އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 08/12/2019

ޑަބްލިޔުއެޗްއޯގެ ގްލޯބަލް ބައްދަލުވުމަށް ހެލްތް މިނިސްޓަރ އޮމާންއަށް ފުރާވަޑައިގެންފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ގްލޯބަލް ބައްދަލުވުން އޮންނާނީ މިމަހުގެ 9 ން 12އަށް އޮމާންގެ ވެރިރަށް މަސްކަޓްގައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 08/12/2019

Ministry of Health WHO Health Minister Abdulla Ameen WHO Global Meeting
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އޮމާންގެ ހެލްތް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ޓާގެޓް 3.4ގައިވާ ގައިންގަޔަށް ނާރާ ބަލިތަށް އަދި ނަފްސާނީ ބަލި ކޮންޓްރޯލް ކުރުމުގެ ސްޕީޑް އަވަސްކުރުމަށް ބާއްވާ ދުނިޔޭގެ ފެންވަރުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އޮމާންއަށް ފުރާވަޑައިގެންފި އެވެ.

މިމަހުގެ 9 ން 12އަށް އޮމާންގެ ވެރިރަށް މަސްކަޓްގައި ބާއްވާ މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ދުނިޔޭގެ ފެންވަރެއްގައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ޓާގެޓް 3.4ގައިވާ ގައިންގަޔަށް ނާރާ ބަލިތައް އަދި ނަފްސާނީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ފާހަގަކޮށް، އަދި 2030 ގެ ކުރިން ޅައުމުރުގައި ކުދިން މަރުވާ އަދަދު ކޮންޓްރޯލް ކުރުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށްޓަކައި އެކި ޤައުމުތަކުގެ ހެލްތް މިނިސްޓަރުންނާއި އަދި މަތީފަންތީގެ ބޭފުޅުންގެ މެދުގައި މަޝްވަރާކުރުމެވެ.

އޮމާންގެ ހެލްތް މިނިސްޓްރީން އިންތިޒާމްކުރާ މި ބައްދަލުވުމުގެ ލަނޑުދަނޑިތަކުގެ ތެރޭގައި 2030 ގެ ކުރިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ޓާގެޓް 3.4ގައިވާ ގައިންގަޔަށް ނާރާ ބަލިތަށް އަދި ނަފްސާނީ ބަލި ކޮންޓްރޯލް ކުރުމުގެ އިތުރުން ޔޫއެންގައި ބާއްވާފައިވާ ޖެނެރަލް އެސެމްބްލީގައި ޤައުމުތަކުގެ އިސްވެރިން ވެފައިވާ ވައުދުތަކަށް ވާސިލްވުމަށްޓަކައި އިތުރު އެއްބާރުލުން ފޯރުކުރުން ހިމެނެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ހެލްތް މިނިސްޓަރ ފާހަގަކުރައްވާނޭ ބައެއް ނުކުތާތަކުގެ ތެރޭގައި ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި ކުޑަކުދިންނަށް ދޭ ސިއްހަތަށް ގެއްލުން ލިބޭ ކެއުންތަކާއި އަދި ބުއިންތަކުގެ މާކެޓް ކޮންޓްރޯލް ކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި އަދި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވާނެ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ