އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 13/01/2020

ހިމަބިހި ޖެހިގެން ދެވަނަ ކުއްޖަކަށް ފަރުވާދެނީ

ހިމަބިއްސަކީ އެ ބަލިޖެހިފައިވާ މީހެއް ކެއްސާއިރު ނުވަތަ އަޅާ ކިބިހީގެ ޒަރއްޔާއިން ފެތުރޭ ނުރައްކާތެރި ވައިރަސް އެކެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 13/01/2020

IGMH HPA Measles
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހިމަބިހީގެ ދެވަނަ ކޭސް ރިޕޯޓުކުރެވިއްޖެކަން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ކަށަވަރުކޮށްދީފިއެވެ.

އެހޮސްޕިޓަލުގެ މީޑިޔާ އޮފިޝަލް ވިދާޅުވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށް މިވަގުތު ފަރުވާ ދެވެމުން ދާކަމެވެ. އަދި އެ ކުއްޖާ ހޮސްޕިޓަލަށް ގެނެވިފައިވަނީ އިއްޔެކަމާއި ވެކްސިންގެ ދެ ޑޯޒް ހަމަކުރެވިފައި ނުވަތަ ނޫންކަމެއް ކަމާބެހޭ އިދާރާތަކުން ހާމަނުކުރާކަމެވެ.

މި ފިރިހެން ކުއްޖާ މިވަގުތު ވަނީ އައިޖީއެމްއެޗްގައި ކުރަންޓީން ކުރެވިފައެވެ.

ދޮޅު އަހަރަށް ފަހު ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ހިމަބިހި ފެނިފައިވަނީ މިދިޔަ ހަފްތާގައެވެ. އެއީ 3 އަހަރުގެ ކުއްޖެއްގެ ގައިންނެވެ.

އެކުއްޖާ ޒިޔާރަތްކުރި ތަންތަނަށް މީސަލްސް 2 ޑޯޒް ހަމަނުވާ ފަރާތްތަށް ވަކި ގަޑިތަކެއްގައި ދިޔަނަމަ ބަލިފެތުރުމުގެ ފުރުސަތު އޮތްކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ހިމަ ބިއްސަކީ ވައިގެ ޒަރިއްޔާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. އެގޮތުން 4 ސަރަހައްދަކަށް މިކުއްޖާވަނީ ބަލިފެތުރޭ މުއްދަތުގައި ޒިޔާރަތްކޮށްފައެވެ. އެ ސަރަހައްދުތަކަކީ؛

  • 4 ޖެނުއަރީ 2020 (ރޭގަނޑު 8-11 އަށް) ހުޅުމާލެ ހޮސްޕިޓަލް
  • 5 ޖެނުއަރީ 2020 (ހަވީރު 5-9 އަށް) ހުޅުމާލެ ހޮސްޕިޓަލް
  • 6 ޖެނުއަރީ 2020 (ރޭގަނޑު 7-ދަންވަރު 10 އަށް) ސެނެހިޔާ
  • 7 ޖެނުއަރީ 2020 (ރޭގަނޑު 7-ދަންވަރު 2 އަށް) ހުޅުމާލެ ހޮސްޕިޓަލް
  • 8 ޖެނުއަރީ 2020 (ހެނދުނު 11:30-މެންދުރު 1:30 އަށް) ޓްރީޓޮޕް
  • 1-9 ޖެނުއަރޫގެ ހަވީރުގެ ވަގުތުތަކުގައި ހުޅުމާލެ ސެންޓްރަލް ޕާރކަށާއި، އެސަރަހައްދުގެ ކެފޭތައް

21 ދުވަހުގެ ތެރޭގައި ހުންއައުމާއެކު ހަމުގައި ބިހި ނަގައިފިނަމަ ލަސް ނުކޮށް ސިއްހީ ފަރުވާ ހޯދުމަށް (އައިޖީއެމްއެޗް އެމަރޖެންސީ ޓްރިއާޖުން ނުވަތަ ހުޅުމާލެ ހޮސްޕިޓަލް 1417 ނަންބަރުން، ނުވަރަ އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސެންޓަރުން) އެޗްޕީއޭ އިން އިލްތިމާސް ކުރިއެވެ.

ހިމަބިއްސަކީ އެ ބަލިޖެހިފައިވާ މީހެއް ކެއްސާއިރު ނުވަތަ އަޅާ ކިބިހީގެ ޒަރއްޔާއިން ފެތުރޭ ނުރައްކާތެރި ވައިރަސް އެކެވެ. އަދި މި ވައިރަސް ވައިގެ ތެރޭގައި ދެ ގަޑިއިރު ވަންދެން ހުންނަ ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ. 

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުންއައުމާއި، ކެއްސުން، ނޭފަތުން އަރިދަފުސް އައުން، ލޯ ރަތްވުން، އަދި ރަތް ކުދި ބިހި ގައިން ނެގުން ފަދަ އަލާމާތްތައް ހިމެނެ އެވެ.

2017 ވަނަ އަހަރު ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާ ވާއިރު މިބަލި ރާއްޖޭގައި ފެތުރުން މަދުކުރުމަށްޓަކައި މީސަލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ