އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 06/02/2020

މާސްކް އެކަނި ބޭނުންކޮށްގެން ކޮރޯނާވައިރަސް އިން ރައްކާތެރިއެއް ނުވެވޭނެ

މާސްކް އެޅުމުގެ އިތުރުން އަމިއްލަ މީހާގެ ސާފުތާހިރުކަމާ އެހެނިހެން ސަލާމަތީ ފިޔަވަޅުތަކަށް ވެސް އިސްކަމެއް ދޭން ޖެހޭނެ
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 06/02/2020

WHO Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާސްކް އެކަނި ބޭނުންކޮށްގެން ނޮވެލް ކޮރޯނާވައިރަސް އިން ރައްކާތެރި ނުވެވޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ މިވައިރަސް އިން ރައްކާތެރިވުމަށް ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ދަނީ މާސްކް ބޭނުން ކުރަމުންނެވެ. އެގޮތުން ބައެއް ބޭސް ވިއްކާ ފިހާރަތަކުން މާސްކް ހުސްވެފައިވާ ވާއިރު އަނެއް ބައި ފިހާރަތަކުން ބޮޑު އަގުގައިވެސް މާސްކް ވިއްކަން ފަށައިފިއެވެ.

ޑަބްލިއުއެޗްއޯގެ ފަރާތުން ވާހަކަ ދައްކަވަމުން އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލްގެ ކޮންސަލްޓަންޓް އެއް ކަމަށްވާ ކްރިސްޓީން ފްރާންސިސް ވިދާޅުވީ މާސްކް އެޅުމުގެ އިތުރުން އަމިއްލަ މީހާގެ ސާފުތާހިރުކަމާ އެހެނިހެން ސަލާމަތީ ފިޔަވަޅުތަކަށް ވެސް އިސްކަމެއް ދޭން ޖެހޭނެ ކަމެވެ.

ރިޕޯޓުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް ސަތޭކަ މިލިއަން މާސްކްއެއް ވަނީ ވިކިފައި

މީގެ އިތުރުން، މިވައިރަސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މާސްކް އެޅުމަށް ލަފާކުރަނީ ހަމައެކަނި ކެއްސާ، ހުން އައިސް އަދި ނޭވާލާން އުނދަގޫވާނަމަ އެކަންޏެވެ. އަދި މިއަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުންވެސް މުހިއްމެވެ. 

ނަމަވެސް މީގެން އެއްވެސް އަލާމާތެއް ނުފެންނަ ނަމަ މާސްކް އަޅާކަށް ނުޖެހޭކަމަށް ކްރިސްޓީން ވިދާޅުވިއެވެ.

" ބަލި ނުވާ މީހުން މާސްކް އަޅައިގެން (ވައިރަސް އިން) ރައްކާތެރިވާ ކަމެއްގެ އެއްވެސް ހެއްކެއް ނެތް" ސަބަބު ބަޔާންކޮށްދެމުން އޭނާ ވިދާޅުވިއެވެ.

މާސްކް ބޭނުންކުރާނަމަ ރަނގަޅު ގޮތުގައި ބޭނުންކުރުމަށްފަހު އެއްލާލަންވެސް ޑަބްލިއުއެޗްއޯ އިން އިލްތިމާސް ކުރިއެވެ. އަދި އެއަށް ފަހު ސައިބޯނި ލައިގެން އަތް ދޮންނަންވެސް އިލްތިމާސް ކުރިއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ