އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 28/12/2019

2020: ނަރުހުންނާއި އަދި ފޫޅުމައިންގެ އަހަރު

2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔެއަށް އިތުރު (ނުވަ މިލިޔަން) ނަރުހުންނާއި ފޫޅުމައިން ބޭނުންވާނެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 28/12/2019

WHO Nurse Midwife
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔެއަށް ފުރަތަމަ ޒަމާނީ ނަރުސްކަން ތައާރަފްކުރިތާ ދެ ޤަރުނުފުރުން ފާހަގަކުރުމަށް އަންނަ 2020 އަހަރު ދުނިޔޭގެ ނިސްބަތުން ނަރުހުންނާއި އަދި ފޫޅުމައިންގެ އަގުވަޒަންކުރާ އަހަރެއްގެ ގޮތުގައި ފާހަގަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނިންމައިފިއެވެ. 

އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ނަރުހުންނާއި އަދި ފޫޅުމައިންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް ދަށަށްދާތީވެ، 2020 ވަނަ އަހަރު މުޅި ދުނިޔެ އެކީގައި މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ނިންމާފައެވެ. 

ދުނިޔެއަށް ފުރަތަމަ ޒަމާނީ ނަރުސްކަން ތައާރަފްކޮށްފައިވަނީ ފްލޮރެންސް ނައިޓިންގޭލް ނަމަކަށް ކިޔާ ނަރުހެކެވެ.

ސިއްހީ ދާއިރާގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ އެއް ބަޔަކީވެސް ނަރުހުންނާއި ފޫޅުމައިންނެވެ. އަދި ނަރުހުންނާއި ފޫޅުމައިންނަކީ އެމީހުންގެ އުމުރުގެ ބޮޑުބައެއް މައިންނަށާއި ޅަ ދަރިންނަށް އަޅާލުމުގަ އާއި އެތަކެއް ފުރާނައެއް ސަލާމަތްކޮށްދީ ގިނަ ސިއްހީ ލަފާތައްދީ އަދި އަދި މުސްކުޅި އުމުރަށް ދާ ގިނަ ބައެއްގެ ދިރިއުޅުމުގެ ޒަރޫރީ އަދި ސިއްހީ ބޭނުން ފޯރުކޮށްދިނުމަށް ހާއްސަކޮށްފައިވާ މީހުންނެވެ. އަދި އެމީހުންގެ ވަޒީފާގެ ހަމައެކަނި މަޤްސަދަކީވެސް މުޖުތަމައަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ. 

ކުރުގޮތަކަށް ބުނާނަމަ މުޅި ދުނިޔެއަށްވެސް ނަރުހުންނާއި ފޫޅުމައިން ކުރާ މަސައްކަތުގެ އަގުވަޒަން ކުރެވޭނީ އެމީހުންގެ އެ މަސައްކަތް ކުރިއަރުވާ، މަސައްކަތަށް އިތުރު މީހުން ތަމްރީންކުރުމަށްޓަކައި އިންވެސްޓް ކޮށްގެންނެވެ.

ޔުނިވާރސަލް ހެލްތް ކަވަރޭޖްގައި ބަޔާންކޮށްފައި ވާގޮތަށް ބަލާނަމަ 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔެއަށް އިތުރު (ނުވަ މިލިޔަން) ނަރުހުންނާއި ފޫޅުމައިން ބޭނުންވާނެއެވެ.

"ނަރުހުންނާއި ފޫޅުމައިންނަކީ ވެސް ކޮންމެ ސިއްހީ ނިޒާމެއްގެ ވެސް މައިބަދަ: އަދި 2020 ވަނަ އަހަރުގައި އަހަރެމެން ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް މި ގޮވާލަނީ އެމީހުން ސިއްހީ ދާއިރާއަށް އެކޮށްދޭ މަސައްކަތަށް އިންވެސްޓް ކޮށްދިނުމަށް". ޑރ. ޓެޑްރޮސް އެޑޮނަމް ގެބްރަޔަސަސް – ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަގަކޮށްފައިވާ ބައެއް ނުކުތާތައް:
  • ނަރުހުންނާއި ފޫޅުމައިން އެތައް ފުރާނައެއް ސަލާމަތްކޮށްދީ އަދި އެމީހުންނާއި މުޖުތަމައުއާއި އޮންނަ ބަދަހިގުޅުން
  • ސިއްހަތު ކުރިއެރުވުމަށް، ބަލިތަކުން ރައްކާތެރިވުމަށް، ވަކިވަކި އާއިލާތަކަށާއި އަދި މުޖުތަމައުއަށް އޯގާތެރިވުމުގައި ނަރުހުންނާއި ފޫޅުމައިންގެ ދައުރު ބޮޑުކަން. އަދި އެމީހުންނަށް ދާއިރާއިން އިތުރު ތަމްރީންތައް ފޯރުކޮށްދީ ގިނަ ދުވަހު ދާއިރާގައި މަސައްކަތް ކޮށްދީފައިވާ މީހުންގެ އަގުވަޒަން ކުރުން
  • 2030 ވަނަ އަހަރާއި ހަމަޔަށް ދުނިޔެއަށް އިތުރު (ނުވަ މިލިޔަން ) ނަރުހުން ބޭނުންވާނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާކުރުން
  • 2030 އާއި ހަމަޔަށް ދެމެހެއްޓެނިވި ސިއްހީ ނިޒާމެއް ޤާއިމްކުރުމަށް އަމާޒު ހިފާފައިވާއިރު، މިހާރުވެސް ދުނިޔޭގެ އެކިކަންކޮޅޫތަކަށް 18 މިލިޔަން ހެލްތް ވޯކަރުން ބޭނުންވޭ. އަދި މީގެތެރެއިން ދެބައިކުޅަ އެއްބައި ހެލްތް ވޯކަރުންނަކީ ނަރުހުންނާއި ފޫޅުމައިން.
  • އިގްތިސާދަށް އިތުރަށް އަހުލުވެރިކުރުވުމަށް ނަރުހުންނާއި ފޫޅުމައިންނަށް އިންޓަރނޭޝަނަލް ސްޓޭންޑަޑަށް ކިޔަވައިދިނުން. މީގެ ސަބަބުން އަގުބޮޑެތި ވަސީލަތްތައް ބޭނުންނެތް ގޮތެއްގައި ބޭނުންކުރުން މަދުކޮށް، ފޯރުކޮށްދޭ ހިތުމަތުގެ ފެންވަރު ރަނގަޅުވެ އެންމެންގެ މެދުގައި ހަމަހަމަ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެ.
  • ބައެއް މީހުންގެ ނަޒަރުގައި ނަރުހުންނާއި ފޫޅުމައިންނަކީ ސިއްހީ ދާއިރާގައި ތިބޭ ހަމައެކަނި ސިއްހީ މާހިރުން. އެހެންކަމުން އެމީހުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުވުން ވެސް މުހިއްމު.
  • ނަރުހުންނާއި ފޫޅުމައިން މަސައްކަތްކުރުމަށް ރައްކާތެރި، އހްތިރާމް ލިބިގެންވާ އަދި ސިއްހީ ނިޒާމްގެ އެހެނިހެން ވަސީލަތްތައް ބޭނުންކުރެވޭފަދަ ވެއްޓެއް އެމީހުންނަށް ޤާއިމްކޮށްދޭންޖެހޭ.
  • ނަރުހުންނާއި ފޫޅުމައިން ބާރުވެރިކުރުވައި، އަދި އެމީހުން ފުރިހަމަ ޖޯޝާއެކީގައި މަސައްކަތްކުރުމަށް ހިތްވަރުދިނުން – މިއީ ހަމަހަމަ ސިއްހީ ހިދުމަތް ދޭ ނިޒާމެއް ހާސިލްކުރުމަށް ދުނިޔޭގެ ނިސްބަތުން ވެސް ކުރުން އެންމެ މުހިއްމު އެއް ކަންތައް.
  • އަންހެނުންނަށާއި، އަންހެންކުދިން ތައުލީމަށް އިންވެސްޓްކުރުން، އަދި ވަޒީފާގެ މުސާރަ ހަމަޖައްސައިދީ ދެ ޖިންސް ހަމަހަމަކުރުމަށް ބާރުއަޅާއި އަންހެނުން ބާރުވެރިކުރުވުން.
އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ