އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 19/12/2019

ފުރަތަމަ ފަހަރަށް ދުންފަތުގެ އިސްތިއުމާލުކުރާ ފިރިހެނުންގެ އަދަދު ދަށަށް ހިނގައްޖެ

ކޮންމެ އަހަރަކުވެސް 8 މިލިއަންއަށް ވުރެ ގިނަ މީހުން ދުންފަތުގެ ސަބަބުން މަރުވެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 19/12/2019

Smoking WHO Tobacco
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގައި ފުރަތަމަ ފަހަރަށް ދުންފަތުގެ އިސްތިއުމާލުކުރާ ފިރިހެނުންގެ އަދަދު ދަށަށް ގޮސްފައިވާކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ރިޕޯޓުތަކުން ދައްކައިފި އެވެ. ޑަބްލިޔުއެޗްއޯގެ މި ރިޕޯޓުގައި ވާގޮތުން ސަރުކާރުތަކުން އިސްނަގައިގެން ކުރި މި މަސައްކަތުން އެތައް މުޖުތަމައުތަކެއް ރައްކާތެރިކުރެވި، އެތައް ފުރާނައެއް ސަލާމަތް ކުރެވި އަދި ދުންފަތުން ލިބޭ ގެއްލުންތަކުން މީހުން ރައްކާތެރިކުރެވިފައިވާ ކަމަށް ދައްކައެވެ.

"ދުންފަތް ބޭނުންކުރާ ފިރިހެނުންގެ އަދަދު ދަށަށް ދިއުމަކީ ދުންފަތާއި ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު އިތުރު ޕޮއިންޓެއް" ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަޑެނަމް ގެބްރަޔެސަސް ވިދާޅުވިއެވެ. 

މީގެއިތުރުން ޑރ. ޓެޑްރޮސް ވިދާޅުވީ އަހަރަކަށް ވުރެ އަހަރެއް ދުންފަތް ބޭނުންކުރާ ފިރިހެނުންގެ އަދަދު މައްޗަށް ދިއުމަށްފަހު، މިއަދު ފުރަތަމަ ފަހަރަށް ދުންފަތް ބޭނުންކުރާ ފިރިހެނުންގެ އަދަދު ދަށަށް ދިޔަތަން ފެނުމަކީ ދުންފަތުގެ ސިނާއަތް ހަރުކަށި ކުރުމަށްޓަކައި ސަރުކާރުތަކުން ކުރި މަސައްކަތް ކަމަށެވެ. އަދި މި އަދަދު މަތިވިޔަ ނުދީ ހިފެހެއޓުމަށްޓަކައި ޑަބްލިޔުއެޗްއޯއިން ޤައުމަތަކާއި ގުޅިގެން މަސައްކަތް ކުރާނެ ކަމަށްވެސް ޑރ. ޓެޑްރޮސް ވަނީ ވިދާޅުވެފަ އެވެ.

ފާއިތުވި އަށާރަ އަހަރުގެ ތެރޭގައި ދުނިޔޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު ވަނީ 1.397 ބިލިޔަނުން 1.337 ބިލިޔަނަށް ވެއްޓިފައެވެ. އެހެންނަމަވެސް އެ މުއްދަތުގައި ދުންފަތުގެ އިސްތިއުމާލުކުރާ ފިރިހެނުންގެ އަދަދަށް 40 މިލިޔަން ވަނީ އިތުރުވެފައެވެ.

ޑަބްލިޔުއެޗްއޯއިން އެންމެފަހުން ތައްޔާރުކުރި ރިޕޯޓުތަކުން ދައްކާގޮތުން 2020 ވަނަ އަހަރާއި ހަމަޔަށް ދުންފަތުގެ އިސްތިއުމާލުކުރާ ފިރިހެނުންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރާ ފިރިހެނުން އަދަދުން 1 މިލިއަން މަދުވާނެ ކަމަށް މި ރިޕޯޓުތަކުން ވަނީ ދައްކާފައެވެ.

މީގެ އިތުރުން، ޑަބްލިޔުއެޗްއޯއިން އާއްމުކުރި ރިޕޯޓުގައި ވާގޮތުން 2018 ވަނަ އަހަރު އެކަނިވެސް ގާތްގަނޑަކަށް 13 އަހަރާއި 15 ދެމެދުގެ 43 މިލިޔަން ކުޑަކުދިން ދުންފަތުގެ އިސްތިއުމާލުކޮށްފައިވެއެވެ. އޭގެތެރޭގައި 14 މިލިޔަން އަންހެން ކުދިން ހިމެނޭއިރު ބާކީހުރި 29 މިލިޔަން އަކީ ފިރިހެން ކުދިންކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ.

އަދި 2018 ވަނަ އަހަރު (244 މިލިޔަން) އަންހެނުން ދުންފަތުގެ އިސްތިއުމާލު ކޮށްފައިވާކަމަށް ޑަބްލިޔުއެޗްއޯގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. އެހެންނަމަވެސް 2025ގެ ނިޔަލަށް މި އަދަދުން 32 މިލިޔަން މަދުކުރެވޭނެ ކަމަށް މި ރިޕޯޓުގައި ވަނީ ލަފާކޮށްފައެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރާ އަންހެނުން އެންމެ ގިނައިން އުޅެނީ ދަށް އަދި މެދު ފަންތީގެ ޤައުމުތަކުގައި ކަމަށް ރިޕޯޓުގައި ހާމަކޮށްފައިވާއިރު، އަންހެނުން ދުންފަތާއި ދުރަށްދާ މިންވަރު އެންމެ ލަސް ސަރަހައްދެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޔޫރަޕެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް އެކި ޤައުމުތަކުން އެކުލަވާލާފައިވާ ޕޮލިސީ އެކްޝަންތަކަށް ބަލާއިރު، ގިނަ ޤައުމުތަކެއްގައި ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރަށް އަސަރުކޮށްފައިވާ ކަމަށް ޑަބްލިޔު އެޗްއޯގެ ރިޕޯޓުން ދައްކައެވެ. އަދި ދުންފަތުން ނަގާ ޓެކްސް ބޮޑުކުރުމުން ދުންފަތް ބޭނުންކުރާ މީހުންގެ އަދަދު މަދުވުމާއެކު ޤައުމުތަކުގެ ތަރައްޤީއަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.

ކޮންމެ އަހަރަކުވެސް 8 މިލިއަންއަށް ވުރެ ގިނަ މީހުން ދުންފަތުގެ ސަބަބުން މަރުވެއެވެ. އޭގެ ތެރެއިން 1.2 މިލިއަން މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ނުކުރިއަސް، އޭގެން ނުކުންނަ ދުމުގެ ސަބަބުން އަސަރުކުރާ މީހުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ