އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 27/01/2020

ޑައިޓިޝަން އިއާޝާ އާއިއެކު ދަރިމައިވުމުގެ މަރުހަލާގައި ދަތިތައް ކުރިމަތިވާ އަންހެނުންނަށް ހާއްސަ މައުލޫމާތު ސެޝަނެއް

މިސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 7 ފެބްރުއަރީވާ ދުވަހު ހަވީރު 3-5 އަކަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 27/01/2020

PCOS Endometriosis IVF
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދަރިމައިވުމުގެ މަރުހަލާގައި ދަތިތައް ކުރިމަތިވާ އަންހެނުންނަށް ހާއްސަކޮށް ފާރޓިލިޓީ ސަޕޯޓު ގްރޫޕުން ބާއްވާ ސިލްސިލާ ސެޝަންތަކުގެ ތެރެއިން މައުލޫމާތު ދިނުމުގެ ތިންވަނަ ސެޝަން ބޭއްވުމަށް ނިންމައިފި އެވެ.

"ފާރޓިލިޓީ ސަޕޯޓު ގްރޫޕް" ގެ ނަމުގައި ހިންގާ މި ގްރޫޕަކީ އަމިއްލަ ބަޔެއްގެ އިސްނެގުމުގެ މަތިން ރާއްޖޭގައި ދަރިމައިވުމުގެ މަރުހަލާގައި ދަތިތަތަކާއި ކުރިމަތިވާ އަންހެނުންނަށާއި އަދި އައިވީއެފް ޓްރީޓްމަންޓް ހެދުމަށް ތައްޔާރުވަމުންދާ އަންހެނުންނަށް އިތުރަށް ހިތްވަރު ދިނުމަށްޓަކައި އުފައްދާފައިވާ ސަޕޯޓު ގްރޫޕެކެވެ.

ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އާއި ގުޅިގެން ޑިސެމްބަރު މަހު ބޭއްވި ފުރަތަމަ ސެޝަން

ފެބްރުއަރީ 7 ގައި އޮންނަ ސެޝަންގައި ބައިވެރިވުމަށް މި ލިންކްއަށް ފިއްތާލައްވާ!

އަންނަ ފެބްރުއަރީ މަހު 7 ވަނަ ދުވަހު ބާއްވާ މިގްރޫޕްގެ ތިން ވަނަ ސެޝަންގައި މައުލޫމާތު ދެއްވާނީ ރާއްޖޭގެ މަޝްހޫރު ޑައިޓީޝަން އިއާޝާ ހުސެއިން އެވެ. އިއާޝާ ކުރިއަށް ގެންދަވާ މައުލޫމާތު ސެޝަންގައި ޕޮލިސިސްޓިކް އޯވަރީ ސިންޑްރަމް (ޕީސީއޯއެސް) ތަހައްމަލް ކުރަމުންދާ އަންހެނުންނަށް ދުޅަހެޔޮ ލައިފްސްޓައިލެއް އަދި ނިއުޓްރިޝަންއާ ގުޅޭ ގޮތުގެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ.

ޑޮކްޓަރ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ފާރޓިލިޓީ ސަޕޯޓު ގްރޫޕްގެ ފަރާތުން އާޝާ ހުސެއިން ވިދާޅުވީ، މި ސެޝަންގައި ބައިވެރިވާނީ މުޅިންވެސް ދަރިމައިވުމަށް ދަތިތަކާއި ކުރިމަތިވެފައިވާ އަންހެނުންކަމަށެވެ. މީގެ އިތުރުން، ޑައިޓީޝަން އިއާޝާގެ ސެޝަން ފެށުމުގެކުރިން މިކަމުގައި ބައިވެރިވާ އަންހެނުން އެކަކު އަނެކަކަށް ސަޕޯޓުދީ ވާހަކަތައް ހިއްސާކުރުމުގެ ސެޝަނެއް ކުރިއަށް ގެންދާނޭކަމަށް ވެސް އާޝާ ވަނީ ވިދާޅުވެފަ އެވެ.

އާޝާ ވިދާޅުވިގޮތުގައި މި ސެޝަންގައި ޕީސީއޯއެސް އަދި އެންޑިމެޓްރިއޯސިސް ތަހައްމަލް ކުރަމުންދާ އަންހެނުންނާއި އަދި އައިވީއެފް ހެދުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވާ އަންހެނުންގެ އިތުރުން އަވަސް މުއްދަތެއްގައި އައިވީއެފްގެ ފަރުވާ ލިބިގަތުމަށް ތައްޔާރުވަމުންދާ އަންހެނުންނަށް ވެސް ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. 

އަދި މި ސެޝަންތަކުގެ ޒަރިއްޔާއިން ދަރިމައިވުމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ލިބި އަދި ދަރިމައިވުމާއި ގުޅޭގޮތުން ހިއްސާކުރަން އުނދަގޫ ވާހަކަތައްވެސް ހިއްސާކުރުމަށް އިތުރު ހިތްވަރު ލިބިގެންދާނޭ ކަމަށް އާޝާ ވަނީ ވިދާޅުވެފަ އެވެ.

ދެވަނަ ސެޝަން ބޭއްވީ ވެލްނެސްބައިނާޒި ޖިމްގައި. ސެޝަން ނަގައިދެއްވީ ނާޒިމާ އަލީ

ފާޓިލީ ސަޕޯޓު ގްރޫޕް ވުޖޫދަށް އައިސްފައިވަނީ މި ގްރޫޕްގެ ފައުންޑަރ އަދި "އައިވީއެފްމަމް"ގެ ނަމުގައި އިންސްޓަގްރާމް އެކައުންޓެއް ހިންގާ ބްލޮގަރ އާޝާގެ އަމިއްލަ ދިރިއުޅުމުން އިންސްޕަޔާވެގެން ނެވެ.

މިސެޝަންއާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: 7911032

ފެބްރުއަރީ 7 ގައި އޮންނަ ސެޝަންގައި ބައިވެރިވުމަށް މި ލިންކްއަށް ފިއްތާލައްވާ! 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ