްލާހަކަށް ވަނީމެވެ. 

އެ ކުލާސް ނަގައިދިން އިންސްޓްރަކްޓަރ ޝީނާޒްއަކީ ފިޓްނަސް ދާއިރާއަށް އަހަރެން ވަނުމުގެ އެންމެ ބޮޑު ސިއްރެވެ. ކޮންމެ ދުވަހަކު ޝީނާޒްގެ ފަރާތުން އަހަރެން އައީ އާކަމެއް ދަސްކުރަމުންނެވެ. ޝީނާޒްގެ ތަޖުރިބާގެ އަލީގައި އަހަރެން ދަސްކުރި  އެތައްކަމެއްގެ ސަބުބުން ޒުމްބާ އިންސްޓްރަކްޓަރެއްގެ ތަޖުރިބާ ލިބޭ ތަމްރީން ފުރިހަމަކުރީމެވެ. 

މަޔަކަށް ވުމުގައި ދިމާވި ގޮންޖެހުންތައް

ނަމަވެސް ޒުމްބާ އިންސްޓްރަކްޓަރއަކަށްވުމުގެ ކުރިން ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) ހުރިކަން އަހަންނަށް އެނގުނެވެ. މިއީ އަންހެނެއްގެ އޯވަރީސްގައި ސިސްޓްތަކެއް އުފެދުމުގެ ސަބަބުން ހައިޟު ގެ ލޭ ފާޅުވާ ދުވަސްތަށް ބަދަލުވެ، އަދި ހަށިގަނޑުގެ ބަރުދަންވެސް އިތުރުވާ ބައްޔެކެވެ. 

ބަނޑުބޮޑުވުމުގައިވެސް ދަތިތަކާއި ކުރިމަތިވިއެވެ. ނަމަވެސް އެތައް ފަހަރު މަސައްކަތް ކުރުމަށްފަހު ބަނޑުބޮޑު ވެއްޖެއެވެ. އަދި ވިހެއުމުގެ ހަތްމަސް ފަހުން އައީ ޝީނީޒް ގެ ފަރާތުން ފޯން ކޯލެކެވެ. އޭނާ ބޭނުންވީ މާލޭގައި ކަސްރަތުކުރަން ހާއްސަ ސެންޓަރެއް ހުޅުވާށެވެ. 

"ޝީ ފިޓްނެސް" ނަމުގައި ހުޅުވާ މިސެންޓަރުން ވަޒީފާއެއް ލިބުނެވެ. އެއީ ރިސެޕްޝަނިސްޓް ގެ މަގާމެވެ. މިއާ އެކު ޒުމްބާ އިންސްޓްރަކްޓަރ ތަމްރީން ޓްރެއިނީ އެއްގެ ގޮތުގައި އުޅުމުގެ ފުރުސަތު ވެސް ލިބުނެވެ. އަހަރެއް ވަންދެން އެތާ އުޅެމުން ކޮންމެ ދުވަހަކު 3-2 ގަޑިއިރުގެ ކަސްރަތު ކުރީމެވެ. އަދި ހަށިގަނޑުގެ ބަރުދަނުން 40 ކިލޯ މަދުކުރީމެވެ. 

2017 ނިމުނުއިރު އަހަރެންނަކީ ޒުމްބާ އަދި ޕިލާޓޭސް އިންސްޓްރަކްޓަރެކެވެ. އެއަށްފަހު އަނެއްކާވެސް ދަރިއަކަށް ބަނޑުބޮޑުވެ ވިހެއުމަށްފަހު 1 އަހަރު ވަންދެން ކަސްރަތުކުރާ ތަނަކަށް ނުދަމެވެ. ދާން ފެއްޓީ މީގެ 3 މަސް ކުރިންނެވެ. އަނެއްކާވެސް ހަމަ ހީވާގިކޮށް އުޅުމަށްޓަކައެވެ. 

ފިރިމީހާގެ ދައުރު

ކުދައިރުއްސުރެ އެކަކު އެނެކަކު ވަރަށް ރަނގަޅަށް ދަންނަމެވެ. އޭރުވެސް އަހަރުމެން ދެމީހުންނަކީ ގާތް ރަހްމަތްތެރިންނެވެ. ރަހްމަތްތެރިކަން ލޯތްބަށް ބަދަލުވީ ވެސް ކުޑައިރުގައެވެ.

އަހަރެންގެ ހިތުގެ ބަޔަށް ކުރަން ޖެހޭ ބައެއް ހަރަދުތައް ވެސް ކުރިއެވެ. މިއަދުވެސް، އޭރުވެސް އަހަރެންގެ ކޮންމެ ނިންމުމެއްގައި އަހަރެންގެ ފިރިމީހާ އަހަރެންނާ އެއްކޮށްވެއެވެ.

އަހަރެންގެ ދިރިއުޅުން

މިއަދު އަހަރެންގެ ތިން ދަރިން އެބަތިއްބެވެ. އެކުދިން އަންނަނީ ބޮޑެތިވަމުންނެވެ. އެހެންކަމުން ޒިންމާދާރު އަތްބެއް އަދި މަންމައެއްގެ ޒިންމާތައް ކުރިއަށް ވުރެ ބުރައެވެ. ވަގުތު ހޯދަން ވެސް ކުރިއަށް ވުރެ ދައްޗެވެ. ނަމަވެސް އެއީ އޭގެ ސަބަބުން އަހަރެންގެ ލަނޑުދަޑިތައް ހާސިލް ކުރުމަށް އޮތް ހުރަހެއް ކަމަކަށް ނުދެކެމެވެ. 

އަހަރެން ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހަދަން އޭރުވެސް ހުރި ހިތްވަރާއި އަޒުމް އެބަހުއްޓެވެ. އަބަދުވެސް ވިސްނަންވީ ކޮންމެ ކަމެއްވެސް ވާނީ ރަގަޅަށްކަމެވެ. ނުގުޑާފަދަ އަޒުމަކާއި ކެތްތެރިކަން މީހެއްގެ ގައިގައި އަށަގަނެއްޖެނަމަ އޭނާއަށް ކޮންމެ ކަމެއް ވެސް ކުރެވިދާނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ