އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 31/01/2020

ޑަބްލިއުއެޗްއޯ އިން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ މާނައަކީ ކޮބާ؟

މިފަދަ އިއުލާނެއް މިހާތަނަށް ކުރެވިފައިވަނީ އެންމެ 6 ފަހަރެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 31/01/2020

WHO Coronavirus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ނޮވެލް ކޮރޯނާ ވައިރަސް ފެތުރުމާއި ގުޅިގެން ރޭ ގެ ވަގުތެއްގައި ޕަބްލިކް ހެލްތު އެމަރޖެންސީ އޮފް އިންޓަރނޭޝަނަލް ކޮންސަރން (ޕީއެޗްއީއައިސީ) އެއް އިއުލާނު ކުރިއެވެ. ނަމަވެސް މީގެ އަސްލު މާނައަކީ ކޮބާ؟

ޑަބްލިއުއެޗްއޯ އިން ބުނާގޮތުގައި މިފަދަ އިއުލާނެއް ކުރެވޭނީ ދިމާވާ ކާރިސާއަކުން ބައްޔެއް އެހެނިހެން ޤައުމުތަކަށް ފެތުރުމުގެ ފުރުސަތު އޮވެ ބައިނަލްއަޤްވާމީ ފެންވަރެއްގައި މިބައްޔާއި މެދު މަސައްކަތްކުރަން ޖެހުމުންނެވެ. 

މިމިންގަނޑަކީ ސާސް ވައިރަސް ފެތުރުނުތާ ދެއަހަރު ފަހުން 2005 ވަނަ އަހަރު ވުޖޫދަށް އައި މިންގަނޑެކެވެ. އަދި އޭގެފަހުން ޕީއެޗްއީއައިސީ މިހާތަނަށް އިއުލާނު ކުރެވިފައިވަނީ އެންމެ 6 ފަހަރެވެ.

މިއިއުލާނުގެ ބޭނުމަކީ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ޤައުމުތަކުން މަސައްކަތް ކުރުމަށް ބާރުއެޅުމެވެ. އަދި ޕީއެޗްއީއައިސީގެ ދަށުން ދަތުރުފަތުރު ކުރުމާއި، ޓްރޭޑް، ކަރަންޓީން ކުރުން، ސްކްރީން ކުރުން އަދި ފަރުވާ ދޭންވީގޮތާއި މެދު ޑަބްލިއުއެޗްއޯ އިން ދުނިޔޭގެ ޤައުމުތަކަށް ލަފާ ދިނުމެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް ވިދާޅުވި ގޮތުގައި ޕީއެޗްއީއައިސީގެ ބޭނުމަކީ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމެވެ. އަދި މިބަލި ކޮންޓްރޯލް ކުރުމަށް ޗައިނާގެ ޤާބިލިއްޔަތުކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ރޭ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޓެޑްރޯސް ފާހަގަ ކުރެއްވިއެވެ.

"މި އިއުލާނުގެ މާނައަކީ ޗައިނާ އިން ކުރަންޖެހޭ ކަންތައް ނުކުރަނީ އެކޭ ނޫނެވެ،" ޑރ. ޓެޑްރޯސް ވިދާޅުވިއެވެ. "މީގެ މާނައަކީ ޗައިނާއިން ކުރަންޖެހޭ ކަންކަމެއް ވުރެ އިތުރުން މަސައްކަތް ކުރަން ޖެހުމެވެ. ބޭނުމަކީ ސިއްހީ ނިޒާމް ބަލިކަށި ގައުމުތައް ހިމާޔަތް ކުރުމެވެ."

ޑަބްލިއުއެޗްއޯއިން މިހާތަނަށް ލަފާދޭ ކަންތައްތަކުގެ ތެރޭގައި އެއްވެސް ސަބަބަކާއި ނުލާ ޗައިނާއަށް ދަތުރުފަތުރު ކުރުމާއި ޓްރޭޑް ހުއްޓާނުލުމާއި، ސިއްހީ ނިޒާމް ބަލިކަށި ޤައުމުތަކަށް އެހީވެދިނުން، ވެކްސީން އަދި ފަރުވާތައް ވުޖޫދަށް ގެންނަން މަސައްކަތްކޮށް، ދޮގު ޚަބަރު ފެތުރުން ހުއްޓާލާ، ބަލިވެފައިވާ މީހުންނަށް ފަރުވާ ދޭއިރު ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމުގެ އިތުރުން، މައުލޫމާތު ޑަބްލިއުއެޗްއޯ އަދި އެހެނިހެން ޤައުމުތަކަށް ހިއްސާކޮށް، އެކުގައި މަސައްކަތް ކުރުން ހިމެނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ